Roadha Mihaaru
ޓީމު އިވެންޓުުގެ ފައިނަލަށް އީގަލްސް އާއި ކަސްޓަމްސް

ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: ޓީމު އިވެންޓުގެ ފައިނަލަށް އީގަލްސް އާއި ކަސްޓަމްސް

15 ޑިސެމްބަރ 2021

މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ، ޓީމު އިވެންޓުގެ ފައިނަލަށް ކްލަބް އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ، ޓީމު އިވެންޓުގެ ފައިނަލަށް ކްލަބް އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ދަތުރު ކޮށްފި އެވެ.

ގައުމީ މުބާރާތުގެ ޓީމު އިވެންޓް ފޯރިގަދަވި އެއް ސަބަބަކީ، ބިދޭސީ ކުޅުންތެރިންނަށް ވެސް ޓީމު އިވެންޓްތަކުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވުމެވެ. ގަތަރުގެ ގައުމީ ޗެމްޕިއަން އާއި މެލޭޝިއާ، ފިލިޕީންސްގެ ކުޅުންތެރިން ޓީމު އިވެންޓްގައި ވާދަކުރެ އެވެ.

އީގަލްސް ފައިނަލަށް ދަތުރުކުރީ، ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް 3-1 ފްރޭމުން ކާމިޔާބު ހޯދައިގެންނެވެ.

ކަސްޓަމްސް ފައިނަލަށް ކުރި ދަތުރުގައި އެ ޓީމުން ވަނީ ބީޖީ ސްޕޯޓްސް ކްލަބް، 3-2 ފްރޭމުން ބަލިކޮށްފަ އެވެ. ކަސްޓަމްސް ފައިނަލްގެ ޖާގަ ކަށަވަރު ކުރީ، އީގަލްސް އަތުން ބަލިވި ސިފައިންގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. ކަސްޓަމްސް މެޗު ކާމިޔާބު ކުރީ 3-1 ފްރޭމުންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 8:45 ގަ އެވެ. ގަލޮޅު ޔޫތު ސެންޓަރުގެ ބިލިއާޑް ހޯލްގައި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވެސް މާދަމާ ރޭ އޮންނާނެ އެވެ.