Roadha Mihaaru
ރާއްޖޭގައި ޝޫޓް ކުރި އަޖޭގެ ޝޯ 22 ގައި

ރާއްޖޭގައި ޝޫޓް ކުރި އަޖޭގެ ޝޯ މި މަހުގެ 22 ގައި

10 އޮކްޓޯބަރ 2021

މިދިޔަ މަހު ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަނާ އެކު ރާއްޖޭގައި ޝޫޓްކުރި ޑިސްކަވަރީ ނެޓްވޯކްގެ "އިން ޓު ދަ ވައިލްޑް" ގެ ޝޯގެ އެޕިސޯޑް ޓީޒާއެއް ދައްކާލައި އެ ގެނެސްދޭ ތާރީހު ވެސް އިއުލާންކޮށްފި އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަނާ އެކު ރާއްޖޭގައި ޝޫޓްކުރި ޑިސްކަވަރީ ނެޓްވޯކްގެ "އިން ޓު ދަ ވައިލްޑް" ގެ ޝޯގެ އެޕިސޯޑް ޓީޒާއެއް ދައްކާލައި އެ ގެނެސްދޭ ތާރީހު ވެސް އިއުލާންކޮށްފި އެވެެ.

އެ އެޕިސޯޑް އެންމެ ފުރަތަމަ ޕްރީމިއާ ކުރާނީ ޑިސްކަވަރީ ޕްލަސް އިން މި މަހުގެ 22 ގަ އެވެ. އޭގެ ފަހުން މި މަހުގެ 25 ޑިސްކަވަރީ ޗެނެލް އިން ގެނެސްދޭނެ އެވެ.

އަޖޭއާ އެކު ރާއްޖޭން ގެނެސްދޭން ބިއާ ގްރިލްސްގެ "އިން ޓު ދަ ވައިލްޑް" ގެ ޓީޒާ އިން ޝޫޓްކުރި ސަރަހައްދުގެ މަތިން ނަގާފައިވާ ޑްރޯންގެ މަންޒަޒުރަކާއި އަޖޭ ލޯންޗެއްގެ ތެރޭގައި އުޅޭ ތަނާއި ކަނޑުއަޑީގެ މަންޒަރުތަކެއް ދައްކާލާފައިވެ އެވެ. މި އެޕިސޯޑްގައި ފެންނާނީ ކަނޑުވުމުން ސަލާމަތްވާން އަޖޭ މަސައްކަތްކުރާ ގޮތެވެ. މި ޝޫޓްކޮށްފައި ވަނީ ވ. އަތޮޅުގަ އެވެ.

އަޖޭގެ އިތުރުން ބެއާ ގްރިލްސްއާ އެކު ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލް ވެސް "އިން ޓު ދަ ވައިލްޑް" އަށް ރާއްޖޭގައި ޝޫޓްކުރި އެވެ. އޭނާގެ އެޕިސޯޑާ ބެހޭ ވާހަކައެއް ޑިސްކަވަރީން އަދި ހާމައެއް ނުކުރެ އެވެ.