ހިޔާ ފްލެޓްތައް ބެލެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ވަކި ހިސާބަކުން ދޫކޮށްލާނީ ފްލެޓްވެެރިންގެ ޔޫނިއަންތަކަށް ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
14 އޯގަސްޓް 2021
ހިޔާ ފްލެޓްތައް ބެލެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ވަކި ހިސާބަކުން ދޫކޮށްލާނީ ފްލެޓްވެެރިންގެ ޔޫނިއަންތަކަށް ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުރަވީ ސްކޫލުގައި ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުހައިލް ވިދާޅުވީ އެޗްޑީސީން ރާވާފައި ވަނީ ކޮންމެ ދެ ޓަވަރަކީ އެއް މެނޭޖްމަންޓް ބޮޑީގެ ގޮތުގައި ކަމަށާއި އޭގެ ކޮންމެ ބޮޑީއަކުން އެޗްޑީސީއާ އެކު މަސައްކަތް ކުރާނެ މަންދޫބަކު ހޯދާނެ ކަމަށެވެ.
އެޗްޑީސީއާ އެކު މަސައްކަތް ކުރާއިރު އެ މަންދޫބުން ހިސާބުތައް ވެސް ބެލެހެއްޓުމުގައި އުޅޭނެ ކަމަށާއި އޭރުން ހުރިހާ މަސައްކަތެއްކޮށް ބާކީވާ ފައިސާ އަނބުރާ ދެވޭނެ ކަަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.
"ހިސާބުތައް ފްލެޓް އޯނަރުންނަށް އަޅުގަނޑުމެން ދައްކާނަން. އެޗްޑީސީގެ އިންޓެންޝަނެއް ނޫން އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް ދާއިމަށް ކުރުމެއް. އަޅުގަނޑުމެން އެންކަރޭޖްކުރަނީ ވެސް އެތަންތަނުގައި ދިރިއުޅުއްވާ ފަރާތްތަކުން ޖަމިއްޔާއެއް ނޫނީ ބޮޑީއެއް އުފައްދައިގެން އެކަމުގަ އިސްނެގުން،" ސުހައިލް ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވި ގޮތުގައި އެޗްޑީސީން މިވަގުތު ފްލެޓްތަކުގެ މަސައްކަތްތަކުގައި އިސްކޮށް އުޅެމުންދަނީ މިއީ ފްލެޓް ހަވާލުކުރުމުގެ މަރުހަލާ ކަމަށްވާތީ އެވެ. އެކަމަކު އުއްމީދަކީ ވީހާވެސް އަވަހަށް އެ މަސައްކަތް ފްލެޓްތަކުގެ ވެރިފަރާތްތައް ތަމްސީލުކުރާ ބަޔަކަށް ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ. މިއީ 6،720 ފްލެޓެވެ. މި ފްލެޓްތައް ލިބުނު މީހުންގެ ހައްގުތައް ހޯދުމަށް "ހިޔާ ޔޫނިއަން" އަދި "ކޮތަރުކޮށީ" ގެ ނަމުގައި ޖަމިއްޔާއެެއް އުފައްދައިގެން މިހާރު ވެސް މަސައްކަތް ކުރަމުން އެބަދެ އެވެ.
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ހިޔާގެ ބިރުވެރިކަން ގުޅިފައި އޮތީ ސިނގިރޭޓް ފިލްޓަރާ!
ވިނަރެސްގެ ފްލެޓްތައް ތިން މަސް ލަސްވެއްޖެ
"ހާލުގައި އުޅޭތީ" ލިބުނު ހިޔާ ފްލެޓްތައް ކުއްޔަށް!
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ހައްލު ނުލިބިގެން، ފްލެޓް ލިބުނު މީހުން މަގުމައްޗަށް
ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދި މަޖިލީހަށް ޕެޓިޝަނެއް
ފްލެޓް ބަދަލުކުރާ މީހުންގެ ސޮއިކުރުން އޮންނާނީ ފަހުން