03 އޮކްޓޯބަރ 2021
ކާތިކް އާރިޔަންއާ އެކު ކުޅޭ ފިލްމު "ފްރެޑީ"ގެ ޝޫޓިން ނިންމައިލުމަށް ފަހު، ބޮލީވުޑްގެ ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރުވާލާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ކާތިކް އާރިޔަންއާ އެކު ކުޅޭ ފިލްމު "ފްރެޑީ"ގެ ޝޫޓިން ނިންމައިލުމަށް ފަހު، ބޮލީވުޑްގެ ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރުވާލާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
މިދިޔަ އަހަރު ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް 21 އަހަރުގެ ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ ސޮނެވާ ފުށީގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. މިއާ އަލާޔާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އޭނާ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިއެކެވެ. އަލާޔާ އަކީ އިންޑިއާގެ ވަރުގަދަ ފިލްމީ ޝަހުސިއްޔަތެއް ކަމަށްވާ ކަބީރް ބޭދީގެ ކާފަދަރިއެކެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ "ފްރެޑީ" ގެ ޝޫޓިން މިދިޔަ ހަފުތާގައި ނިންމައިލި އިރު، އަލާޔާގެ އަތުގައި އެކްތާގެ އެހެން ފިލްމެއް ވެސް އެބަ އޮތެވެ. އެއީ އަދި ޝޫޓިން ނުފަށާ "ޔޫ-ޓާން" އެވެ. މި ފިލްމަކީ ހަމަ އެ ނަމުގައި 2018 ގައި ގެނެސްދިން ތަމަޅަ/ތެލެގޫ މިސްޓްރީ ތުރިލާގެ ރިމޭކެކެވެ.
ވަރަށް އުންމީދީ ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އަލާޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައި ވަނީ އަނިލް ކަޕޫރްގެ ދަރިފުޅު ހާޝްވަރްދަން ކަޕޫރާ އެވެ. ދެ ތަރިން، ހާޝްގެ ދައްތަ ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ ރޮމޭންޓިކް ކޮމެޑީކަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އަލާޔާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ މިހާރު އަނެއްކާ ވެސް އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
ޕަރިނީތީ އާއިލާއާ އެކު ރާއްޖޭގައި
"ދިލް ބޭޗާރާ" ގެ ބަތަލާ އުފަންދުވަހަށް ރާއްޖޭގައި
ސަނާގެ ދެމަފިރިން ރާއްޖޭގައި
ޖާންވީގެ ޗުއްޓީ މިރިއަންދޫ ރިސޯޓްގައި
ސޮނާކްޝީ އަނެއްކާ ވެސް ރާއްޖެ އަންނަ ހިތުން
ރާއްޖޭން ދަނީ ހިތުން ތަންކޮޅެއް ދީފައި: ސޮނާކްޝީ
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
ޝާހިދުގެ އަންހެނުންގެ ސޯޓް ކުރުވެގެން މައްސަލައަކަށް
"ބިގް ބޮސް 14" ގެ ރުބީނާ ރާއްޖޭގައި
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް