Roadha Mihaaru
މަރުވެފައި އޮއްވާ ފެނުނީ ޑިންގީން ދަތުރުކުރި މީހެއް

މަރުވެފައި އޮއްވައި ފެނުނީ ޑިންގީގައި ދަތުރުކުރި ލަންކާ މީހެއް

17 ފެބުރުއަރީ 2021

ވ.އަތޮޅުގެ ފަޅު ރަށެއްކަމަށްވާ ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާއަކީ އެ އަތޮޅު އަންބަރާގެ ބޭރުން މީހަކާ އެކު ފެނުނު ޑިންގީގައި ދަތުރުކުރި މީހެއްކަން އެނގިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވ.އަތޮޅުގެ ފަޅު ރަށެއްކަމަށްވާ ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާއަކީ އެ އަތޮޅު އަންބަރާގެ ބޭރުން މީހަކާ އެކު ފެނުނު ޑިންގީގައި ދަތުރުކުރި މީހެއްކަން އެނގިއްޖެ އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ޑިންގީގައި އިން މީހާ އާއި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އަވަށްޓެރި ސްރީ ލަންކާއިން މިދިޔަ މަހުގެ 30ގައި ފުރައިގެން އުޅެނިކޮށް ބެހިގެން އައި ދެ މީހުން ކަން އެނގިފައިވާ ކަމަށެވެ. އެ ދެ މީހުންނާ ބެހޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި އެ ކަންތައްތައް ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ވ. ފޮއްތެޔޮ ބޮޑުފުށިން، މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނުނީ، އިއްޔެ ހެނދުނު އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އެ ހަށިގަނޑު އޮތީ ރަށުގެ ވަރަށް އެތެރޭގަ އެވެ. އޮޔާ އައިސް އެރަަށް ލެއްގީ ކަމަކަށް އެހެންވީމާ ނުބެލެވެ އެވެ.

ފުލުހުން އިއްޔެ ބުނީ ތުހުމަތެއް ކުރެވޭ ކަހަލަ ނިޝާނެއް އެ ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ. އެކަމަކު އެކަމަކު އޭނާގެ މަރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޑިންގީން ދަތުރުކުރި ދެވަނަ މީހާ ޑިންގީއާ އެކު އޮޔާ ދަނިކޮށް ފެނުނީ އިއްޔެ ހަވީރު އެވެ. އޭނާ ސަލާމަތް ކުުރުމަށް ފަހު ސިފައިން އިއްޔެ ބުނީ އޭނާގެ އަތުގައި ހުރި ލިޔެކިއުމުން އެއީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އެކަން ކަށަަވަރު ކުރެވުނީ މިއަދު އެވެ.