Roadha Mihaaru
ވަގުތީ ކޯޗު ކެރިކް އަށް ޔުނައިޓެޑްގައި ފެށުން ކާމިޔާބު

ވަގުތީ ކޯޗު ކެރިކް އަށް ޔުނައިޓެޑްގައި ފެށުން ކާމިޔާބު

24 ނޮވެމްބަރ 2021

ވެލެންސިއާ (ނޮވެމްބަރު 24) - އޮލޭ ގުނާ ސޮލްޝެއާ ވކި ކުރުމަށް ފަހު ވަގުތީ ކޯޗަކަށް ކުރީގެ އެސިސްޓެންޓް މައިކަލް ކެރިކް ހަމަޖައްސައިގެން ފުރަތަމަ މެޗަށް ނުކުތް މެންޗެސްޓާ ޔުނައިޓެޑުން ވިޔަރެއާލް 2-0 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

އެންމެ ފަހުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ވިޔަރެއާލް އަތުން ބަލިވި ޔުނައިޓެޑުން ވަނީ، ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.

ވެލެންސިއާގެ ލަ ސެރަމިކާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޑަން ސަންޗޯ އެވެ.

މެޗުން މޮޅު ނުވެވުމުން ބާސާގެ ކުޅުންތެރިން މާޔޫސްވެފައި. --ފޮޓޯ: އޭއެފްޕީ

މެޗުން މޮޅު ނުވެވުމުން ބާސާގެ ކުޅުންތެރިން މާޔޫސްވެފައި. --ފޮޓޯ: އޭއެފްޕީ

ގުރޫޕް އެފް އިން ދެވަނަ ބުރަށްދާނެ ދެވަނަ ޓީމުގެ މަގާމަށް ވާދަކުރަނީ ވިޔަރެއާލް އާއި އެޓަލާންޓާ އެވެ.

ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗަށް ނުކުތް ޒަވީ ހެނާންޑޭޒްގެ އެފްސީ ބާސެލޯނާ އަށް ބެންފީކާ އަތުން މޮޅެއް ނުވެވުނެވެ. މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު އެ ގުރޫޕްގެ އެއްވަނައިގައި އޮތް ބަޔާން މިޔުނިކް ރޭ ވަނީ ޑައިނަމޯ ކިއޭވްގެ މައްޗަށް 2-1 އިން މޮޅުވެފަ އެވެ.

ބަޔާންގެ ފުރަތަމަ ލަނޑު ޖެހި ރޮބަޓް ލެވެންޑޮސްކީ ވަނީ އާދަޔާ ހިލާފް މޮޅު ލަނޑެއް ޖަހައިފަ އެވެ. ބަޔާންގެ ދެވަނަ ލަނޑު ޖެހީ ކިންގްސްލީ ކޯމަން އެވެ.