Roadha Mihaaru
މިވަގުތު ރާއްޖެ ދެވޭކަށް ނެތް: ނަޝީދު

ފަރުވާ ނުނިމުމާއި އިތުރު ހަމަލައެއްގެ ބިރު: ނަޝީދު ރާއްޖެ ވަޑައިގަތުމަށް އޮތް ދެ ހުރަސް

03 ސެޕްޓެމްބަރ 2021

އެ މަނިކުފާނު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުން އަދިވެސް ނުނިމޭތީ އާއި ހަމަލައެއްގެ ބިރު އަދިވެސް އޮތުމުން ރާއްޖެ ވަޑައިގެންނެވެން ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެ މަނިކުފާނު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުން އަދިވެސް ނުނިމޭތީ އާއި ހަމަލައެއްގެ ބިރު އަދިވެސް އޮތުމުން ރާއްޖެ ވަޑައިގެންނެވެން ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ނަޝީދު މިހެން ވިދާޅުވީ، ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އަށް ކުރެއްވި މެސެޖެއްގަ އެވެ. ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދޮންބިލެތް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕާ އެ މެސެޖު ހިއްސާ ކުރައްވައިފަ އެވެ.

ނަޝީދުގެ މެސެޖުގައި ވިދާޅުވީ، އުމުރުފުޅުން 53 އަހަރުގައި ހަޔާތްޕުޅުގެ ގިނަ ދުވަސްތަކެއް ވަރަށް ވޭނާއި ހިތާމައިގައި ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. މި އަހަރުގެ މޭ ހަ ވަނަ ދުވަހުގެ ރޭ އެ މަނިކުފާނަށް ދިން ބޮމުގެ ހަމަލާއާ އެކު، އާއިލާ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އަނބުރާ ރާއްޖެ ވަޑައިގެންފި ނަމަ އަވަހާރަ ކޮށްލާނެ ކަމަށް ދެ ދަރިކަނބަލުން ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، ރާއްޖެ ވަޑައިގަތުމަށް އަދިވެސް ދުވަސް ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، ކޮންމެ ދެ ހަފުތާއަކުން އެއް ފަހަރު އެ މަނިކުފާނު އަދިވެސް ޑޮކްޓަރަށް ދައްކަވަން ޖެހިވަޑައިގަންނަވަ އެވެ. އަދި ކަނައަތު އިނގިލި ވަރަށް ބޮޑަށް އައްސި ވެފައިވާ ކަމަށާއި އިތުރު ހަ މަސް ދުވަހަށް ބެލުމަށް ފަހު އޮޕަރޭޝަނެއް ކުރައްވަން ޖެހިދާނެ ކަމަށް ޑޮކްޓަރާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ވަޑައިގަންނަވަން ފަސޭހަފުޅު ވާނީ މަހަކު އެއް ފަހަރު ޑޮކްޓަރަށް ދައްކަވާ ގޮތަށް ބަދަލުވުމުންނެވެ. އަދި ޓެރަރިސްޓް ހަމަލާ ރާވާއި، ފައިސާ ހަރަދުކުރި މީހުންގެ ތަހުގީގު ވެސް ނިމިފައި ނުވާތީ ރާއްޖެ ވަޑައިގަންނަވަން ފަސް ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އާއިލާ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އަނބުރާ ރާއްޖެ ވަޑައިގެންފި ނަމަ އަވަހާރަ ކޮށްލާނެ ކަމަށް ދެ ދަރިކަނބަލުން ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، ރާއްޖެ ވަޑައިގަތުމަށް އަދިވެސް ދުވަސް ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މީވާ މި ދެ ކަންތައް މިގޮތަށް ހުރުމުން އަދި ރާއްޖެ ދެވޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެ މެސެޖުގައި ނަޝީދު ވަނީ އެ މަނިކުފާނު ރާއްޖޭގައި ނެތުމުން އެމްޑީޕީ އަށް ވެދާނެ ގެއްލުން ފޫބައްދައިދިނުމަށް ގައުމީ މަޖިލީހުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ޓެރަރިސްޓް ހަމަލާގައި ވަރަށް ބޮޑަަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާ އަށް ނަޝީދު ފުރަތަމަ ވަޑައިގަތީ ޖަރުމަނަށެވެ. އެ ގައުމުގައި ފަރުވާ ހޯއްދެވުމަަށް ފަހު މިހާރު ވަޑައިގެން ހުންނެވީ އާއިލާގެ ބައެއް ބޭފުޅުން ވެސް ދިރިއުޅުއްވާ އިނގިރޭސި ވިލާތުގަ އެވެ. އެ މަނިކުފާނުގެ އާއިލާ އިން މީގެ ކުރިން ބުނެފައި އޮތީ ނަޝީދު މި މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އެ ހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެ އަށް ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ނަޝީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމް އަދި މ. އުދެހިގޭ އިސްހާގެވެ. ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދަކީ އަމަލީ ގޮތުން ހަމަލާ ދިނުމަށް ބޭނުން ކުރި މީހާ އެވެ. ނާޒިމަކީ ސީދާ ހަމަލާ ދިނުމުގައި ބައިވެރިވި މީހެއް ނޫނެވެ. ހައިޝަމާއި އަދުހަމް ހިމެނޭހެން ހަތަރު މީހަކަށް މިހާތަނަށް ދައުވާކޮށްފައިވެ އެވެ. އެއީ އެ ދެ މީހުންގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ މައްޗަށެވެ. ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއަށް ދައުވާ ނުކުރަން ނިންމުމުން އޭނާ ހުރީ ދޫކޮށްލައިފަ އެވެ.