Roadha Mihaaru
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

13 އޮކްޓޯބަރ 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ އިރު ދެ ޓީމު މިހާތަނަށް ވަނީ ސަރަހައްދީ ފުޓުބޯޅަ މުބާރާތުގައި 14 ފަހަރު ބައްދަލުކޮށްފައި. އޭގެ ތެރޭން ރާއްޖެ އިން ތިން ފަހަރު މޮޅުވިއިރު ދެ މެޗު ވަނީ އެއްވަރުވެފައި.

ހަސަން އާމިރު ހަސަން އާމިރު

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ އިރު ދެ ޓީމު މިހާތަނަށް ވަނީ ސަރަހައްދީ ފުޓުބޯޅަ މުބާރާތުގައި 14 ފަހަރު ބައްދަލުކޮށްފައި. އޭގެ ތެރޭން ރާއްޖެ އިން ތިން ފަހަރު މޮޅުވިއިރު ދެ މެޗު ވަނީ އެއްވަރުވެފައި.

އިންޑިއާ މިހާތަނަށް ވަނީ ސާފް ޗެމްޕިއަންޝިޕް ހަތް ފަހަރު ހޯދާފައި. ރާއްޖެ އަށް މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ ދެ ފަހަރު. އެ ދެފަހަރު ވެސް ތަށި އުފުލާލާފައި ވަނީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު. އޭގެ ކުރިން މުބާރާތުގެ ފަސް ސެމީ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ވަނީ ބަލިވެފައި. މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވި ތިން ފަހަރުގެ ތެރޭން ދެ ބަލިވީ އިންޑިއާ އަތުން. އަނެއް ބައްޔަކީ 2003 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝްއާ ކުޅެ ޕެނަލްޓީ ޖަހައިގެންވީ ބަލި. އެއީ މުބާރާތުގެ ފައިނަލުގައި އިންޑިއާ ނުކުޅޭ ހަމައެކަނި ފަހަރު. އިންޑިއާ ވަނީ މުބާރާތުގެ ފައިނަލުގައި ހަތް ފަހަރު ކުޅެ ތިން ފަހަރު ބަލިވެފައި.

ރާއްޖެ އާއި އިންޑިއާ ދިވެހި ގައުމީ ފުޓްބޯޅަ ދަނޑުގައި މީގެ ކުރިން ކުޅުނީ ދެ ފަހަރު. އެންމެ ފުރަތަމަ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގައި ރާއްޖެއިން އިންޑިއާ ބަލިކުރި. އޭގެ ފަހުން 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ރާއްޖެ ބަލިވި. މިރޭގެ މެޗަކީ މާލޭގައި މި ދެ ޓީމު ކުޅޭ ތިން ވަނަ ފަހަރު. މިރޭގެ މެޗުން މޮޅުވެގެން ރާއްޖެ އަށް ފައިނަލަށް ދެވޭނެ.