Roadha Mihaaru
ގޯހަރްގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖޭގައި

ބަތަލާ ގޯހަރްގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖޭގައި

26 އޯގަސްޓް 2021

މި އަހަރުގެ ކުރީކޮޅު ކައިވެނިކުރި އިންޑިއާގެ ބަތަލާ ގޯހަރް ޚާނާއި ފިރިމީހާ ޒައިދު ދަރުބާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު ކައިވެނިކުރި އިންޑިއާގެ ބަތަލާ ގޯހަރް ޚާނާއި ފިރިމީހާ ޒައިދު ދަރުބާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އެ މީހުން އަންގާރަ ދުވަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރާ ފުރަވެރި ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. ރިއަލިޓީ ޝޯ "ބިގް ބޮސް 7" ގައި ވާދަކޮށް އެ ޝޯ ކާމިޔާބު ވެސް ކުރި ގޯހަރަކީ އާންމުކޮށް ބޮލީވުޑްގެ ފިލްމުތަކުން ސަޕޯޓިން ރޯލުތަކުން ފެންނަ ބަތަލާއެކެވެ. އަދި އޭނާ އަކީ "އައިޓަމް ގާލްއެއް" ވެސް މެ އެވެ.

ގޯހަރް ކުޅުނު އައިޓަމް ލަވަތަކުގެ ތެރޭގައި އަރުޖުން ކަޕޫރްގެ ފުރަތަމަ ފިލްމު 2012 ގެ "އިޝަގްޒާދޭ" ގެ "ޗައްލާ ވައްލާ" ފާހަގަކޮށްލެވެ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ މަހު ޒީ5 އިން ޕްރީމިއާކުރި ފިލްމު "14 ޕޭރޭ" އެވެ.

މި އަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ސައިފް އަލީ ޚާންގެ ވެބް ސީރީޒް "ތަންޑަވް" ގެ ރޯލެއް ވެސް ގޯހަރް ކުޅެފައިވެ އެވެ.

އޭނާގެ ފިރިމީހާ ޒައިދަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ފަދަ ފިލްމުތަކުގެ މިއުޒިކް ހެދި އިސްމާއީލް ދަރުބާރްގެ ދަރިއެކެވެ. ޒައިދާއި ގޯހަރްގެ ރާއްޖެ ދަތުރަކީ އަންގާރަ ދުވަހު ގޯހަރަށް 38 އަހަރު ފުރިފައިވާތީ އެކަން ފާހަގަކުރަން ކުރާ ދަތުރެކެވެ.