Roadha Mihaaru

އަމީނިއްޔާގައި ޖިންސީ ފުރައްސާރަކުރި ޓީޗަރަކު ސަސްޕެންޑުކޮށްފި

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ ޓީޗަރަކު ސަސްޕެންޑުކޮށްފި އެވެ.

އަމީނިއްޔާގައި ޖިންސީ ފުރައްސާރަކުރި ޓީޗަރަކު ސަސްޕެންޑުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

26 އޮކްޓޯބަރ 2021

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ ޓީޗަރަކު ސަސްޕެންޑުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އެ ސްކޫލުގައި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައިގެ އިދާރީ ތަހުގީގެއް ކުރިއަށްދާ ކަމަށެވެ. މައްސަލަ ބަލައި ނިމެންދެން އެ ޓީޗަރު ސަސްޕެންޑުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައިވަނީ މަތީ ގްރޭޑުތަކަށް އަރަބި ކިޔަވައިދޭ ޓީޗަރަކަށެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ގަލޮޅު މަދަރުސާގެ މުވައްޒަފަކު، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށްފައިވެ އެވެ.