Roadha Mihaaru
މާލެ-ވިލިމާލެ ބްރިޖް، ދައުރު ނިމުމުގެ ކުރިން ހުޅުވަނީ

މާލެ-ވިލިމާލެ ބްރިޖް ދައުރު ނިމުމުގެ ކުރިން ހުޅުވާނެ

12 އޯގަސްޓް 2021

މާލެއިން ފެށިގެން ތިލަފުށްޓާ ހަމައަށް އަޅާ ބްރިޖްގެ ބައިތަކުގެ ތެރެއިން މާލެ-ވިލިމާލެ ގުޅުވައިދޭ ބައި، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހުޅުވަން އަމާޒު ހިފައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލެއިން ފެށިގެން ތިލަފުށްޓާ ހަމައަށް އަޅާ ބްރިޖްގެ ބައިތަކުގެ ތެރެއިން މާލެ-ވިލިމާލެ ގުޅުވައިދޭ ބައި، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހުޅުވަން އަމާޒު ހިފައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ބްރިޖްގެ މަސަައްކަތް ކުރިއަށް ގެންދާނީ ނިމޭ ވަރަކުން ނިމޭ އެކި ބައިތައް ހުޅުވާ ގޮތަށް ކަމަށެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވާހަަކަދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ތިލަފުށި، ގުޅިފަޅު އަދި ވިލިމާލެ މާލެއާ ގުޅުވައިލާ ބްރިޖްގެ ބައިތައް ނިމޭ ވަރަކުން ހުޅުވަމުން ގެންދާނެ ކަމަށް. ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވާހަަކަދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ތިލަފުށި، ގުޅިފަޅު އަދި ވިލިމާލެ މާލެއާ ގުޅުވައިލާ ބްރިޖްގެ ބައިތައް ނިމޭ ވަރަކުން ހުޅުވަމުން ގެންދާނެ ކަމަށް. ފޮޓޯ: ރައީސް އޮފީސް

ތިލަފުށިން ފެށިގެން ގުޅިފަޅާއި ވިލިމާލެއާ އެކު މާލެ ގުޅުވައިލުމަށް އިންޑިއާގެ އެހީގައި އަޅާ ބްރިޖްގައި އޮންނާނީ ތިން ބައެކެވެ. އެއީ މާލެ-ވިލިމާލެ ގުޅުވައިދޭ ބަޔާއި ވިލިމާލެ-ތިލަފުށި ގުޅުވައިދޭ ބަޔާއި ތިލަފުށިން ގުޅިފަޅަށް އޮންނަ ބައެވެ. ރައީސް ވިދާޅުވީ އިންތިހާބުގެ ކުރިން ބްރިޖް ތިލަފުށްޓާ ހަމައަށް ނުގެންދެވުނަސް ބޮޑު ބައެއް ނިމޭނެ ކަމަށެވެ.

"ބްރިޖް ވެސް އެކީ ގޮސް އަޅުގަނޑަކަށް ހިއެއް ނުވޭ 2023 އަންނަ އިރު، ތިލަފުށްޓާ ހިސާބަށް ގެންދެވިދާނެހެނެއް، މިހާރު މި ކޮވިޑާ ހެދި ގެއްލުނު ދޮޅު އަހަރާ އެކީގައި. އެހެން ނަމަވެސް ބޮޑުބައެއް އޭގައި ނިމޭނެ. ނިމުމާ އެކީގައި އެބައި ހުޅުވަމުން ގެންދިއުން އަޅުގަނޑުމެންގެ ވިސްނުމަކީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވިގޮތުގައި ރައީސް އެ ވިދާޅުވީ 2023 އަންނަ އިރު ބްރިޖްގެ މަސައްކަތް ވިލިމާލެއާ ހަމައަށް ނިމި، މާލެއާއި ވިލިމާލެ ގުޅައިލާ ބައި ހުޅުވޭނެ ވާހަކަ ކަމަށެވެ. ސަރުކާރުން އުއްމީދުކުރަނީ އޭނާ ވިދާޅުވި ގޮތުގައި އެހައިތަނަށް ދާއިރު އެއަށް ވުރެ ވެސް އިތުރަށް ބްރިޖްގެ މަސަކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރައީސް އިއްޔެ ވިދާޅުވި ގޮތުގައި އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނަކުން ހިންގާ އެ ޕްރޮޖެކްޓްގެ ބިޑް މިހާރު ވަނީ ބަޔަކަށް އެވޯޑްކޮށްފަ އެވެ. އެކަމަކު އެ މަސައްކަަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކުރަން ޖެހޭ މަޝްވަރާތަކެއް އޮންނަ ކަމަށާއި އެ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބަޔަކަށް ބިޑް އެވޯޑްކޮށް، އެގްރިމެންޓްގައި ސޮއިކުރުުމުގެ މަރުހަލާގައި މިހާރު އޮތީ. އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން، އެ ބިޑް ޑޮކިއުމެންޓްގައި އެބަ އޮވޭ ކުރަން ޖެހޭ މަޝްވަރާތަކެއް، ދެ ފަރާތުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށްޓާއި ގުޅިފަޅު އަދި ވިލިމާލެ، މާލެއާ ގުޅުވައިލާ ބްރިޖްގެ މަސައްކަތަށް ހަރަދުކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިޔަން ޑޮލަރުގެ ލޯނަކާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީ އިންނެވެ.