ދިވެހިރާއްޖެ އަށް ޒިޔާރަތްކޮށްފައި އެނބުރި ގައުމަށްދާ ކޮންމެ ފަހަރަކު ދަނީ ހިތުން ތަންކޮޅެއް ރާއްޖެ އަށް ދީފައި ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.
30 ނޮވެމްބަރ 2020
ދިވެހިރާއްޖެ އަށް ޒިޔާރަތްކޮށްފައި އެނބުރި ގައުމަށްދާ ކޮންމެ ފަހަރަކު ދަނީ ހިތުން ތަންކޮޅެއް ރާއްޖެ އަށް ދީފައި ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން އަންނަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ ސޮނާކްޝީ ރާއްޖެ އަށް އޮތް ޝައުގުވެރިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިރު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށެވެ. ސޮނާކްޝީ މި ފަހަރު ޗުއްޓީ ހޭދަކުރީ ގްރޭންޑް ޕާކް ކޮއްދިޕަރު ރިސޯޓްގަ އެވެ.
އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ކުރިން ވެސް އާންމުކޮށް އޭނާ އަކީ "އައިލެންޑް ގާލް" އެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. ސޮނާކްޝީ ބުނެފައިވާ ގޮތުގައި ރާއްްޖެ އައިސް އެންމެ ގަޔާވާ އެއް ކަމަކީ ރާއްޖޭގެ ސާފު ރީތި މޫދުތެރޭގައި ވަގުތުތައް ހޭދަކުރުމެވެ.
މި ފަހަރުގެ ދަތުރުގެ ތެރެއިން ސޮނާކްޝީ ވަނީ އޯޕަން ވޯޓާ ޑައިވިން ކޯހެއް ވެސް ހަދައި އެއިން 100 މާކްސް ވެސް ހޯދައިފަ އެވެ. އޭގެ ފޮޓޯއަކާ އެކު އެ ވާހަކަ ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
ސޮނާކްޝީ އަކީ ފިލްމު "ދަބަންގް" އިން 2010 ގައި ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަބަންގް 3" އެވެ. ސޮނާކްޝީ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިިމިއާކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ބޫޖް؛ ދަ ޕްރައިޑް އޮން އިންޑިއާ" އިންނެވެ.
ސޮނާކްޝީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ފޯލެން" ކިޔާ ވެބް ސީރީޒެއް ހިމެނެ އެވެ. އޭގެ މަސައްކަތް އޭނާ މިހާރު އަންނަނީ ކުރަމުންނެވެ.
ސޮނާކްޝީ، 33، ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ލުޓޭރާ" އާއިި "ރައުޑީ ރާތޯޑް" އަދި "އަކީރާ' ފަދަ ފިލްމުތައް ހިމެނެ އެވެ. ސޮނާކްޝީ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރަގަން ސިންހާގެ ތިން ދަރިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ.
ސޮނާކްޝީ އަނެއްކާ ވެސް ރާއްޖެ އަންނަ ހިތުން
ޖާންވީގެ ޗުއްޓީ މިރިއަންދޫ ރިސޯޓްގައި
ސޮނާކްޝީ އަނެއްކާވެސް ރާއްޖޭގައި
ޕަރިނީތީ އާއިލާއާ އެކު ރާއްޖޭގައި
"ދިލް ބޭޗާރާ" ގެ ބަތަލާ އުފަންދުވަހަށް ރާއްޖޭގައި
ސަނާގެ ދެމަފިރިން ރާއްޖޭގައި
ޝްރަދާގެ އިންސްޓަގެ 60 މިލިއަން ރާއްޖޭގެ ފޮޓޯއަކުން
"މުހައްބަތޭ" ގެ ބަތަލާ ކިމް ރާއްޖޭގައި
ރީތީގެ ރާނީ މަނޫޝީ ޗިލާރް ރާއްޖޭގައި
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި