Roadha Mihaaru
ސްކޫލްތަކުގައި ޖިންސީ އަނިޔާދިން 7 މައްސަލައެއް ބަލަނީ

ސްކޫލްތަކުގައި ޖިންސީ އަނިޔާދިން ހަތް މައްސަލައެއް ބަލަނީ

02 ނޮވެމްބަރ 2021

ސްކޫލްތަކުގައި ދަރިވަރުންނަށް ޖިންސީ އަނިޔާދިނުމުގެ ހަތް މައްސަލައެއް މިހާރު ވެސް ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސްކޫލްތަކުގައި ދަރިވަރުންނަށް ޖިންސީ އަނިޔާދިނުމުގެ ހަތް މައްސަލައެއް މިހާރު ވެސް ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ރިޕޯޓް ކުރި ޖިންސީ އަނިޔާގެ 40 މައްސަލައެއް ބަލައި 30 އަކަށް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެފަދަ މައްސަލައެއްގައި މީހަކާ ދެކޮޅަށް ކިރިޔާ ހެއްކެއް ލިބުނަސް އެމީހަކު ވަޒީފާއިން ވަކިކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު އަސްލު ހަމަ ބެލެނިވެރިންނަށް ވެސް މިއަދު ހަމަ ޔަގީންކަން އަރުވަން ބޭނުން ސްކޫލްތަކުން މިފަަދަ ހާދިސާތައް ނުހިނގާނެ ގޮތައް އަޅުގަނޑުމެން ތަރުތީބުކުރަމުންނޭ ގެންދަނީ. އަދި އެކަން ކަށަވަަރުކުރުމަށް ޓަކައި އިތުރަށް އެޅެން ހުރި ފިޔަވަޅުތައް ވެސް އަޅާނަމޭ--- އެޑިއުކޭޝަން މިނިސްޓަރު

އައިޝަތު އަލީ މި ތަފްސީލުތައްް ދެއްވީ ގަލޮޅު މަދަރުސާގެ މަސައްކަތު މީހަކު، ދަރިވަރަަކަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރެވޭ މައްސަަލައާ ބެހޭ ގޮތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރުު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ގަލޮޅު މަދަރުސާގެ ހާދިސާއާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކުރީ ވެސް ސްކޫލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސްް ތިޔަ ކަހަލަ ކަންތައްތައް ގާތްގަނޑަކަށްް ހަތް ވަރަކަށް ކޭސް ހިނގަމުން އެބަދޭ. އެކަމަކު އެ ބޭބޭފުޅުން ތިއްބެވީ ވަޒީފާއިން އެކަހެރި ކުރެވިފައި،" އައިޝަތު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަލޮޅު މަދުރަސާގެ ކޭސްއާ ގުޅިގެން އެ ސްކޫލާއި އެހެން ސްކޫލްތަކުގައި ވެސް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުއަޅާފައިވާ ކަމަށެވެ. އެއީ ގާނޫނުތަކުން ލާޒިމްކުރާ ވެސް ކުރާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްޖަކަށް އަނިޔާއެއް ދިނުން ފަަދަ ކަމެއް ހިނގައިިފި ނަަމަ ކަމާ ބެހޭ ހުރިހާ އިދާރާތަކަށް އެކަން ވަގުތުން އަންގަން ކޮންމެ ސްކޫލެއްގައި އޮފިސަރަކު ހުންނާނެ ކަމަށާއި އެގޮތަށް އެންގުމުން ވަގުތުން ފިޔަވަޅު އަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަލޮޅު މަދަރުސާގައި އިތުރަށް އެޅި ފިޔަވަޅަކީ މިނިސްްޓަރު ވިދާޅުވި ގޮތުގައި އިތުރަށް ސީީސީ ޓީވީ ކެމެރާ ބެހެއްޓުމާއި މުދައްރިސުން އިތުރަށް ހޭލުންތެރިކުރުވުމެވެ.

"އަޅުގަނޑު އަސްލު ހަމަ ބެލެނިވެރިންނަށް ވެސް މިއަދު ހަމަ ޔަގީންކަން އަރުވަން ބޭނުން ސްކޫލްތަކުން މިފަަދަ ހާދިސާތައް ނުހިނގާނެ ގޮތައް އަޅުގަނޑުމެން ތަރުތީބުކުރަމުންނޭ ގެންދަނީ. އަދި އެކަން ކަށަވަަރުކުރުމަށް ޓަކައި އިތުރަށް އެޅެން ހުރި ފިޔަވަޅުތައް ވެސް އަޅާނަމޭ،" އޭނާ ވިދާޅުވި އެވެ.

ގަލޮޅު މަދަރުސާގައި އުމުރުން އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާދިން މައްސަަލައިގެ ތުހުމަތުވާ މީހާ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 63 އަހަރުގެ އަންހެނެކެވެ.