ބޮލީވުޑްގެ ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ ލޯބުވެރިޔާ ޕަޓްރަލޭކާ ހޯމަ ދުވަހު ކައިވެނިކޮށްފި އެވެ.
17 ނޮވެމްބަރ 2021
ބޮލީވުޑްގެ ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ ލޯބުވެރިޔާ ޕަޓްރަލޭކާ ހޯމަ ދުވަހު ކައިވެނިކޮށްފި އެވެ.
އެ ދެ މީހުން މި މަހު ކައިވެނި ކުރާނެ ކަމަށް ކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް ހޯމަ ދުވަހު ކައިވެނިކުރީ ޗަންދީގަޅްގައި ބޭއްވި ކުލަ ގަދަ ހަފުލާއެއްގަ އެވެ. ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން އަދި ކޮވިޑް-19 ޕްރޮޓޮކޯލްތަކާ ވެސް އެއްގޮތަށް ބޭއްވި ހަފުލާގައި ބައިވެރިވީ ގާތްގަނޑަކަށް 150 މީހުން ކަމަށް މީޑިއާތަކުން ބުންޏެވެ.
ކައިވެނީގެ ހަފުލާގައި ރާޖް އާއި ޕަޓްރަލޭކާ ބޭނުންކުރީ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބިއަސާޗީ މުކަރްޖީގެ ފަރުމާތަކެވެ. އޭނާއަކީ އަބަދުވެސް މަޝްހޫރު ސެލެބްރިޓީންގެ ފެވަރިޓެކެވެ. ކައިވެނީގެ ހަފުލާގެ ފޮޓޯތައް ރާޖް އާއި ޕަޓްރަލޭކާގެ އިންސްޓަގްރާމްގައި އާންމު ކޮށްފައިވެ އެވެ.
އެ ދެ މީހުން ކައިވެނި ކޮށްފައި މި ވަނީ ރައްޓެހިވެގެން އުޅޭތާ 11 އަހަރު ހުންނެވެ. ބޮލީވުޑްގެ މާ މަޝްހޫރު ނޫން ބަތަލާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޕަޓްރަލޭކާ، 32، އާއި މިހާރުގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖް، 37، އެކީގައި ފިލްމެއް ކުޅެފައިވެ އެވެ. އެއީ "ސިޓީ ލައިޓްސް" އެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރާޖްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ހަމް ދޯ ހަމާރޭ ދޯ" އެވެ. އެއީ މި އަހަރު ރިލީޒްކުރި އޭނަގެ ތިން ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ނެޓްފްލިކްސްގެ "ވައިޓް ޓައިގާ" އެވެ. ދެވަނަ ފިލްމަކީ މި އަހަރުގެ މާޗްގައި ސިނަމާތަކުގައި އެޅުވި "ރޫހީ" އެވެ.
ރާޖްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަދާއީ ދޯ"، "މޮނިކާ، އޯ މައި ޑާލިން" އަދި "ހިޓް: ދަ ފަސްޓް ކޭސް" ހިމެނެ އެވެ.
މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ބޮލީވުޑުން އިތުރު ކައިވެނިތަކެއް ވެސް ފެނިގެން ދާނެ އެވެ.
ބަތަލާ މޯނީ ކައިވެނިކޮށްފި
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް
އާމިރާއި ސަންޖީދާ ވަރިވެއްޖެ
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ރަންވީރާ އޮންނަ ހާއްސަ ގުޅުމަކީ މުއާމަލާތް: ދީޕިކާ
ކެޓްރީނާގެ ކައިވެނީގެ ފުޓޭޖް ހޯދަން 100 ކްރޯޑް
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ކައިވެނީގެ ސުވާލަށް 15 އަހަރުވެއްޖެ: ކެޓްރީނާ
ވިދުޔަތުގެ ކައިވެނި ސްކައި ޑައިވިން ހަރަކާތަކަށް