Roadha Mihaaru
އެމެޒޯންގެ "ސިޓަޑެލް" ގެ އިންޑިއާ ވާޝަނަށް ވަރުން؟

އެމެޒޯންގެ ޕްރައިމްގެ "ސިޓަޑެލް" ގެ އިންޑިއާ ވާޝަނަށް ވަރުން؟

15 ސެޕްޓެމްބަރ 2021

ހޮލީވުޑްގެ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިހާރު ކުޅެމުން އަންނަ އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" ގެ އިންޑިއާގެ ވާޝަން ކުޅޭނީ ބޮލީވުޑްގެ ބަތަލު ވަރުން ދަވަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިހާރު ކުޅެމުން އަންނަ އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" ގެ އިންޑިއާގެ ވާޝަން ކުޅޭނީ ބޮލީވުޑްގެ ބަތަލު ވަރުން ދަވަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ މީޑިއާ އިން ބުނި ގޮތުގައި އިންޑިއާގެ ސީރީޒް ޑައިރެކްޓްކުރާނީ ޝާހިދު ކަޕޫރާ އެކު އެ ޕްލެޓްފޯމަށް ސީރީޒެއް ހަދަމުން އަންނަ ރާޖް އެންޑް ޑީކޭ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ސިޓަޑެލް" އިންޑިއާގެ ވާޝަންގެ މުޅި ކާސްޓް ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ. އޭގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ޕްރިޔަންކާ އާއި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިޗަޑް މެޑެން މައިގަނޑު ރޯލުތައް ކުޅޭ "ސިޓަޑެލް" އެމެޒޯން އިން ސްޓްރީމްކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ. މިއީ "ދި އެވެންޖާޒް" ގެ ފިލްމުތައް ގެނެސްދިން ދެބެއިން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ ޕްރޮޑިއުސްކުރާ އެއްޗެކެވެ. "ސިޓަޑެލް" ގެ ޑައިރެކްޓަރު ރިޒޯ ބްރަދާޒްގެ އިތުރުން ބްރަޔަން ކާކް އެވެ.

އިނގިރޭސިވލާތުގައި ޕްރިޔަންކާ "ސިޓަޑެލް" ޝޫޓްކުރަމުން އަންނަނީ މި އަހަރުގެ ކުރީކޮޅުން ފެށިގެންނެވެ. އަދި ޝޫޓިންގެ ތެރެެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އޭނާ އިިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

މިއީ އިނގިރޭސި ބަހުގެ އިތުރުން ތަފާތު އެހެން ބަހުރުވަތަކުން ގެނެސްދޭން ނިންމާފައިވާ އެއްޗެކެވެ. އެގޮތުން އިތުރު ވާޝަންތަކެއް އިންޑިއާ، މެކްސިކޯ އަދި އިޓަލީ އަށް ހާއްސަކޮށްގެން ގެނެސްދޭނެ އެވެ.

"ސިޓަޑެލް" ގެ އިންޑިއާ ވާޝަންގެ ބަތަލަކީ ވަރުން ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޖުގް ޖުގް ޖިއޯ" އާއި "ބޭޅިޔާ" އަދި "އެއްކީސް" ހިމެނެ އެވެ. "ސިޑަޓެލް" ވާނީ ވަރުން ކުޅޭ ފުރަތަމަ ވެބް ސީރީޒަށެވެ.