25 ސެޕްޓެމްބަރ 2021
އިންޑިއާގެ އެހީގައި ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ބަލީގެ ހާއްސަ ހޮސްޕިޓަލަކީ ރާއްޖޭގެ ފުރަތަމަ ސްޕެޝަލިސްޓު ހޮސްޕިޓަލެވެ. ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ 2000 އަށް ވުރެ ގިނަ މީހުން ތިބި އިރު އެ ހުރިހާ އެންމެން ވެސް ފަރުވާގެ ވަކި ހިސާބެއްގައި ރާއްޖެއިން ބޭރަށް ދާން ޖެހެނީ ރޭޑިއޯޯތެރަޕީގެ ފަރުވާ ރާއްޖޭގައި ނުދެވޭތީ އެވެ. ކެންސަރު ހޮޮސްޕިޓަލަކުން އެންމެ ބޮޑު ހައްލެއް ގެނުވާނީ މި މައްސަލަ އަށެވެ.
އިންޑިއާގެ އެހީގައި ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ބަލީގެ ހާއްސަ ހޮސްޕިޓަލަކީ ރާއްޖޭގެ ފުރަތަމަ ސްޕެޝަލިސްޓު ހޮސްޕިޓަލެވެ. ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ 2000 އަށް ވުރެ ގިނަ މީހުން ތިބި އިރު އެ ހުރިހާ އެންމެން ވެސް ފަރުވާގެ ވަކި ހިސާބެއްގައި ރާއްޖެއިން ބޭރަށް ދާން ޖެހެނީ ރޭޑިއޯޯތެރަޕީގެ ފަރުވާ ރާއްޖޭގައި ނުދެވޭތީ އެވެ. ކެންސަރު ހޮޮސްޕިޓަލަކުން އެންމެ ބޮޑު ހައްލެއް ގެނުވާނީ މި މައްސަލަ އަށެވެ.
އެ ތަން އަޅަން ބަޖެޓުގައި ވެސް ހިމަނައި، އިންޑިއާގެ މާހިރުން ގެނެސް ރޭވުންތައް ވެސް ފަށައިފި އެވެ. އަތޮޅުގެ އިސްވެރިން ދެކެނީ މި މަޝްރޫއަކީ އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ދިރުމެއް ގެނުވާނެ މަޝްރޫއެއް ކަމަށެވެ.
އެކަމަކު، ކުރިން ހުޅުމާލޭގައި އަޅަން މަޝްވަރާ ކުރި އެ ހޮސްޕިޓަލު އަޅާ ތަނާ މެދު ބައެއް ޑޮކްޓަރުންގެ ހިޔާލު ތަފާތެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސިއްހީ ހިދުމަތް ކުރިއަރާފައި ނެތް ތަނެއްގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ރާއްޖޭގެ އިސް ޑޮކްޓަރުންތަކެއް މިދިޔަ މަހު ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވައި މި ކަންބޮޑުވުންތައް ހިއްސާ ކުރެއްވި އެވެ. މިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިނަސް، އޭރު ސަރުކާރުން އޮތީ ހުރިހާ ކަމެއް ވެސް ނިންމައިފަ އެވެ. އިންޑިއާއާ ގުޅިގެން ހިންގާ މަޝްރޫއަކަށް ވާތީ ވެސް ނިންމާފައި ހުރި ކަންތައްތައް ބަދަލު ކުރަން ސަރުކާރަށް ދަތިވާނެ އެވެ.
ސަރުކާރުން ދެކޭ ގޮތުގައި، މިއީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ރާއްޖެއެއް ގެނައުމަށް މުހިންމު ފިޔަވަޅެކެވެ. އަދި ހާއްސަކޮށް، މެޑިކަލް ޓޫރިޒަމް ތައާރަފް ކުރަން އޮތް ފުރުސަތެކެވެ. އަދި މިފަދަ މަޝްރޫއުތަކުން އަތޮޅުތަކުގެ އިގްތިސާދީ ހަރަކާތްތައް އިތުރުކުރަން އިންތިހާބީ ވެރިން ވެސް ތިބީ ކެތްމަދުވެފަ އެވެ.
މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަަވާނެ އެއް ބޭފުޅަކީ ރާއްޖޭގެ، ކެންސަރަށް ހާއްސަ ހަމައެކަނި ދިވެހި ޑޮކްޓަަރު ޑރ. މުހައްމަދު އަމްރު އެވެ. އޭނާ ވެސް ގަބޫލު ކުރައްވަނީ ކެންސަރު ހޮސްޕިޓަލެއް ރާއްޖެއަށް މުހިންމު ކަމަށެވެ. އަދި އެކަމަކު އެފަދަ ހޮސްޕިޓަލެއް އެޅުން އެންމެ ބުއްދިވެރީ މާލޭ ސަރަހައްދުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެންގެ ސްޓޭންޑަކީ ގްރޭޓާ މާލޭ އޭރިއާގައި މާ ފީޒިބަލްއޭ މިކަހަލަ ސެޓަޕެއް ހަދަން ލ. އަތޮޅަށް ވުރެ."
ކެންސަރަކީ ހަށިގަނޑުގެ ވަކި ތަނެއްގައި އުފެދެން ނުޖެހޭ ވަރަށް ސެލްތަކެއް އުފެދި ދިމާވާ މައްސަލައެކެވެ. މިކަން ހަށިގަނޑުގެ ކޮންމެ ދިމާލަކަށް ވެސް ދިމާވެދާނެ އެވެ. ކެންސަރުގެ ބާވަތްތައް އެހާ ގިނައީ ވެސް އެހެންވެ އެވެ. އަދި ކެންސަރަށް ފަރުވާ ދިނުމަށް އެ ބައްޔަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ހަށިގަނޑުގެ އެ ބައެއްގަައި ކެންސަރު އުފެދޭ ސަރަައްދަކަށް ހާއްސަ ޑޮކްޓަރުންގެ ލަފާ ވެސް ބޭނުންވަނީ އެހެންވެ އެވެ.
ރާއްޖޭގައި ކެންސަރު ޑޮކްޓަރުން ވެސް މަދެވެ. އަދި ހަށިގަނޑުގެ އެހެން ސަރަައްދުތަކުގެ ސްޕެޝަލިސްޓު ޑޮކްޓަރުން ވެސް ގިނައީ މާލޭގަ އެވެ. އަތޮޅު ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުުން ވަރަށް މަދެވެ. އަމްރު ދެކެވަޑައިގަންނަވާ ގޮތުގައި ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމުން ދިމާވެދާނެ އެންމެ ބޮޑު މައްސަލައަކީ އެހެން ޑޮކްޓަރުންގެ ލަފާ ވަގުތުން ވަގުތަށް ހޯދަން ދަތިވުމެވެ.
"މަލްޓި ސްޕެޝަލްޓީ ޑިޒީސެސް މިއީ. އަޅުގަނޑުމެން އެބަ ބޭނުންވޭ ހުރިހާ ސްޕެޝަލިސްޓުންގެ ކޮންޓްރިބިއުޝަން. މިސާލަކަށް ބްރެއިންގެ ޓިއުމާއެއް ވެއްޖެއްޔާ އެ ބޭނުންވޭ ނިއުރޯސާޖަންއެއް،" އަމްރު ވިދާޅުވި އެވެ.
އަމްރު ދެކެވަޑައިގަންނަވަނީ ކެންސަރު ހޮސްޕިޓަލު އެޅުން އެންމެ ރަނގަޅީ ހުޅުމާލޭގައި ކަމަށެވެ. އޭރުން މާލޭ ސަރަހައްދުގައި ގާއިމްވެފައި ހުރި ފެންވަރު ރަނގަޅު ވަސީލްތަކާއި ޑޮކްޓަރުންގެ ވެސް ބޭނުން އެތަނަށް ހިފޭނެތީ އެވެ.
