ކ. ރަސްފަރީ ފަރަށް އުރުނު އާގުބޯޓު ފުންކުރަން ސްރީ ލަންކާ އިން ޓަގްބޯޓެއް ގެންނަން ނިންމައިފި އެވެ.
21 އޯގަސްޓް 2021
ކ. ރަސްފަރީ ފަރަށް އުރުނު އާގުބޯޓު ފުންކުރަން ސްރީ ލަންކާ އިން ޓަގްބޯޓެއް ގެންނަން ނިންމައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ރަސްފަރީ ފަރަށް އުރުނު ބޯޓުގެ ދިވެހި އެޖެންޓަކަށް އެންޓާކް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އެ ބޯޓު ފުންކުރުމަށްޓަކައި ލަންކާގެ ޓަގް ބޯޓެއް އަންނަ ހޯމަ ދުވަހު މާލެ އަންނާނެ ކަމަށެވެ.
"ސެލްވޭޖް މަސައްކަތް ކުރިއަށް ގެންދާނީ ކޯސްޓްގާޑާ މަޝްވަރާ ކުރުމަށް ފަހު،" އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ ޕެނަމާގައި ރަޖިސްޓަރީކޮށް، ގްރީކަށް ނިސްބަތްވާ އެ އާގުބޯޓު އުރުނީ އިންޑިއާ އިން ފުރައިގެން ސައުތު އެފްރިކާ އަަށް ދަތުރުކުރަނިކޮށް އިންޖީނު ހުއްޓިގެން ކަމަށެވެ. ބޯޓުގައި އޭރު ތިބީ ފިލިޕީންސްގެ 19 މީހެކެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ދިގުމިނުގައި 623 ފޫޓު ހުންނަ އެ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރާނީ ބޯޓުގެ ވެރިފަރާތާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަަކާ ގުޅިގެންނެވެ.
ރަސްފަރި ފަރަށް އެރި އާގު ބޯޓު --- ފޮޓޯ: އެމްއެންޑީއެފް
"ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ އެ ބޯޓަކީ 32،415 ޓަނުގެ ބަލްކް ކެރިއާ އެކެވެ. ބަލްކް ކެެރިއާ އަކީ އެތެރެއަށް މުދާ އޮއްސައިގެން އުފުލާ ބާވަތުގެ އާގުބޯޓު ފަހަރެވެ.
ބޯޓުގައި ގިނައިން ތެޔޮ ހުރެފައި، ތެޔޮޓޭންކް ފޫދިއުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ބޯޓު އުރުނު ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ނުރައްކާ އޮންނާނެ އެވެ. އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު އުރިފައި އޮތީ ފަރުގެ ވަރަށް ތިލަ ހިސާބަކަށެވެ.
ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ
މަސްވެރިކަންކުރަމުން ދިޔަ ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި
މަރުވެފައި އޮއްވާ ފެނުނީ ޑިންގީން ދަތުރުކުރި މީހެއް
ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓަކަށް އެހީތެރިވަނީ
ދާއަޅަން އުޅުނު ލަންކާގެ ބޯޓުތަކެއް ހިފަހައްޓައިފި
"ދޯސްތީ"ގެ ތަމްރީނުތައް މާދަމާ ރާއްޖޭގައި ފަށަނީ
ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި
ގެއްލުނު ލަންކާގެ ބޯޓެއް އެމްއެންޑީއެފުން ހޯދައިފި
ގެއްލުނު މަސްވެރިން ހޯދަން އިންޑިއާ ސިފައިން ރާއްޖޭގައި