Roadha Mihaaru
ފްލެޓެއްގެ ލިފްޓަށް ކުނޑި އެޅި ހިދުމަތް ހުއްޓުމަކަށް

އެޗް16ގެ ޓަވަރުގެ ލިފްޓަކަށް ކުނޑި އެޅިގެން ހިދުމަތް ހުއްޓުމަކަށް

17 އޮކްޓޯބަރ 2021

އެޗް16 ގެ ޓަވަރުގެ ލިފްޓްގެ މޯޓަރަށް ސިމެންތި ކުނޑި އެޅިގެން ދިމާވި މައްސަލަތަކަކާ ގުޅިގެން އެ ލިފްޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެޗް16 ގެ ޓަވަރުގެ ލިފްޓްގެ މޯޓަރަށް ސިމެންތި ކުނޑި އެޅިގެން ދިމާވި މައްސަލަތަކަކާ ގުޅިގެން އެ ލިފްޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެޗްޑީސީން ބުނީ އެޗް16 ވަނަ ޓަވަރުގެ މެދުގައިވާ ލިފްޓްގެ މޯޓަރަށް ސިމެންތި ކުނޑި ފަދަ ތަކެތި އެޅުމުގެ ސަބަބުން ދިމާވި މައްސަލަތަކަކާ ގުޅިގެން ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ލިފްޓުން މި މައްސަލަ ދިމާވެ ހިދުމަތް މެދުކެނޑުނުއިރު މިހާރު ވެސް އެ ޓަވަރުގައި ގިނަ ބަޔަކު ވަނީ ދިރިއުޅެން ފަށައިފަ އެވެ. އެ ޓަވަރުން ފްލެޓް ލިބުނު ގިނަ ބަޔަކު ފްލެޓް ނިންމުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ.

އެކަމަކު ފްލެޓު ނިންމުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި އެރުވުމަށް ވަކި ލިފްޓެއް ހާއްސަކޮށްފައިނުވާތީ އެންމެން ވެސް މުދާ އުފުލުމަށާއި މީހުން އަރައި ފޭބުމަށް ބޭނުންކުރަމުންދަނީ އެއް ލިފްޓުތަކެކެވެ.

"ހިޔާ" ގެ 25 ބުރީގެ އެ ޓަވަރުތަކުގައި ފްލޯއެއްގައި 20 ފްލެޓް ހުންނަ ނަމަ، ހަތަރު ލިފްޓް ހުރެ އެވެ. އަދި ފްލޯއެއްގައި 16 ފްލެޓް ހުންނަ ނަމަ ހުންނަނީ ތިން ލިފްޓެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ހުރި މި 16 ޓަވަރުން ފްލެޓް ލިބުނު އެންމެން އަދި އެތަނަށް ދިރިއުޅުން ބަދަލު ނުކުރި ނަމަވެސް މިހާ އަވަހަށް ލިފްޓަށް އެރުމަށް ގިނަ ބަޔަކު ކިއުގައި ތިބޭ މަންޒަރާއި ކަރަންޓު ކެނޑި ލިފްޓުގައި މީހުން ތާށިވުމުގެ މައްސަލަތައް ވެސް އެބަ ދިމާވެ އެވެ.