ތުއްތު އެޑަމް އަކީ މީގެ ހަތަރު އަހަރު ކުރިން އިންޑިއާގައި އުފަންވި، އިންޑިއާ ދެމަފިރިއެއްގެ ކުއްޖެކެވެ. ނަމަވެސް އުފަންވި އިރު ބޮޑެތި އައިބުތަކެއް ހުރުމުން އެ ދެމަފިރިން ކުއްޖާ އެއްލާލީ އެވެ. އެޑަމްގެ ތުންފަތާއި މަތީ ތަލި އޮތީ ދެފަޅިވެފަ އެވެ. ދެލޮލުގެ މަތީ ބޮނޑިއެއް ނެތެވެ. ނޭފަތެއް ނެތެވެ. ދެފައިގެ އޮތީ އެއް ބައެވެ. އަތުގައި ވެސް އައިބު ހުއްޓެވެ. އެހެންކަމުން އެޑަމްގެ މައިންބަފައިން ގަބޫލުކުރީ އެ ތުއްތު ކުއްޖާ އަކީ "ސުންޕާއެއް" ކަމަށެވެ. ބަދުދުއާ ޖެހިފައިވާ ކުއްޖަކަށެވެ.
30 ނޮވެމްބަރ 2016
ތުއްތު އެޑަމް އަކީ މީގެ ހަތަރު އަހަރު ކުރިން އިންޑިއާގައި އުފަންވި، އިންޑިއާ ދެމަފިރިއެއްގެ ކުއްޖެކެވެ. ނަމަވެސް އުފަންވި އިރު ބޮޑެތި އައިބުތަކެއް ހުރުމުން އެ ދެމަފިރިން ކުއްޖާ އެއްލާލީ އެވެ. އެޑަމްގެ ތުންފަތާއި މަތީ ތަލި އޮތީ ދެފަޅިވެފަ އެވެ. ދެލޮލުގެ މަތީ ބޮނޑިއެއް ނެތެވެ. ނޭފަތެއް ނެތެވެ. ދެފައިގެ އޮތީ އެއް ބައެވެ. އަތުގައި ވެސް އައިބު ހުއްޓެވެ. އެހެންކަމުން އެޑަމްގެ މައިންބަފައިން ގަބޫލުކުރީ އެ ތުއްތު ކުއްޖާ އަކީ "ސުންޕާއެއް" ކަމަށެވެ. ބަދުދުއާ ޖެހިފައިވާ ކުއްޖަކަށެވެ.
ހޮސްޕިޓަލުން އެ ކުއްޖާ ގެންދަން އެންގުމުން އޭނާގެ މައިންބަފައިން އެ މީހުންގެ އަވަށަށް ކުއްޖާ ގެންދަން އިންކާރު ކުރި އެވެ. އަދި މަޖުބޫރުކޮށްގެން ހަވާލުކޮށްފި ނަމަ އެ ކުއްޖާ މަރާލާނެކަމަށް އޭނާގެ މައިންބަފައިން އިންޒާރު ދިނެވެ.
އެހެންކަމުން އުފަންވީއްސުރެ އެޑަމް އޮތީ ހޮސްޕިޓަލުގަ އެވެ. ބެލެނިވެރިންގެ ގޮތުގައި އޭނާ ބަލަން ހަވާލުވި ދެމަފިރިންނަކީ ވެސް އެ ހޮސްޕިޓަލުގައި އޭރު މަސައްކަތްކުރި ދެމަފިރިންނެވެ.
އެޑަމް އޭނާ އެޑޮޕްޓްކުރި ދެމަރިންނާ އެކު
ރާޖާ ޕޫލްރާޖް އަކީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސައިކޭޓްރިސްޓެކެވެ. ޖެސިކާ ކޫކްސޭ ޕޯލްރާޖްއަކީ ނަރުހެކެވެ. އެޑަމް އުފަންވީއިރު މި ދެ މީހުންގެ ކައިވެންޏަށްވީ އެންމެ ހަ މަހެވެ. އެމީހުންނަށް އެޑަމްގެ ޚަބަރު ލިބުމުން އެމީހުން އެޑަމް ދެކިލަން ދިޔަ އެވެ. އެޑަމް މާ ގިނަދުވަހު ދުނިޔޭގައި ނޯންނާނެކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އޭނާ އެޑޮޕްޓްކޮށް އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް ބަލަން އެ މީހުން ގަސްދުކުރި އެވެ.
ނަމަވެސް މި ދެމަފިރިންގެ މަސައްކަތުން އެޑަމްގެ އެތައް އޮޕަރޭޝަނެއް ކުރެވޭނެ ގޮތް ހަމަޖައްސައި އެ އޮޕަރޭޝަންތައް ކުރުމުގެ ސަބަބުން އެ ތުއްތު ކުއްޖާގެ މޫނަށް ހިނިތުންވުން ގެނެސްދިނެވެ.
