Roadha Mihaaru
"ހައު އައި މެޓް ޔޯ ފާދާ" ޖެނުއަރީގައި

"ހައު އައި މެޓް ޔޯ ފާދާ" ޖެނުއަރީގައި

20 ނޮވެމްބަރ 2021

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ހޯދި ކުރީގެ ސިލްސިލާ "ހައު އައި މެޓް ޔޯ މަދާ" ގެ ސީކްއެލް "ހައު އައި މެޓް ޔޯ ފާދާ" އަންނަ ޖެނުއަރީ މަހުގެ 18 ގައި ހޫލޫ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ހޯދި ކުރީގެ ސިލްސިލާ "ހައު އައި މެޓް ޔޯ މަދާ" ގެ ސީކްއެލް "ހައު އައި މެޓް ޔޯ ފާދާ" އަންނަ ޖެނުއަރީ މަހުގެ 18 ގައި ހޫލޫ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިއުލާންކުރި މި ސީރީޒް ގެނެސްދޭނީ ބަތަލާ ހިލަރީ ޑަފް ކުޅެފައިވާ ކެރެކްޓާގެ ސޯފީގެ ނަޒަރިއްޔާތުންނެވެ. "ހައު އައި މެޓް ޔޯ ފާދާ" ގެ ކާސްޓްގައި ފްރާންޝިއާ ރައިޒާ، ސޫރަޖް ޝަރުމާ (ލައިފް އޮފް ޕައިގެ އެކްޓަރު)، ޓިއެން ޓްރަން، ކްރިސް ލޮވެލް އަދި ޓޮމް އައިންޒްލީ ހިމެނެ އެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ އިސާކް އަޕްޓަކާ އާއި އެލިޒަބަތު ބާގާ އެވެ.

"ހައު އައި މެޓް ޔޯ ފާދާ" ގެ ވާހަކަ ވެސް ބިނާކޮށްފައި އޮންނާނީ ހަމަ "ހައު އައި މެޓް ޔޯ މަދާ" އާ ދާދި އެއްކަހަލަ ގޮތަކަށެވެ. އެކަމަކު ބެލުންތެރިން ޝައުގުވެރިވާ ކަހަލަ އެތައް ކަމެއް މީގައި ކިޔައިދޭނެ އެވެ.

ސީރީޒްގެ ކާސްޓުން ކުރީގެ ބައެއް ތަރިން ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި ޑެނިއަލް އޮގަސްޓިން، އޭޝްލީ ރެޔެޒް އަދި ޖޯޝް ޕެކް ހިމެނެ އެވެ.

"ހައު އައި މެޓް ޔޯ މަދާ" އަކީ ސެޕްޓެމްބަރު 19، 2005 އިން މާޗް 31، 2014 އަށް ސީބީއެސް ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި ނުވަ ސީޒަނަކަށް ސިލްސިލާގެ 208 އެޕިސޯޑް ގެނެސްދިނެވެ.