Roadha Mihaaru
ވިކީ ރާއްޖޭގައި ޝޫޓްކުރި ޝޯ މިމަހުގެ 12 ގައި

ވިކީ ރާއްޖޭގައި ޝޫޓްކުރި ޝޯ މި މަހުގެ 12 ގައި

10 ނޮވެމްބަރ 2021

ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލް މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ޝޫޓްކުރި ޑިސްކަވަރީ ނެޓްވޯކްގެ ޝޯ "އިންޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް" ގެ އެޕިސޯޑް މި މަހުގެ 12 ގައި ޑިސްކަވަރީ ޕްލަސް އިން ސްޓްރީމްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލް މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ޝޫޓްކުރި ޑިސްކަވަރީ ނެޓްވޯކްގެ ޝޯ "އިންޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް" ގެ އެޕިސޯޑް މި މަހުގެ 12 ގައި ޑިސްކަވަރީ ޕްލަސް އިން ސްޓްރީމްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އޭގެ ޕޯސްޓަރެއް ވެސް މިހާރު ވިކީގެ އިންސްޓަގްރާމްގައި އާންމު ކޮށްފައިވެ އެވެ. ގްރިލްސްގެ ޝޯގައި ފެނިގެން ދާނީ ރާއްޖޭގައި ވިކީ ތަޖުރިބާކުރި އެޑްވެންޗާ އެވެ. މިއީ އާންމު ދިރިއުޅުމުގެ ބޭރުން މީހަކަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތްތަކެއްގައި އެ މީހަކު ސަލާމަތްވާން ކުރާނެ ކަންކަން ފެނިގެން ދާނެ އެއްޗެކެވެ.

ވިކީގެ "އިންޓު ދަ ވައިލްޑް" އެޕިސޯޑް ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހު އިއުލާންކުރި އިރު، ހަމަ މި ޝޯ އަށް އެކްޓަރު އަޖޭ ދޭވްގަން ރާއްޖޭގައި ޝޫޓްކުރި އެޕިސޯޑް މިދިޔަ މަހުގެ 22 ގައި ޑިސްކަވަރީ ޕްލަސް އިން ސްޓްރީމް ކުރުމަށް ފަހު، އެ މަހުގެ 25 ގައި ޑިސްކަވަރީ ޗެނަލުން ވެސް ދައްކާފައިވެ އެވެ.

ވިކީގެ އެޕިސޯޑް ވެސް ސްޓްރީމް ކުރުމަށް ފަހު، ޗެނެލުން ގެނެސްދޭނެ އެވެ. އެކަމަކު ޑިސްކަވަރީ ޗެނެލުން ގެނެސްދޭނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

އަންނަ މަހުގެ ތެރޭގައި ބަތަލާ ކެޓްރީނާ ކައިފާ ކައިވެނި ކުރާނެ ކަމަށް މީޑިއާތަކުން ބުނާ ވިކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ސަރުދާރު އުދަމް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މިސްޓަ ލޭލޭ" އާއި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އާއި "އިމޯޓަލް އަޝްވަތައްމާ" އަދި "ސޭމް "ބަހާދޫރު" ހިމެނެ އެވެ.