ކުޑަކުޑަ އެޑަމްގެ ދިރިއުޅުން އަބަދު ހޭދަކުރަނީ ހޮސްޕިޓަލަކު ނޫނެވެ. އެޑަމް އެޑޮޕްޓްކުރި ފަހުން ޖެސިކާ އާއި ރާޖާ އަށް ފިރިހެން ދަރިފުޅަކު ލިބުނު ނަމަވެސް އެމީހުން އެޑަމްއާ މެދު ފަރުވާ ކުޑައެއް ނުކުރެ އެވެ. އެޑަމް ވީ ބޭބެއަށެވެ. މަތީ ތައްޔާއި ތުންފަތް ރަނގަޅުކުރަން ކުރި އޮޕަރޭޝަނަށްފަހު މިހާރު އެޑަމް އަޑުއަޑު ލައްވާ ހީނލާ ވެސް ހަދަ އެވެ. އޭނާގެ ކުޑަކުޑަ ދެފައިން ފުންމަން ވެސް ވަނީ ދަސްކޮށްފަ އެވެ.
އެޑަމް ކުޅެނީ
ސިއްހީ މައްސަލަތައް ގިނަ ކުދިން ރަނގަޅަށް ނުބެލެހެއްޓޭނެ ކަމަށް ގަބޫލުކުރާ މީހުންނަށް އެޑަމްގެ ވާހަކައިން ސާބިތުވަނީ އެއީ ދޮގެއް ކަމެވެ. ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ކަނޑާލި އެޑަމް މިއަދު ހެޔޮ ހާލުގައި އުފާވެރި ދިރިއުޅުމެއް ދަނީ އުޅެމުންނެވެ. އޭނާގެ މަންމައަކަށްވީ ހިތްވަރުގަދަ ޖެސިކާ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ގޮތުގައި އެޑަމް ގޮވައިގެން އެތައް ރެއަކު އޭނާ ނުނިދާ ހޭދަކުރި އެވެ. އެޑަމްގެ ބައްޔަށް އެކަށީގެންވާ ފަރުވާއެއް ލިބޭތޯ އެމީހުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި އެވެ.
ޖެސިކާ އަކީ ވަރަށް ހިތްވަރުގަދަ އަދި ކުޅަދާނަ މީހެކެވެ. އެޑަމް އަށް ޖެހިފައިވާ ބައްޔާއި އެ ބައްޔަށް އެންމެ އެކަށީގެންވާ ފަރުވާ ހޯދައިގެން ފަރުވާ ކުރެވުނީ ޖެސިކާގެ މިންނަތް މަސައްކަތުންނެވެ.
އެޑަމް އޭނާގެ ކޮއްކޮ އާއި މައިންބަފައިންނާއެކު
ބައެއް ފަހަރަށް އެޑަމްގެ ސިއްހީ ހާލަތު ގޯސްވެ ޖެސިކާ އާއި ރާޖާ އެމީހުންގެ ތުއްތު ކުދިންކޮޅު ގޮވައިގެން ހޮސްޕިޓަލުގައި އެތައް ދުވަހެއް ހޭދަކުރަންޖެހޭ ފަހަރުވެސް އާދެ އެވެ. އެމީހުން އެޑަމް އެޑޮޕްޓްކުރުމާ ހަވާލު ނުވި ނަމަ އެ ދުވަސްތަކަކީ ގޭގައި ނުވަތަ އެކިއެކި ތަންތަނަށް އުފާކޮށް މަޖާކުރަން ދަތުރުކުރުމުގައި އެމީހުން ހޭދަކުރާނެ ދުވަސްތަކެކެވެ. ނަމަވެސް އެމީހުންގެ ދިރިއުޅުން އެމީހުންނަށް ފުރިހަމަ އެއްޗެއްގެ ގޮތުގައި ގަބޫލުކުރެވުނީ އެޑަމް އާ ވެސް އެކުގަ އެވެ.
ވޭނަށް ކެތްކޮށް އެކަން ތަހައްމަލުކުރުމަކީ އުފާތަކުން މަހުރޫމްވާނެ ކަމެއް ނޫން ކަމަށް ޖެސިކާ އާއި އޭނާގެ ފިރިމީހާ ގަބޫލުކުރެ އެވެ. އަދި އެޑަމްއާ އެކު އުފާވެރި ދިރިއުޅުމަކަށް އެމީހުން އުންމީދު ކުރެ އެވެ.
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް
ކުޑަކުދިންނަށް ތިން ވަނަ ކޮވިޑް ވެކްސިނެއް ހުއްދަކޮށްފި
ކުޑަކުއްޖާގެ މޭގަ ތާށިވި އެތިކޮޅު އިންޑިއާއިން ނަގައިފި
7 އަހަރުގެ ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފި
އިންޑިއާގައި ހޯމްވޯކާއި ބަރު ފޮތްދަބަސް މަނާ
އިންޑިއާގައި އަވަށެއްގެ މުޑުދާރުކަން ނައްތާލި ކުޑަކުއްޖާ
ދެ އަތް ނެތަސް މިއީ މޮޅު ފެހުންތެރިއެއް
ބޯޕާލްގައި ވަޅުލާފައި އޮތް ކުއްޖެއް ސަލާމަތްކޮށްފި
މޫނުގެ އެއްފަޅި ނެތުމުން ކުއްޖަކު ބާކީވެފައި
ދަރިފުޅު މަރުނުވާކަން އެނގުނީ ވަޅުލަން އުޅެނިކޮށް