17 އޮކްޓޯބަރ 2021
ދިވެހި ބަހުގެ ފޮތްތައް ކިޔުމަށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފުރަތަމަ ފޮތް މައުރަޒު މިއަދު ހުޅުވައިފި އެވެ.
ދިވެހި ބަހުގެ ފޮތްތައް ކިޔުމަށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފުރަތަމަ ފޮތް މައުރަޒު މިއަދު ހުޅުވައިފި އެވެ.
އެ ޔުނިވާސިޓީގެ ގޯތިތެރޭގައި އަންނަ ބުރަސްފަތި ދުވަހާ ހަމައަށް ކުރިއަށްގެންދާ ފޮތް މައުރަޒު ހުޅުވައިދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
ތަފާތު ނުވަ ފަރާތަކުން 1،300 އަށްވުރެ ގިނަ ވައްތަރުގެ ފޮތް ހުށަހަޅާފައިވާއިރު ސްޓޯލްތަކުން ފޮތް ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
އެމް.އެން.ޔޫ. ފޮތް މައުރަޒު މިއަދުން ފެށިގެން 21 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހާ ހަމައަށް ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވޭނެއެވެ.
— The Maldives National University (@MNUedu) October 17, 2021
މިމައުރަޒުގައި ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތަކެއް ކޮންމެ ދުވަހެއްގެވެސް ހަވީރު 1600 ން ފެށިގެން ކުރިއަށް ދާނެއެވެ. pic.twitter.com/7stgPczOzC
އެމްއެންޔޫ އިން ބުނީ ފޮތް މައުރަޒުގައި ބައިވެރިކޮށްފައިވާނީ ދިވެހި ބަހުގެ އެކި ލިޔުންތަކާއި ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ އެކި ފޮތްތައް ކަމަށެވެ.
"ބޭނުމަކީ ދިވެހި ފޮތް ކިޔުމަށް ބާރުއަޅައި ދިވެހި ލިޔުންތެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުން،" އެ ޔުނިވާސިޓީން ބުންޏެވެ.
ފޮތް މައުރަޒު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9-12 އަށް، މެންދުރުފަހު 2-6 އަށް އަދި ރޭގަނޑު 8-10 އަށެވެ. އެ ތަނުން، ހަވީރު 4-6 ހާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ.
އެމްއެންޔޫގެ ފޮތް މައުރަޒު ބާއްވާ ވަގުތު އިތުރުކޮށްފި
ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަނީ
ރައީސްގެ ނަސޭހަތަކީ ކިޔެވުމުގެ ދަތުރުގައި ހިތްވަރުކުރަން
"މަޖިލީހަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމުގެ ބަޖެޓެއް"
ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗު ގްރެޖުއޭޓްވެއްޖެ
ދުވަސްވީ މީހުން އާއިލާއާ އެކު އުޅުނަސް އެކަނިވެރިކަން
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް
ކަރަންޓް ބިލް ބޮޑުވާތީ އެމްއެންޔޫއިން ދިރާސާއެއް ހަދަނީ
ގާނޫނުއަސާސީއާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
ފުރަތަމަ އެމްބީބީއެސް ބެޗުން ހުރިހާ ދަރިވަރުން ފާސް