Roadha Mihaaru
މެލޭޝިއާ-ސިންގަޕޫރު ބޯޑަރު ހުރަސްކުރަން ލުއިތަކެއް ދީފި

މެލޭޝިއާ-ސިންގަޕޫރު ބޯޑަރު ހުރަސްކުރަން ލުއިތަކެއް ދީފި

29 ނޮވެމްބަރ 2021

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 29) - ކޮވިޑާ ގުޅިގެން މެލޭޝިއާ އާއި ސިންގަޕޫރުގެ އެއްގަމު ބޯޑަރު ބަންދުކޮށްފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ފަހުން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ލުއިތަކެއް ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 29) - ކޮވިޑާ ގުޅިގެން މެލޭޝިއާ އާއި ސިންގަޕޫރުގެ އެއްގަމު ބޯޑަރު ބަންދުކޮށްފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ފަހުން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ލުއިތަކެއް ދީފި އެވެ.

ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއްގަމު ބޯޑަރު ހުރަސްކުރުމުގައި މިހާރު ވަނީ ވެކްސިން ޖަހާފައިވާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.

ކޮވިޑް ފެތުރުމުގެ ކުރިން ސިންގަޕޫރާއި މެލޭޝިއާގެ ބޯޑަރު ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 300،000 މީހުން ހުރަސް ކުރެ އެވެ. މީގެ ތެރޭން ގިނަ މީހުންނަކީ މެލޭޝިއާ އިން ސިންގަޕޫރަށް ވަޒީފާ އަށް ދާ މީހުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު ބޯޑަރު ބަންދުކުރި ފަހުން މެލޭޝިއާ އިން ސިންގަޕޫރަށް މަސައްކަތުދާ ގިނަ މީހުންނަށް މަޖްބޫރުވީ ސިންގަޕޫރުގައި ތިބުމަށެވެ.

ބަހުގައި މެލޭޝިއާ އަށް ދިޔުމަށް ސިންގަޕޫރުގައި ދެ މީހަކު މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

ބަހުގައި މެލޭޝިއާ އަށް ދިޔުމަށް ސިންގަޕޫރުގައި ދެ މީހަކު މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

އެކަމަކު މިއަދުން ފެށިގެން ވަނީ ވެކްސިން ޖަހާފައިވާ ސިންގަޕޫރު އަދި މެލޭޝިއާ މީހުންނާއި ޕާމަނެންޓް ރެސިޑެންސީ އޮންނަ މީހުން އަދި ވޯކް ޕާމިޓް އޮންނަ މީހުންނަށް ކަރަންޓީނު ނުވެ ބޯޑަރު ހުރަސްކުރެވޭ ގޮތް ހަދައިފަ އެވެ.

"ދެ އަހަރަށް ފަހު މެލޭޝިއާ އަށް ގޮސް އާއިލާއާ ބައްދަލު ކުރެވޭތީ ވަރަށް ބޮޑަށް އުފާވޭ،" ސިންގަޕޫރުގައި މަސައްކަތް ކުރާ މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ އެޔުނިސް ޓިއޯ ބުންޏެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ސިންގަޕޫރާއި މެލޭޝިއާއާ ދެމެދު ވައިގެ މަގުން ވެސް ދަތުރުކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.