"ލ. އަތޮޅު ކަހަލަ އައިސޮލޭޓެޑް އޭރިއާއެއްގައި މިކަހަލަ ހޮސްޕިޓަލެއް އެޅީމަ އެތަނަށް އެކްސެސް އެބަ ދަށްވޭ. ނުވިތާކަށް ދެން ތިބި ޕެރަސްޕެޝަލިޓީސްތަކުގެ ސަޕޯޓެއް ނީނދޭ. ޕްރެކްޓިކަލީ ބަލަންޏާ މާލޭ ސަރަހައްދުގައި މިކަހަލަ ސުޕާސްޕެޝަލިޓީ ހޮސްޕިޓަލެއް އެޅުމުން މިތަނުގައި ހުރި ހުރިހާ ވަސީލަތެއް ޕޫލް ކުރެވޭނެ."
"ލ. އަތޮޅު ކަހަލަ އައިސޮލޭޓެޑް އޭރިއާއެއްގައި މިކަހަލަ ހޮސްޕިޓަލެއް އެޅީމަ އެތަނަށް އެކްސެސް އެބަ ދަށްވޭ. ނުވިތާކަށް ދެން ތިބި ޕެރަސްޕެޝަލިޓީސްތަކުގެ ސަޕޯޓެއް ނީނދޭ. ޕްރެކްޓިކަލީ ބަލަންޏާ މާލޭ ސަރަހައްދުގައި މިކަހަލަ ސުޕާސްޕެޝަލިޓީ ހޮސްޕިޓަލެއް އެޅުމުން މިތަނުގައި ހުރި ހުރިހާ ވަސީލަތެއް ޕޫލް ކުރެވޭނެ."
ލ. އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް އަޅާ ނަމަ، އެ އަތޮޅުގައި އައިޖީއެމްއެޗް ފެންވަރުގެ ހޮސްޕިޓަލެއް ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހޮސްޕިޓަލަކީ ވެސް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ހޮސްޕިޓަލަކަށް ވިޔަސް، މިހާރު އެ ހޮސްޕިޓަލަކީ އައިޖީއެމްއެޗްއާ އަޅާ ކިޔޭ ވެސް ފެންވަރަކަށް ހިންގާ ތަނެއް ނޫނެވެ.
ގަމުގައި ކެންސަރު ހޮސްޕިޓަލު އެޅުމާ މެދު އޮތް ކަންބޮޑުވުންތަކަކީ، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވި ގޮތުގައި ބާ ވާހަކަތަކެވެ. އަތޮޅު ތެރޭގައި ހޮސްޕިޓަލުތައް އަޅާ ވާހަކަ ދައްކަން ފެށުމުން ވަރަށް ކުރީއްސުރެ އެކަމަށް ފާޑުކިޔައި ހުއްޖަތްތައް ދައްކަން އުޅޭ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
ޑޮކްޓަރުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ދަތުރުކޮށް، ފަރުވާ ދޭކަން ވެސް މަބްރޫކު ފާހަގަ ކުރެއްވި އެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅައިގެން ލަފާ ދިނުމަކީ މި ޒަމާނުގައި ވަރަށް އާންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެންސަރުގެ ފަރުވާ މާލެ ނޫން ސަރަހައްދެއްގައި ދެވުމަކީ އެހެން ސަރަހައްދުތަކުގައި އެކަން ނުކުރެވޭނެ ސަބަބެއް ނޫން ކަމަށާއި އެ ފަރުވާ މިހާރު ހުރި ތަންތަނުގައި ވެސް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މި ނިންމުން ނިންމީ ސިއްހީ ދާއިރާގެ ފަންނީ ލަފާ ނުހޯދައި ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރިޔަސް، މަބްރޫކު ފާހަގަ ކުރެއްވީ ހެލްތު މިނިސްޓްރީގައި ވެސް ސިއްހީ މާހިރުން ތިއްބަވާ ކަމެވެ. އަދި އެ ބޭފުޅުންގެ ލަފާ އެކަމުގައި އޮންނާނެ ކަމެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި މީޑިއާ ބްރީފިން އަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަފުޅުދައްކަވަނީ.
ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ މާލޭގައިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ހަމައެކަނި، އެކަމަށް ބަލައިގެން ހުރިހާ ކަމެއް ކުރާ ނަމަ ހުރިހާ ކަމެއް ވެސް ކުރެވޭނީ މާލޭގައި އެކަނި ކަމަށެވެ. އެކަމަކު، ލާމަރުކަޒީކޮށް، ހެޔޮ ބަދަލެއް ގެންނަ ނަމަ މިފަދަ ކަންކަން އަތޮޅު ތެރޭގައި ވެސް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންސާނީ ވަސީލަތް ނެތުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އިންޑިއާގެ އެމްބަސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ނަރުހުންނާއި، ޑޮކްޓަރުނާއި ޓެކްނީޝަނުންނާއި، އިދާރީ މުވައްޒަފުން އަދި އެހެނިހެން މުވައްޒަފުންނާއެކު 250 އެއްހާ މީހުން ތަމްރީނު ކުރާނެ ކަމަށް އެމްބަސީއިން ބުންޏެވެ. އަދި އެކަމުގައި ދިވެހީންނަށް އިސްކަން ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކެންސަރު ބަލީގެ ފަރުވާގެ ބޮޑު ބައި އާސަންދައިން ކަވަރު ކުރާއިރު އެކަމަށް ދާ ހަރަދަށް ވުރެ ބޮޑީ ބަލި މީހުންގެ ތިބުމާއި ކެއުމުގެ ހަރަދެވެ. ރަށްރަށުން ދާ ބަލި މީހުން މާލޭގައި މަޑުކުރަން ޖެހުނަސް އަދި މާލެއިން ރާއްޖެއިން ބޭރަށް ދާން ޖެހުނަސް އެ ހަރަދު ބޮޑުވެ އެވެ. ހާއްސަކޮށް، ކުލި ބޮޑު މާލޭގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުމަކީ މާލީ ބޮޑު ތަކުލީފެކެވެ.
ގަމުގައި ހޮސްޕިޓަލު އެޅުމުގެ ފައިދާ ފާހަގަ ކުރައްވަމުން އެ އަތޮޅު ކައުންސިލުގެ ރައީސް އިސްމާއިލް އަލީ ފާހަގަ ކުރެއްވީ، ބިން ބޮޑު އެ ރަށުގައި ބަލި މީހުން އުފުލަން ޖެހޭ ތަކުލީފުތައް ކުޑަވާނެ ކަމެވެ. ގަމުގައި ކުލި މާ ބޮޑު ތަނުން ވެސް ހެޔޮ ވާނެ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ބަލި މީހުންގެ ޖީބަށް ލުއިވާނެ ކަމަށެވެ.
އަދި ފަރުވާ ހޯދަން އަންނަ މީހުން ތިބޭނީ ވެސް، ކޮންކްރީޓު ޖަންގައްޔެއްގެ ބަދަލުގައި، ރީތި ގޮނޑުދޮށްތަކާއި ގަސްގަހުގެ ފިނިކަމުގެ އަރާމުގައި ކަން ވެސް އިސްމާއިލް ފާހަގަ ކުރެއްވި އެވެ. މިއީ އެފަދަ ބުރަ ބޮޑު ފަރުވާއެއް ކުރާ މީހުންނަށް ނަފްސާނީ ގޮތުން ވެސް ފައިދާ ކުރާނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑަށް ހީވަނީ ރަށްފުށުގެ މާހައުލު މާ ހިތްގައިމު ވާނެހެން މާލެއަށް ވުރެ. ހާއްސަކޮށް، ކެންސަރު ބައްޔަކީ ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހޭ ބައްޔެއް. އެކަހަލަ ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހޭ ބައްޔަކަށް މާލެއަށް ވުރެ މާ ލުއިކޮށް ހަރަދުކުޑަކޮށް މިތަނުގައި ތިބެވޭނެ."
