ކޮވިޑް-19 ގައި ހާލުދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާކުރުމަށް ހުށަހެޅި މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ވަނަ ފަހަރަށް މިއަދު އަނބުރާ އޭސީސީ އަށް ފޮނުވާލައިފި އެވެ.
08 ޑިސެމްބަރ 2021

އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ އަނބުރާ ފޮނުވާލީ އިސްލާހުކުރަންޖެހޭ ކަންކަން ހުރުމުން ކަމަށެވެ. އެ އިސްލާހުތަކަށް ފަހު މައްސަލަ އަލުން ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގާފައިވާނެެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި އޭސީސީން ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފަ އެވެ. އެ މައްސަލަ މިިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގައި ޕީޖީއަށް ފޮނުވުމުން އެ އޮފީހުން ނިންމީ ތަހުގީގުކޮށްފައި އޮތް ގޮތުގެ މައްޗަށް ބުރަވެ އެއްވެސް ފަރާތަކަށް ދައުވާ ނުކުރުމަށެވެ.
ނަމަވެސް އެ މައްސަލާގައި ޕީޖީ ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ކުރިމަތިކުރި ޕްރެޝަރުތަކާ އެކު އެ މައްސަލަ އަލުން މުރާޖާކޮށް އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއަށް އެންގި އެވެ.
ދައުވާ ނުކުރަނީ ކުށެއްގެ އުންސުރުތައް ސާބިތުނުވާނެތީ
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ވެންޓިލޭޓަރު މައްސަލައިގެ ނިންމުން ރިވިއުކޮށްދޭން އެދެފި
ނާޖާއިޒު މަންފާ ހޯދައިދިން ކަމުގެ ހެކި ހުރި: އޭސީސީ
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ވެންޓިލޭޓަރު މައްސަލަ އޭސީސީން މަޝްވަރާއަށް ޕީޖީއަށް
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނޭ: ނަޝީދު