01 އޮކްޓޯބަރ 2021
ދަރިމައިވުމުގެ ފަރުވާ އަށް ބޮޑު ހޭދައެއް ކުރަން ޖެހި އުފުލާ ތަކުލީފަށް ސަރުކާރުގެ ސޯޝަލް އިންޝުއަރެންސް ސްކީމުން އެހީ ފޯރުކޮށްދިނުން މުހިއްމު ކަމަށް އާސަންދަ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
ދަރިމައިވުމުގެ ފަރުވާ އަށް ބޮޑު ހޭދައެއް ކުރަން ޖެހި އުފުލާ ތަކުލީފަށް ސަރުކާރުގެ ސޯޝަލް އިންޝުއަރެންސް ސްކީމުން އެހީ ފޯރުކޮށްދިނުން މުހިއްމު ކަމަށް އާސަންދަ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
ރާއްޖޭގައި ދަރިން ނުލިބުމުގެ މައްސަލަތައް ގިނަވެ، ފަރުވާ އަށް ބޮޑު ހޭދައެއް އާއިލާތަކުން ވަނީ ކުރަން ޖެހިފަ އެވެ. އެކަމަކު އިންފާޓިލިޓީ ނުވަތަ ދަރިމައިވުމުގެ އެއްވެސް ފަރުވާއެއް އާސަންދަ ތެރެއަކު ނުހިމެނެ އެވެ. މިއީ، އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ ކަންބޮޑުވުމެކެވެ.
ދަރިމައިވުމުގައި މައްސަލަ ދިމާވާ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. އެ ފަރުވާ ހޯދި ނަމަވެސް ފުރަތަމަ ބުރުން ކާމިޔާބު ނުވެދާނެ އެވެ. އެހެންވެ، ބޮޑު ހަރަދެއް ކޮށްގެން އަނެއްކާ ވެސް އިތުރަށް މަސައްކަތްކުރަން ޖެހެ އެވެ.
އައިޔޫއައި އަދި އައިވީއެފް ފަރުވާ މި ވަގުތު ރާއްޖެއިން ލިބޭކަށް ނެތެވެ. އަދި އެއީ، ސަރުކާރުގެ ސޯޝަލް އިންޝުއަރެންސް ސްކީމުން ވެސް އެހީދޭ ކަންކަމެއް ނޫނެވެ.
އެ ދެ ފަރުވާގެ އައިޔޫއައިއަށްވުރެ އައިވީއެފް ކާމިޔާބު ބޮޑެވެ. އެހެންވެ، ކިތައްމެ ބޮޑު ހަރަދެއް ދިޔަ ކަމުގައި ވިޔަސް ގިނަ މީހުން އިހުތިޔާރުކުރަނީ އައިވީއެފެވެ. އެ ފަރުވާގެ ބުރަކަށް ގާތްގަނޑަކަށް 4،000 ޑޮލަރު (61،680ރ.) ހަރަދުވެ އެވެ. އެކި މީހުންނަށް ފަރުވާ ކާމިޔާބުވަނީ އެކި ވަރަށް ފަރުވާ ހޯދައިގެންނެވެ.
އާސަންދަ ކުންފުނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ "މިހާރު" އަށް ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތަކަށް ހޯދާ ފަރުވާއަށް އެހީ ދިނުމަށް އެ ކުންފުނީގެ އެކި ލެވެލްގައި މަޝްވަރާތައް ކުރި ކަމަށެވެ. ނަމަވެސް އުސޫލަށް އެއްވެސް ބަދަލެއް ނުގެންނާތީ އެކަން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ޒީނިޔާ ވިދާޅުވީ އެ މަޝްވަރާތަކުގައި، ފަރުވާގެ ވަކި ވަރަކަށް އެހީދިނުމާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.
"މަޝްވަރާކުރަން އޭގެއިން ކޮންމެ ވެސް ބައެއް ނަމަވެސް، ހެދޭ ޓެސްޓުތައް ނަމަވެސް ކޮންމެ ވެސް ބައެއް އާސަންދަ ތެރެއިން ކަވަ ކުރެވިދާނެތޯ ބަލަން. އެކަމަކު، މި ބުނާހެން އެ ގަވައިދު އިސްލާހުކޮށްގެން އެކަމެއް ކުރެވޭނީ. އެނގޭ ވަރަށް ގިނަ މީހުންގެ ހުންނަ މައްސަލައެއް ރާއްޖޭގައި،" އޭނާ ވިދާޅުވި އެވެ.
