26 އޯގަސްޓް 2021
އުމުރުން 30 އަހަރުން މަތީގެ މީހުން ލޭމައްޗަށްދާ މިންވަރު ފާއިތުވި 30 އަހަރުގެ ތެރޭގައި ދެ ގުނަ އަށް އިތުރުވެފައިވާ ކަމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަދާފައިވާ ބޮޑު ދިރާސާއެއްގައި ބުނެފި އެވެ.
އުމުރުން 30 އަހަރުން މަތީގެ މީހުން ލޭމައްޗަށްދާ މިންވަރު ފާއިތުވި 30 އަހަރުގެ ތެރޭގައި ދެ ގުނަ އަށް އިތުރުވެފައިވާ ކަމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަދާފައިވާ ބޮޑު ދިރާސާއެއްގައި ބުނެފި އެވެ.
ލެންސެޓް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ލޭމައްޗަށް ދިއުމަކީ ފަސޭހައިން ހައްލު ހޯދިދާނެ ކަމަކަށް ވިޔަސް، އެކަން ތަޖުރިބާކުރާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ލޭމައްޗަށް ދިއުމާ ދެކޮޅަށް އެއްވެސް ކަމެއް ކުރާ ބައެއް ނޫނެވެ. އަދި މިކަން މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގައި ވެސް އޮތީ ދާދި އެއްކަހަލަ ގޮތަކަށް ކަމަށް ބުންޏެވެ.
ލޭ މައްޗަށް ދިއުން ކޮންޓްރޯލްކުރެވިދާނެ ގޮތްތަކުގެ ތެރޭގައި ދުޅަހެޔޮ ޑައިޓެއް ގެންގުޅުމާއި ގަވައިދުން ކަސްރަތުކުރުމުގެ އިތުރުން ލޭ މައްޗަށް ދިއުން ކޮންޓްރޯކުރަން ހާއްސަ ބޭސް ބޭނުން ކުރުން ވެސް ހިމެނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ލޭމައްޗަށް ދިއުމާއި އެކަމާ ގުޅުން ހުރި ބަލިތަކުގައި އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް 8.5 މިލިއަން މީހުން މަރުވެ އެވެ. ލޭމައްޗަށް ދިއުމަކީ ސްޓްރޯކް ޖެހުމާއި ހިތާއި ކިޑްނީ ފަދަ ގުނަވަންތައް ފެއިލްވާން ވެސް މަގުފަހިވާ ކަމެކެވެ.
Number of people living with #hypertension has doubled worldwide over past 30 years to more than 1.2 billion
— The Lancet (@TheLancet) August 24, 2021
New international study analysed blood pressure measurements from more than 100 million people taken over three decades in 184 countries https://t.co/FgVyITten9 pic.twitter.com/sbuHSQzdUF
ދުނިޔޭގެ 184 ގައުމެއްގައި ލޭމައްޗަށް ދިއުމާ ހާލަތު ހުރި ގޮތުގެ މައުލޫމާތު އެއްކޮށްގެން ހެދި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި 1990 ހިސާބުގައި ލޭމައްޗަށްދާ މައްސަލަ ހުރި މީހުންގެ ނިސްބަތް 648 މިލިއަންގައި ހުރި ނަމަވެސް 2019 ވަނަ އަހަރާ ހަމައަށް އައި އިރު، އެ އަދަދު 1.3 ބިލިއަނަށް އަރާފައިވެ އެވެ.
ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ގްލޯބަލް ހެލްތު ސްޕެޝަލިސްޓް މާޖިދު އެޒާޓީ ވިދާޅުވި ގޮތުގައި ލޭމައްޗަށް ދިއުމާ މެދު މިހާރަށް ވުރެ ސީރިއަސްކޮށް ވިސްނަން ޖެހެ އެވެ. އަދި މިކަމުން ރައްކާތެރިކަން ހޯދަން ކުރެވެން ހުރި ކަންކަން ކުރުމަށް އާންމުންގެ ތެރޭގައި ހޭލުންތެރިކަން ވެސް އުފައްދަން ޖެހެ އެވެ.
"ހަމަމިއާ އެކު ވަކިން ހާއްސަކޮށް އެބަޖެހޭ ފަގީރު ގައުމުތަކުގެ މީހުންގެ ކެއުމުގެ ވައްޓަފާޅި ހެޔޮ ބަދަލުތަކެއް ގެންނަން. އެކަން ކުރެވޭނީ ރަނގަޅު ކާނާ ލިބޭނެ ގޮތްތައް ވެސް ހަމަޖެހިގެން. އެގޮތުން ލޮނު މަދުކުރުމާއި މޭވާ އާއި ތަރުކާރީ ފަދަ ބާވަތްތައް ކެއުން ވަރަށް މުހިއްމު،" މާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޭމައްޗަށް ދިއުމާ ދެކޮޅަށް ކުރެވެން ހުރި ކަންކަމަށް އިސްކަން ދިނުމާ އެކު ފަސޭހައިން ފަރުވޯ ހޯދޭނެ ގޮތްތަކާއި ފަރުވާތަކަށް އެންމެންނަށް ވެސް އެކްސެސްވެވޭ ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ބައްޓަންކުރަން ޖެހެ އެވެ.
"ހާއްސަކޮށް، އާމްދަނީ މަދުން ލިބޭ އަދި މެދުފަންތީގެ ގައުމުތަކުގެ ނިޒާމުތައް އެބަޖެހޭ ހަރުދަނާކުރަން." މާޖިދު ވިދާޅުވި އެވެ.
ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކަށް ބަލާ އިރު ލޭމައްޗަށްދާ މައްސަލަ އެންމެ މަދު ގައުމުތަކުގެ ތެރޭގައި ކެނެޑާ، ސްވިޓްޒަލޭންޑް، އިނގިރޭސިވިލާތް އަދި ސްޕެއިން ފާހަގަކޮށްލެވެ އެވެ. މެދުފަންތީގެ ގައުމުތަކަށް ބަލާ އިރު ޕެރަގުއޭ އާއި މެދުތެރޭ ޔޫރަޕްގެ ގައުމުތައް ކަމަށްވާ ހަންގޭރީ، ޕޮލޭންޑް އަދި ކްރޮއޭޝިއާ ފަދަ ގައުމުތަކުގައި ލޭމައްޗަށްދާ ނިސްބަތް ބޮޑެވެ.
މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ މެދުތެރޭ އަދި ހުޅަނގު ޔޫރަޕާއި މެދުތެރޭ އޭޝިއާ އާއި ދެކުނު އެފްރިކާ އާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގެ އިތުރުން ކެރީބިއަން ގައުމުތަކުގަ އެވެ.
ކަޅު ސައި ބުއިން ހުއްޓާލާނެކަމެއް ނެތް
ރާނބާފަތް ހަމައެކަނި ރަހަމީރު ކުރާކަށް ނޫން
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ފަޅޮލަކީ އެތައް ކަމަކަށް ފަރުވާއެއް
ތެލުލިފަތެއް ނޫން؛ ކާންވީ ތާޒާ މުރަނގަފަތް
ސިއްހީ ބޮޑެތި މައްސަލަތަކާ ދެކޮޅަށް އަންނާރު
ރޯގާ ޖެހުމުން ނޫނަސް ލުނބޯ ސައެއް ބޯލަން ރަނގަޅު
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ތަފާތުކޮށްލަން އަސޭމިރުސް ސައެއް ބޯލާ!