"އަޅުގަނޑަށް ހީވަނީ ރަށްފުށުގެ މާހައުލު މާ ހިތްގައިމު ވާނެހެން މާލެއަށް ވުރެ. ހާއްސަކޮށް، ކެންސަރު ބައްޔަކީ ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހޭ ބައްޔެއް. އެކަހަލަ ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހޭ ބައްޔަކަށް މާލެއަށް ވުރެ މާ ލުއިކޮށް ހަރަދުކުޑަކޮށް މިތަނުގައި ތިބެވޭނެ."
މުޅި ރާއްޖޭގައި ވެސް ހުރި އެންމެ ފެންވަރު ރަނގަޅު ރީޖަނަލް ހޮސްޕިޓަލުތަކުގެ ތެރޭގައި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލު ހިމެނޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެތަނަށް ކޮވިޑް ތެރޭގައި ބ. އަތޮޅުހާ އުތުރުން އަދި އައްޑު އަތޮޅުން ވެސް މީހުން އައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ، ގަމުގައި ހޮސްޕިޓަލު އަޅާތީ އެހެން އެހެން ރަށްރަށުގެ މީހުންނަށް ދަތިވާނެ ކަމަށް ދައްކާ ވާހަކަތައް އޭނާއަށް ގަބޫލެއް ނުކުރައްވަ އެވެ.
"ތަފާތު ދިމާތަކަށް ބެހިގެން ދިޔުމަކީ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމެއް. މިސާލަކަށް އަޅުގަނޑުމެންނަށް މި ފަހުން ތަޖުރިބާ ކުރެވުނު ކޮވިޑްގެ ހާލަތުގެ ތެރޭގައި މިތަނުގައި އެމްއެމްއާރްއައި ހަދާލަން އައްޑު އަތޮޅުގެ މީހުން ވެސް ދަތުރު ކުރި،" އިސްމާއިލް ވިދާޅުވި އެވެ.
އިސްމާއިލް ގަބޫލު ކުރައްވަނީ އެއް ތަނެއްގައި ހުރިހާ ހިދުމަތެއް ފުނިޖެހިފައި ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ސިއްހީ ފަރުވާ ހުރިހާ ދިމާލެއްގައި ވެސް ލިބެން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ، ކެންސަރު ހޮސްޕިޓަލުގެ ސަބަބުން އަތޮޅަށް ރާއްޖެއިން ބޭރުން ވެސް މީހުން އައިސް މެޑިކަލް ޓޫރިޒަމްގެ ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން އިގްތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެ އަތޮޅުގެ ތަރައްގީ އަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އޭގެއިން ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް. ހާއްސަކޮށް މި ސަރަހައްދު ބިޒީ ސަރަހައްދަކަށް ވެގެންދާނެ. ބިޒީ ވީމަ ދަތުރުފަތުރު ގިނަވެ، މީހުންތައް އައިސް، ވިޔަފާރީގެ މުއާމަލާތްތައް މި ތަނުގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ." އިސްމާއިލް ވިދާޅުވި އެވެ.
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމެއް އަންނަނީ
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ކެންސަރުގެ ފަރުވާއަށް އެހީ ހޯދަން އިސްނެގީ ކްލާސްކުދިން
ކެންސަރު ހޮސްޕިޓަލަށް 770 މިލިއަން ރުފިޔާ
ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު
ކެންސަރު ހޮސްޕިޓަލު މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމު އަތުވެއްޖެ
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
ކެންސަރު ހޮސްޕިޓަލް ގަމަށް ބަދަލުކުރަން މަޝްވަރާކުރަނީ
ބޮޑެތި ފަރުވާ ބޭނުންވާ 37 މީހަކު މާދަމާ ފުރާނެ