މާދަމާއިން ފެށިގެން ސްކޫލުތަކަށް ވަދެ/ނުކުމެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށްވާތީ، ސްކޫލުތަކުން ބެލެނިވެރިންނަށް ގްރީން ކާޑު ދޫކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
31 އޯގަސްޓް 2021
މާދަމާއިން ފެށިގެން ސްކޫލުތަކަށް ވަދެ/ނުކުމެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށްވާތީ، ސްކޫލުތަކުން ބެލެނިވެރިންނަށް ގްރީން ކާޑު ދޫކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވެކްސިން ޖަހާފައިވާ ބެލެނިވެރިންތޯ ކަށަވަރުކޮށް ގްރީން ކާޑު ދޭނީ ސްކޫލުތަކުންނެވެ. އެކަން ކުރިއަށްދާނެ ގޮތް ކަނޑައެޅުމުގެ އިހުތިޔާރުދީފައިވަނީ ވެސް ސްކޫލުތަކަށެވެ.
ނަމަވެސް ދަރިވަރުން ގިނަ ބައެއް ސްކޫލުތަކަށް، ގްރީން ކާޑު ދޫކުރުމުގެ މުއްދަތު އަންނަ ހަފުތާއަށް އިތުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެ ސްކޫލުތަކަށް ވެސް ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ނުވަދެވޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
ސްކޫލަކުން ވާހަކަދެއްކެވި ޕްރިންސިޕަލަކު ވިދާޅުވީ ގްރީން ކާޑު ދޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ވެކްސިން ކާޑުގެ ކޮޕީއެއް ސްކޫލަށް ފޮނުވުމުންނެވެ.
"ސްކޫލު ތެރެއަށް ދެން ވަދެވޭނީ އެ ގްރީން ކާޑު ދެއްކުމުން،" އޭނާ ވިދާޅުވި އެވެ.
ބެލެނިވެރިންގެ އިތުރުން ވެކްސިން ނުޖަހާ ޓީޗަރުންނަށް ވެސް ސްކޫލުތެރެއަކަށް ދެން ނުވަދެވޭނެ އެވެ. އެޑިއުކޭޝަނުން މީގެ ކުރިން ވަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި ޓީޗަރުންނަށް ފިޔަވަޅު އަޅައިފަ އެވެ.
މިނިސްޓްރީން ބުނީ މިހާތަނަށް 6،418 ޓީޗަރުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ.
ސަރުކާރުން މިހާރު އަންނަނީ 12-17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ފަށައިފަ އެވެ. އެ އުމުރުގެ 30،000 އަށްވުރެ ގިނަ ކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވެ އެވެ.
11،000 ދަރިވަރުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި
ސްކޫލް ކުދިން ވެކްސިން ޖެހުމަށް ތައްޔާރުވާން އަންގައިފި
ވެކްސިން ނުޖަހާ މީހުން ސްކޫލުތަކަށް ވަނުން މަނާ
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ބަންދުގައި އިތުރު ހަރަކާތް ނުބާއްވަން އަލުން އަންގައިފި
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި