Roadha Mihaaru
ސޮނާކްޝީ އަނެއްކާ ވެސް ރާއްޖެ އަންނަ ހިތުން

ސޮނާކްޝީ ސިންހާ އަނެއްކާ ވެސް ރާއްޖެ އަންނަ ހިތުން

29 މާޗް 2021

މީގެ ތިން މަސް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް ރާއްޖެ އަންނަން ބޭނުންވާކަމުގެ އިޝާރާތެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ތިން މަސް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް ރާއްޖެ އަންނަން ބޭނުންވާކަމުގެ އިޝާރާތެއް ދީފި އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރި ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ބުނީ "ރާއްޖެ ގެންދާށޭ" އެވެ. ސޮނާކްޝީ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މި ފަހަކަށް އައިސް އެންމެ ގިނައިން ރާއްޖެ އަންނަ ބަތަލާއިންގެ ތެރެއިން އެކެކެވެ.

އޭނާގެ އެންމެ ފަހުގެ ދަތުރު ނިންމާލައި ދިޔަ އިރު ބުނެފައި ވަނީ ރާއްޖެ އައިސްފައި އެނބުރި ދާއިރު ދަނީ އަބަދު ވެސް ހިތުން ތަންކޮޅެއް ދީފައި ކަމަށެވެ. ބެލެވޭ ގޮތުން ސޮނާކްޝީ ވަރަށް އަވަހަށް ރާއްޖެ އަށް އަންނާނެ އެވެ.

އޭނާ ކުޅެމުން ދިޔަ އެމެޒޯންގެ ވެބް ސީރީޒް "ފޯލެން"ގެ ޝޫޓިން ވެސް ނިންމައިލި ވާހަކަ އާދީއްތަ ދުވަހު އޭގެ ޓީމާ އެކު ނަގާފައިވާ ފޮޓޯތަކަކާ އެކު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. މި މަހުގެ 8 ގައި ފަސްޓްލުކް ވެސް ދައްކައިލި އަލަތު ވެބް ސީރީޒްގައި ސޮނާކްޝީ ކުޅެފައި ވަނީ އަންޖަލީ ބާޓީ ކިޔާ ފުލުހެއްގެ ރޯލެވެ.

ސްޓްރީމްކުރަން ފަށާނެ އިރެއް އަދި އިއުލާންނުކުރާ "ފޯލެން" ގެ ކާސްޓްގައި ވިޖޭ ވަރުމާ އާއި ސޯހަމް ޝާހް އަދި ގުލްޝަން ދެވިއާ ވެސް ހިމެނެ އެވެ. މީގެ ޑައިރެކްޓަރުންނަކީ "ތަލާޝް" އާއި "ގޯލްޑް" ފަދަ ފިލްމުތައް ގެނެސްދިން ރީމާ ކަތުގީ އާއި ރޫޗިކާ އޮބެރޯއީ އެވެ.

ސޮނާކްޝީގެ އަތުގައި މިހާރު ނެޓްފްލިކްސްގެ ވެބް ސީރީރެއް ވެސް އެބައޮތެވެ. އެއީ "ބުލްބުލް ތަރަންގް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.