Roadha Mihaaru
އާތިފް އަސްލަމްގެ ސިލްސިލާއެއް ހަމް ޓީވީއަށް

ލަވަކިޔުންޔެރިޔާ އާތިފް އަސްލަމްގެ ސިލްސިލާއެއް ހަމް ޓީވީ އަށް

18 ޑިސެމްބަރ 2021

ބޮލީވުޑްގެ އެތައް ފިލްމަކަށް ހިތްގައިމު އެތައް ލަވައެއް ކިޔާފައިވާ ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ބަތަލުގެ ރޯލު ކުޅެފައިވާ ސިލްސިލާއެއް މި މަހުގެ ތެރޭގައި ހަމް ޓީވީން ދައްކަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެތައް ފިލްމަކަށް ހިތްގައިމު އެތައް ލަވައެއް ކިޔާފައިވާ ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ބަތަލުގެ ރޯލު ކުޅެފައިވާ ސިލްސިލާއެއް މި މަހުގެ ތެރޭގައި ހަމް ޓީވީން ދައްކަން ނިންމައިފި އެވެ.

"ސަންގް އޭ މާހް" ގެ ނަން ދީފައިވާ މި ސިލްސިލާގެ ޕްރޮމޯތައް ވެސް މިހާރު ދައްކަމުން އަންނަ އިރު، މީގެ ކާސްޓްގައި މޯމިނާ ދުރައިދާއި ހާނިއާ އާމިރާއި ނައުމާ އިޖާޒް ވެސް ހިމެނެ އެވެ. އެކަމަކު އަދި ސިލްސިލާ ދައްކަން ފަށާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

މިއީ އާތިފްގެ ފުރަތަމަ ސިލްސިލާ އަށް ވިޔަސް، އޭނާއަކީ އެކްޓިންއަށް އާ މީހެއް ނޫނެވެ. މީގެ ކުރިން އެތައް ވީޑިއޯއެއް ލަވައަކާއި ފިލްމެއް ކުޅެފައިވެ އެވެ. އާތިފް ކުޅެފައިވާ ފިލްމަކީ ޕާކިސްތާންގެ މަޝްހޫރު ބަތަލާ މާހިރާ ޚާނާ އެކީ ކުޅުނު 2011 ގެ "ބޯލް" އެވެ. އެ ފިލްމަކީ އާތިފްގެ އެކްޓިންގެ ފެށުމެވެ.

ހިންދީ ފިލްމުތަކަށް އާތިފް ކިޔައި ދީފައިވާ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި "ރޭސް" ގެ "ބޭބީ އައި ލަވް ޔޫ"، ފިލްމު "ޒެހެރު" ގެ "ވޯ ލަމްްހޭ ވޯ ބާތޭ"، "ޓައިގާ ޒިންދާ ހޭ" ގެ "ދިލް ދިޔާ ގައްލާ" އަދި "ރުސްތުމް" ގެ "ތެރެ ޔާރާ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.