Roadha Mihaaru
ހަމަ ހިލާ ގޯލާން ދޫކޮށެއް ނުލާނަން: ނަފްތާލީ

ހަމަ ހިލާ ގޯލާން ދޫކޮށެއް ނުލާނަން: ނަފްތާލީ

12 އޮކްޓޯބަރ 2021

ބައިނަލްއަގުވާމީ މުޖްތަމައުން ކޮންމެ އެއްޗެއް ކިޔަސް، ގޯލާން އުސް ބިންތައް ދޫކޮށްނުލާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މުޖްތަމައުން ކޮންމެ އެއްޗެއް ކިޔަސް، ގޯލާން އުސް ބިންތައް ދޫކޮށްނުލާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެ އެވެ.

ގޯލާންގެ އުސް ބިންތަކުގެ ކުރިމަގާ ބެހޭ ގޮތުން ބޭއްވި މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުން ނަފްތާލީ އިއްޔެ ވިދާޅުވި ގޮތުގައި ސީރިޔާއާ މެދު ބައިނަލްއަގުވާމީ މުޖްތަމައުން ދެކޭ ގޮތް ބަދަލު ވިޔަސް، އިޒްރޭލު ސިފައިން ގޯލާންގެ އުސް ބިންތަކުން ފައިބައި، އެ ބިން ސީރިޔާއާ ހަވާލުކުރުމަކީ، އެއްވެސް ގޮތަކުން އިޒްރޭލު ކުރާނެ ކަމެއް ނޫނެވެ.

އިޒްރޭލުން، ސީރިޔާގެ ގޯލާންގެ އުސް ބިންތައް ހިފީ، 1967 ވަނަ އަހަރު އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގެ ތެރޭގަ އެވެ. އެއިރުންސުރެ އެ ސަރަހައްދު އޮންނަނީ އިޒްރޭލުގެ ބާރުގެ ދަށުގަ އެވެ. އަދި އެ ސަރަހައްދަކީ އިޒްރޭލުގެ ބިމުގެ ބައެއް ކަމަށް އިޒްރޭލުން ކަނޑައެޅީ 1981 ވަނަ އަހަރުގެ ތެރޭގަ އެވެ.

އިޒްރޭލުގެ އެ ނިންމުން، މިހާތަނަށް ވެސް ބައިނަލްއަގުވާމީ މުޖްތަމައުން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް 2019 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ، ގޯލާންގެ އުސް ބިންތަކުގެ މައްޗަށް އިޒްރޭލުގެ ސިޔާދަތީ ވެރިކަން ހިނގާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕު އެ ގޮތަށް ވިދާޅުވި ނަމަވެސް، އެމެރިކާ އިން މިހާތަނަށް ވެސް ގޯލާންގެ އުސް ބިންތަކުގެ މިލްކުވެރިން އިޒްރޭލަށް ލިބިގެންވާ ކަމަކަށް ނުބުނެ އެވެ. އަނެއްކޮޅުން އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރަމުން އަންނަ އަރަބި ގައުމުތަކުން މިހާރު ވެސް ބުނަމުން އެދަނީ އިޒްރޭލުން ހިފާފައިވާ ގޯލާންގެ އުސް ބިންތަކަކީ ސީރިޔާގެ ބިމެއް ކަމަށެވެ.

ސެޕްޓޭމްބަރ 27، 2021؛ އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ. --އޭއެފްޕީ

ސެޕްޓޭމްބަރ 27، 2021؛ އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ. --އޭއެފްޕީ

"ސީރިޔާގައި މިހާރު ހިންގަމުން އެދޭ ދާހިލީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ވަރަށް ގިނަ ބަޔަކަށް މިހާރު އެބަ ގަބޫލުކުރެވޭ، ގޯލާންގެ މި ހިތްގައިމު ބިންކޮޅު، ސީރިޔާގެ ބައެއްގެ ގޮތުގައި އޮތުމަށް ވުރެ، އިޒްރޭލުގެ އަތުގައި އޮތުން މާރަނގަޅު ކަމަށް. އަދި ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލަކުން، ނުވަތަ ސީރިޔާގެ ހާލަތު ބަދަލުވެ، ބައިނަލްއަގުވާމީ މުޖްތަމައުގެ ވިސްނުން ބަދަލުވިޔަސް، ގޯލާންގެ އުސް ބިންތަކަށް އެއިން އެއްވެސް އަސަރެއް ނުފޯރާނެ،" ނަފްތާލީ ވިދާޅުވި އެވެ.

"ގޯލާންގެ އުސް ބިންތަކަކީ އިޒްރޭލުގެ ބިމެއް. ފުލުސްޓޮޕް."

ނަފްތާލީ ވިދާޅުވި ގޮތުގައި އީރާނުން ދަނީ އިޒްރޭލުގެ އިމާ ގާތަށް އީރާންގެ ހަނގުރާމަވެރިންނާއި ސިފައިން ފޮނުވަމުންނެވެ. އެހެން ނަމަވެސް ސީރިޔާގައި އީރާންގެ ނުފޫޒު ފެތުރުނަ ނުދިނުމަށްޓަކައި އިޒްރޭލުން ކުރަންޖެހުނު ކޮންމެ ކަމެއް، އިޒްރޭލަށް ފެންނަ ވަގުތަކު ކުރަމުން ދާނެ އެވެ. އަދި އިޒްރޭލުގެ އުތުރު ސަރަހައްދީ ރޮނގުގެ ކައިރީގައި އީރާނުން ހިންގާ އަމަލުތައް ހުއްޓުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.