Roadha Mihaaru
މުއިއްޒުގެ ވާހަކަތައް ވެމްކޯ އިން ދޮގުކޮށްފި

މުއިއްޒު ވިދާޅުވިޔަސް، ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެންނަން އަދި ނިންމާފައެއް ނުވޭ

14 އޯގަސްޓް 2021

ވެމްކޯ އިން ގޭގެ އަށް ވަދެ ކުނި ނެގުން ހުއްޓާލާފައި އޮތުން ނިމުމަކަށް ގެނެސް އަންނަ ހަފުތާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނި ނަގަން ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ ބަދަލު ގެންނަން އަދި ނިންމާފައި ނުވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ވެމްކޯ އިން ގޭގެ އަށް ވަދެ ކުނި ނެގުން ހުއްޓާލާފައި އޮތުން ނިމުމަކަށް ގެނެސް އަންނަ ހަފުތާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނި ނަގަން ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ ބަދަލު ގެންނަން އަދި ނިންމާފައި ނުވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

މާފަންނުގެ މީހުންނާއެކު މާލޭ ސިޓީ ކައުންސިލުން އިއްޔެ ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، ގޭބިސީތަކުން އުކާލާ ކުނި މި މަހުގެ 21 އިން ފެށިގެން ނަގަމުން ދާނީ ކުރިއެކޭ ވެސް އެއްގޮތަށް ގޭބިސީތަކަށް ވަދެ ކަމަށެވެ.

މުއިއްޒުގެ ނަން ނުގެނެސް، އެކަމަކު އޭނާގެ ވާހަކަ ދޮގުކޮށް، ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް 16 އިން ފެށިގެން މާލެ ސަރަހައްދުގެ ގޭގެ އިން ކުނި ނެގުމުގައި އަމަލުކުރަން ފެށި އުސޫލަށް ބަދަލު ގެނައި ކަމަށް ބުނެ ފަތުރަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

މާފަންނުގެ މީހުންނާއެކު މާލޭ ސިޓީ ކައުންސިލުން އިއްޔެ ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވާހަކަ ދައްކަވަނީ: މާލޭގެ ގޭބީސީތަކުން މި މަހުގެ 21 އިން ފެށިގެން ކުނި ނަގާނީ ގޭގެ އަށް ވަދެ ކަމަށް އޭނާ ވިދާޅުވިޔަސް އަދި ބަދަލު ގެންނަން ނިންމާފައި ނުވާ ކަމަށް ވެމްކޯ އިން މިއަދު ބުނި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑާ ގުޅިގެން ވެމްކޯ އިން ހަމަޖައްސާފައިވާ ގޮތުން ގޭގެ އިން އުކައިލާ ކުނި ބަހައްޓަން ޖެހެނީ މަގުމައްޗަށް ނެރެފަ އެވެ. އެ ކުންފުނިން އަންގާފައިވާ ވަގުތުތަކުގައި ކުނިތައް މަގުމައްޗަށް ނެރުމުން ވެމްކޯގެ މުވައްޒަފުން އައީ ކުނިތައް ނަގަމުންނެވެ. އެއީ އާންމު ކޮށްފައިވާ އުސޫލެއްގެ ދަށުން އަމަލުކުރާ ގޮތެއް ކަމަށް ވެސް ވެމްކޯ އިން ބުނެ އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޮވިޑްގެ އާންމު ހާލަތަށް މާލެ ސަރަހައްދު ރުޖޫއަ ވަމުން އަންނާތީ، ވެމްކޯ އިން މާލޭގެ ގޭބީސީތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލު ގެނައުމަށް އެޗްޕީއޭ އާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް، ގޮތެއް ނިންމުމަށް ފަހު އެކަން އިއުލާން ކުރާނެ ކަމަށެވެ.

އެކަމަކު، މުއިއްޒު އިއްޔެ ރޭގެ ބައްދަލުވުމުގައި ވިދާޅުވީ، ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ރަނގަޅު ވަމުން އަންނާތީ މި މަހުގެ 21 އިން ފެށިގެން މަގުމައްޗަށް ކުނި ނެރޭކަށް ނުޖެހޭނެ އެވެ.

އޭނާ އެހެން ވިދާޅުވިޔަސް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ގޭބީސީތަކުން ކުނި ނަގައި، ކުނި އުކުމުގެ ހިދުމަތް ދެނީ ވެމްކޯ އިން ކަަމަށް ވުމުން އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ އެ ކުންފުންޏަށެވެ.

މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުން ކުރީގެ އުސޫލާ އެއްގޮތަށް ވެމްކޯ އިން އަދި ކުރިއަށް ގެންދަން ނިންމާފައި ނުވިޔަސް، ކޮވިޑް ފެތުރޭވަރު ވަރަށް ބޮޑުތަން މަދުވުމުން އެހެން ހުރިހާ ކަމެއް ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ. އެގޮތުން ކޮވިޑުން ރައްކާތެރިވުމަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކުރިން އަޅާފައިވާ މައިގަނޑު ހުރިހާ ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.