Roadha Mihaaru
އަޝުތޯޝް އާއި ފަރުހާންގެ "ޕުކާރް" އަށް ރަކުލް

އަޝުތޯޝް އާއި ފަރުހާންގެ "ޕުކާރް" އަށް ރަކުލް

21 އޮކްޓޯބަރ 2021

އާންމުކޮށް ބޮލީވުޑްގައި ތާރީހީ ހާދިސާތަކަށް ފިލްމު ހަދަން ކުޅަދާނަ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ ހަދަން ނިންމާފައިވާ އެކްޝަންގެ ފިލްމު ނަމަކީ "ޕުކާރް" ކަމަށާއި އޭގައި ފަރުހާން އަޚްތަރާ އެކު ބަތަލާގެ ރޯލު ކުޅެން މިހާރު ރަކުލް ޕްރީތު ސިންގް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުކޮށް ބޮލީވުޑްގައި ތާރީހީ ހާދިސާތަކަށް ފިލްމު ހަދަން ކުޅަދާނަ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ ހަދަން ނިންމާފައިވާ އެކްޝަންގެ ފިލްމު ނަމަކީ "ޕުކާރް" ކަމަށާއި އޭގައި ފަރުހާން އަޚްތަރާ އެކު ބަތަލާގެ ރޯލު ކުޅެން މިހާރު ރަކުލް ޕްރީތު ސިންގް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ފަރުހާންގެ ބައްޕަ މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ޝޫޓިން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި މުމްބާއީގައި ފަށާނެ އެވެ. "ޕުކާރް" ގެ ބަތަލާއަކަށް ރަކުލް ހަމަޖެއްސި އިރު އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ 31 އަހަރުގެ ބަތަލާ އަކީ މި ވަގުތު ބޮލީވުޑުން އެންމެ ގިނަ ހުށަހެޅުން ލިބޭ އެއް ބަތަލާ އެވެ.

ޕްރޮޑިއުސަރު ޖެކީ ބަބްގާނީއާ ލޯބީގެ ގޮތުން ގުޅިގެން ރަކުލްގެ އަތުގައި މި ވަގުތު ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް. ކުޅޭ "މޭޑޭ" އާއި އަޖޭއާ އެކު ކުޅޭ "ތޭންކް ގޯޑް" އާއި އަކްޝޭ ކުމާރުގެ "ސިންޑްރެއްލާ" އާއި އަޔޫޝްމަން ކްރާނާގެ "ޑޮކްޓަރު ޖީ" އަދި ޖޯން އަބްރަހަމްގެ "އެޓޭކް" ހިމެނެ އެވެ.

ރަކުލް ފެނިފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭގެ "ދޭ ދޭ ޕިޔާރު ދޭ" އާއި އަރުޖުން ކަޕޫރްގެ "ސަރުދާރު ކާ ގްރޭންޑްސަން" އަދި ސިދާތު މަލްއުތުރާގެ "މަރުޖާވާ" އަދި "އައްޔާރީ" ހިމެނެ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި "ޕުކާރް" ގައި ފަރުހާން ކުޅޭނީ ފޮރެސްޓް ރޭންޖާއެއްގެ ރޯލެވެ. އަދި މީގެ ކާސްޓްގައި ތެލެގޫ ފިލްމުތަކުގައި އާންމުކޮށް ނުބައިބައި ރޯލު ކުޅޭ އެކްޓަރު ޖަގަޕަތީ ބާބޫ ވެސް ހިމެނެ އެވެ. އަޝުތޯޝްގެ ފިލްމަކީ އޭނާގެ ފުރަތަމަ ހިންދީ ފިލްމެވެ.

"ލަގާން" އާއި "ސްވަދޭސް" އާއި "ޖޯދާ އަކްބަރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަޝުތޯޝްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގައި އަރުޖުން ކަޕޫރާއި ކްރިތީ ސެނަން އަދި ސަންޖޭ ދަތާ އެކު ގެނެސްދިން ތާރީހީ ފިލްމު "ޕާނިޕަތު" އެވެ.

"ޕުކާރު" އަކީ އޭނާގެ އަމިއްލަ ފިލްމު ކުންފުންޏާއި ފަރުހާންގެ އެކްސެލް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ. އަދި މިއީ ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ.

ފަރުހާންގެ އެންމެ ފަހުގެ ފިލްމަކީ ޖުލައި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާގެ ކުޅިވަރު ފިލްމު "ތޫފާން" އެވެ.