Roadha Mihaaru
ބުޅަލެއް ސަލާމަތްކުރުމުން ދުބާއީގެ ބޮޑުވަޒީރުގެ ތައުރީފް

ބުޅަލެއް ސަލާމަތްކުރި ބަޔަކަށް ދުބާއީގެ ބޮޑުވަޒީރުގެ ތައުރީފް

26 އޯގަސްޓް 2021

ދުބާއީގެ އިމާރާތެއްގެ ތިން ވަނަ ބުރިން މަގުމައްޗަށް ފުންމާލަން އުޅުނު ބުޅަލަކަށް އަނިޔާވިޔަ ނުދީ ސަލާމަތްކުރަން ބަޔަކު ކުރި މަސައްކަތަށް ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ތައުރީފުކުރައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުބާއީގެ އިމާރާތެއްގެ ތިން ވަނަ ބުރިން މަގުމައްޗަށް ފުންމާލަން އުޅުނު ބުޅަލަކަށް އަނިޔާވިޔަ ނުދީ ސަލާމަތްކުރަން ބަޔަކު ކުރި މަސައްކަތަށް ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ތައުރީފުކުރައްވައިފި އެވެ.

ބުޅާ ފުންމާލަން އުޅުނު ތަން މަގުމަތީގައި ތިބި ބަޔަކަށް ފެނިގެން އެ ސަލާމަތްކުރަން ފޮތިގަނޑެއް ދިއްކޮށްގެން އޭގެ މައްޗަށް ބުޅާ ފުންމާލި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން މުހައްމަދު އެ ވީޑިއޯ ޓްވިޓާގައި ޕޯސްޓްކުރެއްވި އެވެ. އޭގައި އޭނާ ވިދާޅުވީ ބުޅާ ސަލާމަތްކޮށްދިން މީހުންގެ ފަރާތުން ފެނުނު އޯގާތެރިކަމާ މެދު ފަހުރުވެރިވަޑައިގަންނަވާ ކަމަށެވެ.

އަދި އެއީ ކޮން ބައެއްކަން ފާހަގަކޮށްދެއްވަން އެދިވަޑައިގެންފައިވެ އެވެ.