Roadha Mihaaru
ބިލިއާޑްގެ ޑަބަލްސް ޗެމްޕިއަންކަން ފަޔާޒާއި ޝާވިންއަށް

ލިޓަސް ގައުމީ ބިލިއާޑްގެ މުބާރާތް: ޑަބަލްސް ޗެމްޕިއަންކަން ފަޔާޒާއި ޝާވިން އަށް

13 ޑިސެމްބަރ 2021

މިހާރު ކުރިއަށް ގެންދާ ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހުސައިން ފަޔާޒާއި އަލީ ޝާވިން މިއަދު ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށް ގެންދާ ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހުސައިން ފަޔާޒާއި އަލީ ޝާވިން މިއަދު ހޯދައިފި އެވެ.

ހަވީރު ކުޅުނު ފައިނަލްގައި ޝާވިން އާއި ފަޔާޒާ ދެކޮޅަށް ނުކުތީ އަހްސަން ހާޝިމާއި އައްބާސް ސައީދުގެ ޕެއާ އެވެ. ޝާވިން އާއި ފަޔާޒުގެ ޓީމު މެޗު ކާމިޔާބު ކުރީ 9-7 ފްރޭމުންނެވެ.

ޝާވިން އާއި ފަޔާޒުގެ ކާމިޔާބާއެކު، ފަޔާޒު ވަނީ އެހެން ޝަރަފެއް ވެސް ހޯދައިފަ އެވެ. އެއީ ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ މުބާރާތުގެ ޓޮޕް ޑިވިޝަންގެ ޗެމްޕިއަން ދެ މެޑަލް ކަށަވަރު ކުރި ފުރަތަމަ ފިރިހެން ކުޅުންތެރިޔަކަށް ވުމެވެ. ސިންގަލްސް ފައިނަލްގައި މުހައްމަދު ސާހިލް ބަލިކޮށް ފަޔާޒު ވަނީ އެ ކެޓެގެރިގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ފަޔާޒުގެ ޕެއާ ޝާވިން ވަނީ ސިންގަލްސް ދެވަނަ ޑިވިޝަން ފައިނަލުގައި އައްބާސް ސައީދު އަތުން ބަލިވެފަ އެވެ.

ފަޔާޒާއި ޝާވިންގެ ޕެއާ ފައިނަލަށް ދަތުރުކުރީ ސިންގަލްސް ރަނަރަފް ސާހިލް އާއި އަހްމަދު ނަފީލްގެ ޕެއާ 7-3 ން ބަލި ކުރުމަށް ފަހު އެވެ.

ގައުމީ މުބާރާތުގައި މިހާރު ކުރިއަށް ގެންދަނީ ޓީމު އިވެންޓްގެ ބައެވެ. ޓީމު އިވެންޓްތަކުގެ ފޯރި ގަދަވެފައިވާއިރު، ޓީމު އިވެންޓް ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ގަލޮޅު ޔޫތު ސެންޓަރުގައި ހުންނަ އިންޑޯ ހޯލަށް ވަދެ އެވެ.