އަފްގާނިސްތާނުގައި ތިބި ބިދޭސީ ސިފައިން އެ ގައުމުން ފޭބުމަށް އެމެރިކާ އިން ކަނޑައެޅި ތާރީހު ކަމަށްވާ އޮގަސްޓް 31 އަކީ، އެމެރިކާ ސިފައިންނާއި ތާލިބާނުންނާ ދެމެދު ދަމާލެވިފައިވާ ރަތް ރޮނގެއް ކަމަށް، ތާލިބާނުން މިއަދު ބުނެފި އެވެ.
އަފްގާނިސްތާނުގައި ތިބި ބިދޭސީ ސިފައިން އެ ގައުމުން ފޭބުމަށް އެމެރިކާ އިން ކަނޑައެޅި ތާރީހު ކަމަށްވާ އޮގަސްޓް 31 އަކީ، އެމެރިކާ ސިފައިންނާއި ތާލިބާނުންނާ ދެމެދު ދަމާލެވިފައިވާ ރަތް ރޮނގެއް ކަމަށް، ތާލިބާނުން މިއަދު ބުނެފި އެވެ.
އެމެރިކާގެ ސްކައި ނިއުސް އަށް ދިން އިންޓަވިއުއެއްގައި ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝާހީން ބުނި ގޮތުގައި އޮގަސްޓް 31 ގެ ފަހުން ބިދޭސީ ސިފައިން އަފްގާނިސްތާނުގައި ތިބުމުގެ މުއްދަތު އިތުރެއް ނުކުރެވޭނެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހާރު ވެސް ވިދާޅުވަމުން ގެންދަވަނީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލައި ނިންމުމަށް ކަނޑައަޅާފައިވާ ތާރީހުގެ ފަހުން، އެމެރިކާ ސިފައިން އެ ގައުމުގައި ބައިތިއްބާކަށް ބޭނުން ނޫން ކަމަށެވެ. ނަމަވެސް، އަފްގާނިސްތާނުން ބޭރަށް ގެންދަންޖެހޭ ހުރިހާ މީހުން އެ ގައުމުން ބޭރު ކުރެވެންދެން އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބެންޖެހިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެމީހުން އަފްގާނިސްތާނުގައި ތިބޭ މުއްދަތު އިތުރުކޮށްފި ނަމަ އޭގެ މާނައަކީ، އަފްގާނިސްތާނުގެ އަޅުވެތިކަމުގެ މުއްދަތު އިތުރުކުރުން. އެ މުއްދަތު އިތުރުކުރާ ނަމަ، އެމެރިކާ އާއި ތާލިބާނުންނާ ދެމެދު އިތުބާރު ގެއްލިގެން ދާނެ،" ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝާހީން ބުންޏެވެ.
ތަރުޖަމާނު ބުނި ގޮތުގައި އަފްގާނިސްތާނުގެ އާންމުންގެ ބަޔަކު އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިންނާ އެކު ގައުމު ދޫކޮށް ދަނީ، ތާލިބާނުންގެ ވެރިކަމެއްގެ ދަށުގައި ތިބެން ބޭނުންވާތީ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި އެމީހުން ގައުމު ދޫކޮށް ދަނީ، އިގްތިސާދީ ދަތިތަކެއް ހުރުމުން އެކަމުން ސަލާމަތްވާން ވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"ތާލިބާނުންނާ އެކުގައި ދިރިއުޅެން ބިރުގަންނަ ކަމަށް އެއްވެސް މީހަކު ބުނާ ނަމަ، އެއީ ފަސޭހައިން ހުޅަނގުގެ ގައުމަކަށް ދެވޭނެ މަގެއް ހޯދުމަށްޓަކައި ދައްކާ ވާހަކައެއް،" ތާލިބާނުންގެ ތަރުޖަމާނު ބުންޏެވެ.
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގަތުމުން ވެރިކަން ވެއްޓި، ތާލިބާނުން ގައުމު ހިފުމާ އެކު، އެ ގައުމު ދޫކޮށް އެމެރިކާ އާއި ނޭޓޯ ސިފައިންނާ އެކު ދާން ބޭނުންވާ، އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު، ކާބުލްގެ ވައިގެ ބަނދަރަށް ދަނީ ޖަމާވަމުންނެވެ. ވައިގެ ބަނދަރަށް ވަންނަ ދޮރޯށި ދޮށަށް ޖަމާވި މީހުން ފިތިބާރުވުމުގެ ސަބަބުން، މިދިޔަ ތިން ދުވަހުގެ ތެރޭގައި 20 މީހުން މަރުވި އެވެ.
އޭގެ އިތުރުން، ބަޔަކު ގޮވައިގެން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ފުރި އިރު، އެ ބޯޓުގެ ބޭރުގައި އެލިގަނެގެން ތިބި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ، ބޯޓު މައްޗަށް އެރިފަހުން ވެއްޓި މަރުވެފަ އެވެ.
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"
އެމެރިކާ އާއި ތާލިބާނުން މަޝްވަރާކޮށްފި
ސިފައިން އަފްގާނުން ނުބޭލުމަށް ލަފާއެރުވިން: ޖެނެރަލުން
ބަގްރާމް ޖަލުގެ އަނިޔާތައް ތާލިބާނުންގެ ދުލުން
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
ތާލިބާނުންނާ ވާހަކަ ދެއްކުން ނޫން ހައްލެއް ނެތް: އީޔޫ
ހުޅަނގުން ތަމްރީން ކުރި ސިފައިން ތާލިބާނުގައި
އަފްގާނިސްތާނުގައި އެމެރިކާއަށް ހާސިލުވީ ސުމެއް: ޕުޓިން
އަފްގާނު ހަނގުރާމައިން އެމެރިކާއަށް މަންފާއެއް ނުކުރި: ބައިޑެން