އެ ފަރުވާއަށް އާސަންދަ ނުލިބޭ އެއް ސަބަބަކީ އައިވީއެފް އަދި އައިޔޫއައި އަކީ އެޑްވާންސް ފަރުވާތަކަށް ވުމެވެ.
"ފުދޭ ވަރަކަށް ގިނަ މީހުން އެބަ އުޅޭ އޭގެތެރޭގައި. އެޓްލީސްޓް އޭގެ ތެރެއިން ކޮންމެ ވެސް ބައެއް ކަވާކޮށްދޭން ރަނގަޅުކަން އަޅުގަނޑުމެން ފާހަގަކުރަން." ޒީނިޔާ ވިދާޅުވި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވެސް ބުނީ އިންފާޓިލިޓީ ފަދަ ކަންކަމަށް ގައުމީ ފެންވަރުގައި ޕްރިވެންޝަން އަދި އިންޓަވެންޝަން ޕްރޮގްރާމެއް އިފްތިތާހުކޮށް، ކޮންމެ އަހަރަކު ވެސް އެހީދޭނެ ވަކި ވަރެއް ކަނޑައަޅައި އާއިލާތަކަށް އެހީ ދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ދެ މަސް ދުވަހުގެ ލޮކްޑައުންއަކަށް ފަހު، ތުއްތު ކުއްޖަކު އުރާލައިގެން، މީހަކު މަގު ހުރަސް ކުރާއިރު، ސިނަމާލެ ބްރިޖުން ފައިބައިގެން އަންނަ ދުއްވާ އެއްޗެހި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"މި ކަމަކީ ދިގު މުއްދަތަކަށް ފަރުވާގައި ހޭދަކުރަންޖެހޭ ކަމަކަށް ވާތީވެ، ރާއްޖޭގެ ހޮސްޕިޓަލްތަކުން މި ފަދަ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ނޫން ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ހޯދުމަށް ދަތިވާނެ،" ލިޔުމުން "މިހާރު" އަށް ފޮނުވި ޖަވާބުގައި އެންސްޕާއިން ބުންޏެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ފުރަތަމަ ފަހަރަށް ފަރުވާ ހޯދުމަށް އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ދާ މީހުންނާއި އެ މީހުން ލަފާކުރި ވަރަށް ވުރެ ގިނަ ދުވަހު ފަރުވާ އަށް ބޭރުގައި މަޑުކުރަން ޖެހިއްޖެ ހާލަތެއްގައި އެ މީހުންގެ ތިބުމާއި ކެއުމަށް ކޮންމެ ވެސް ވަރެއްގެ އެހީއެއް ދެ އެވެ. އަދި އެކަމަށް ހުށަހަޅާ މީހުންނަށް އަހަރަކު އެއްފަހަރު ދެ މީހުންގެ ޓިކެޓް ހަމަޖައްސައިދޭ ކަމަށް އެންސްޕާއިން ބުނެ އެވެ.
ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭގޮތުން ރާއްޖޭގައި ދިރާސާއެއް ހެދިފައި ނެތަސް، އެކި ފަރާތްތަކުން ހޯދި މައުލޫމާތުން އެނގެނީ ރާއްޖޭގައި އެ މައްސަލަ ވަރަށް ބޮޑު ކަމެވެ. އެ ތަކުލީފުތަކަށް ލުއި ހޯދުމަށް ސަރުކާރުގެ އެހީ ބޭނުންވާ ކަމެވެ.
ރާއްޖެ އިން އުންމީދު: އައިވީއެފްގެ ފަހު މަރުހަލާ!
އެންސްޕާއިން އެހީ ދޭ ގޮތް ހަރުދަނާ ކުރަންޖެހޭ: އޭސީސީ
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އައިވީއެފަށް އާސަންދަ ދޭ އުސޫލު މި މަހު ފައިނަލްކުރަނީ
އިންފާޓިލިޓީއަށް އުސޫލެއް ހަދަންޖެހޭ ގޮތަށް ބަދަލުގެނެސްފި
ދަރިން ނުލިބުން: އަހަރެމެން މިތިބީ ފުން ކަނޑެއްގައި!
ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ދިނުމަށް ގަރާރެއް
އައިވީއެފް ފެށުމުގެ ހުއްދައަށް ޓްރީޓޮޕުން އެދިއްޖެ
"ދަރިމައިވުމުގެ ފަރުވާއަށް އެހީދެވޭނެ ގޮތްތައް ބަލަން"