މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
17 ނޮވެމްބަރ 2021
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިކަން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އޯވަޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 3.5 ބިލިއަން ރުފިޔާގެ ލިމިޓެއް ކަނޑަައަޅައިފަ އެވެ. އެހެން ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވަނީ އޯޑީގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރަން ހުށަހަޅުއްވައިފަ އެވެ. އެއަށް ތާއީދުކުރެއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފެވެ. އެ އަދަދު އޯވަޑްރޯ ކުރަނީ 0.1 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ.
އަންނަ އަހަރު އޯވަޑްރޯ ކުރުމާ އެކު މި އަހަރުގެ ނިޔަލަށް އޯވަޑްރޯ ކޮށްފައިވާ އަދަދު ބޮންޑަކަށް ބަދަލުކުރަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި 2.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައި 50 އަހަރުން އެ ބޮންޑު އަނބުރާ ދައްކާ ގޮތަށް ކޮމެޓީން ވަނީ ހަމަޖައްސައިދީފަ އެވެ.
އޯވަޑްރޯ ކުރުމާ ގުޅޭ ގޮތުން މިއަދު ގަވަރުނަރު ވިދާޅުވީ، މި ވަގުތު އޯޑީ ފެސިލިޓީގެ އިންޓްރެސްޓް ރޭޓު 0.1 ޕަސެންޓްގައި އިނުމަކީ އިންޓްރެސްޓް ރޭޓެއް ނުނެގުން ކަހަލަ ކަމެއް ކަމަށާއި މިހާރަށް ވުރެ ބޮޑަށް މާލީ ކަންކަން ޒިންމާދާރުކުރަން އެއަށް ވުރެ ބޮޑު އިންޓްރެސްޓް ރޭޓެއް ކަނޑައަޅަން ޖެހޭ ކަަމަށެވެ.
ގަވަރުނަރު ވިދާޅުވީ، އިންޓްރެސްޓް ރޭޓެއް ކަނޑައަޅަން ނިންމީ ހަރަދުތައް ހަމަޖެއްސުމުގައި ދައުލަތް ޒިންމާދާރުކުރުމަށް ކަމަށެވެ. އެމްއެމްއޭ އިން ވަނީ އިންޓަރެސްޓަކާ ނުލައި 4.4 ބިލިއަން ރުފިޔާ، އޯޑީ ފެސިލިޓީއެއްގެ ގޮތުގައި މިދިޔަ އަހަރު ހުއްދަ ދިން ފަހުން، އެ ހުއްދައިގެ މުއްދަތު މިދިޔަ އޭޕްރީލް މަހު އިތުރުކޮށްދީފަ އެވެ. އޭރު އެމްއެމްއޭ އިން ވަނީ އިތުރަށް އޯވަޑްރޯގެ މުއްދަތު އިތުރު ނުކުރަން ލަފާދީފަ އެވެ.
އެމްއެމްއޭ އިން މިހެން ބުނި ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނަނީ އޯވަޑްރޯ ނުކޮށްފި ނަމަ، އަންނަ އަހަރުގެ ބަޖެޓު ކުޑަކޮށް މަޝްރޫއުތައް މަދުކޮށް، ސިވިލް ސާވިސްގެ މުވައްޒަފުން ވެސް މަދުކުރާ ހާލަތަށް ހިނގައިދާނެ ކަމަށެވެ.
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!
އޯޑީއާ ހެދި އިންޕްލޭޝަނަށް ބަދަލެއް ނާންނާނެ:އަމީރު
އޯވަޑްރޯ ނުކުރާ ނަމަ ބަޖެޓް ކުޑަކުރަން ޖެހޭނެ: އަމީރު
އެމްއެމްއޭއިން ބޭނުންވަނީ އޯޑީގެ އިންޓްރެސްޓް ބޮޑުކުރަން
"ގަވައިދާ ހިލާފަށް ދެ މުވައްޒަފަކު ވަޒީފާއަށް ނެގި"
"ލޯނާއި ބޮންޑުގެ ސަބަބުން ރިޒާވަށް އަސަރު ކުރާނެ"
ހިންގުން ރަނގަޅު ނުކުރާ ވެރިން ބަދަލުކުރާނަން: އަމީރު
ދަތުރުފަތުރަށް ހާއްސަ ކުންފުންޏެއް އުފައްދަނީ