Roadha Mihaaru
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރުގައި؟

ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރުގައި؟

04 ސެޕްޓެމްބަރ 2021

މިދިޔަ މަހުގެ ތެރޭގައި އެންގޭޖްވި ކަމަށް އަޑުތައް އެރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަންނަ ޑިސެމްބަރު މަހު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ ތެރޭގައި އެންގޭޖްވި ކަމަށް އަޑުތައް އެރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަންނަ ޑިސެމްބަރު މަހު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ތަރިންގެ ލޯބީގެ ވާހަކަ ދެކެވޭތާ މިހާރު ތިން އަހަރެއްހާ ދުވަސް ވެދާނެ އެވެ. އެކަމަކު މިހާތަނަށް ކެޓްރީނާ އާއި ވިކީ ވެސް ގުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނާ އެކު ކުޅޭ ފިލްމު "ޓައިގާ 3" ގެ ޝޫޓިން އަށް ކެޓްރީނާ މިދިޔަ މަހުގެ މެދުތެރޭގައި ރަޝިއާ އަށް ދިއުމުގެ ކުރިން ވަރަށް ސިއްރިޔާތުން ވިކީއާ އެންޖޭޖްވި ވާހަކަ މީޑިއާތަކުގައި ދެކެވުނެވެ. އަދި އެ ވާހަކަ އެހާ ބޮޑަށް ދެކެވުނީ ވިކީގެ ފަރާތުން އެ ވާހަކަ ތިލަވެގެން ކަމަށް ތުހުމަތުކޮށް، އޭނާ އާއި ކެޓްރީނާއާ ދެމެދު އަރައިރުންތަކެއް ވެސް ހިނގިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ކެޓްރީނާ މި ވަގުތު ހުރީ "ޓައިގާ 3" ގެ ރަޝިއާ ޝެޑިއުލް ނިންމާލައި ކާސްޓާއި ކްރޫއާ އެކު ތުރުކީގަ އެވެ. އޭނާ އާއިި ވިކީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރަން ތައްޔާރުވަމުން އަންނާތީ ދެ ފަރާތުގެ އާއިލާ އިން ވެސް މިހާރު މިކަމުގެ ތައްޔާރީތައްވާން ފަށާފައިވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެ އެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި ދެ ތަރިންގެ ކައިވެނީގެ ހަފުލާ ބާއްވާނެ ތަނަކަށް ހަމަޖައްސާފައި ވަނީ ރާޖަސްތާނުގެ އުދައިޕޫރްގެ ތާރީހީ ހާއްސަ ތަނެއްގަ އެވެ.

ކެޓްރީނާ، 38، ކުރިން ރައްޓެހިވި ތަރިންގެ ތެރޭގައި ސަލްމާންގެ އިތުރުން ރަންބީރް ކަޕޫރް ހިމެނެ އެވެ.

ވިކީ، 33، އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އޭނާ އާއި ކެޓްރީނާ މިހާތަނަށް އަދި އެކީގައި ފިލްމެއް ކުޅެފައި ނުވާތީ ދެ ތަރިން ފިލްމަކުން ފެނުމަކީ ވެސް ބެލުންތެރިން ވަރަށް އިންތިޒާރުކުރަމުން އަންނަ ކަމެކެވެ.