Roadha Mihaaru
ކައުންސިލާ ބައެއް މައުލޫމާތު ވާނީ ހިއްސާކޮށްފައި:ނަހުލާ

ސިޓީ ކައުންސިލާ ބައެއް މައުލޫމާތު ވާނީ ހިއްސާކޮށްފައި: ނަހުލާ

17 އޯގަސްޓް 2021

ވެހިކަލްތަކާއި ބެހޭ ބައެއް މައުލޫމާތުތައް ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ވެހިކަލްތަކާއި ބެހޭ ބައެއް މައުލޫމާތުތައް ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

ހެންވޭރުގެ ރައްޔިތުންނާ ކަލާފާނު ސްކޫލުގެ ހޯލުގައި ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރައްވައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ދުއްވާ ވެހިކަލްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

ދެތިން ހަފްތާ ފާއިތުވެގެން ދިޔައިރު ވެސް އެ މައުލޫމާތު އެ މިނިސްޓްރީން ނުފޮނުވާ ކަމަށާއި، މާލޭގައި ވެހިކަލް މަދުކުރުމުގެ ގޮތުން ކައުންސިލުން ވާނުވާ ނޭނގި މަސައްކަތްތައް ނުކުރެވޭނެ ކަމަށް މުއިއްޒް ވިދާޅުވި އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން އެ މައުލޫމާތުތައް ހިއްސާނުކުރުމުގެ ސަބަބުން ކައުންސިލުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމަށް ވެސް އެ ރޭ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ "މިހާރު" އަށް ވިދާޅުވީ ސިޓީ ކައުންސިލާ ބައެއް މައުލޫމާތުތައް ވަނީ ހިއްސާކުރެވިފައި ކަމަށާއި، އަދިވެސް މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.

ޓްރާންސްޕޯޓް ހިއްސާކުރި މައުލޫމާތާ ބެހޭ އިތުރު ތަފްސީލެއް ނަހުލާ ނުދެއްވަ އެވެ.