Roadha Mihaaru
ބަރަހަނާ ފިލްމުގެ ތުހުމަތުގައި އަސާސެއް ނެތް: ރާޖް

ބަރަހަނާ ފިލްމު ހެދުމުގެ ތުހުމަތުގައި އަސާސެއް ނެތް: ރާޖް

22 ޑިސެމްބަރ 2021

ބަރަހަނާ ފިލްމު ހަދައި އެއިން އާމްދަނީ ހޯދަމުން ދިޔަ ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ ކަނޑައެޅިގެން އެއްވެސް އަސާސެއް ނެތް ކަމަށާއި އެފަދަ ކަމެއް ހަޔާތުގައި ދުވަހަކު ވެސް ކޮށްފައި ނުވާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމު ހަދައި އެއިން އާމްދަނީ ހޯދަމުން ދިޔަ ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ ކަނޑައެޅިގެން އެއްވެސް އަސާސެއް ނެތް ކަމަށާއި އެފަދަ ކަމެއް ހަޔާތުގައި ދުވަހަކު ވެސް ކޮށްފައި ނުވާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ބުނެފި އެވެ.

ބަރަހަނާ ފިލްމުގެ މައްސަލާގައި އޭނާ ޖުލައި މަހުގެ މެދު ތެރޭގައި ހައްޔަރުކޮށް، ކަފާލާތުގެ ދަށުން ދޫކުރީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.

ރާޖްގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ އިރު އެކަމާ ގުޅިގެން ގޮތުން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނެއްގައި ބުނީ ބަރަހަނާ ފިލްމު ހަދައި އޭގެ ވިޔަފާރިކުރާ ކަމަށް ކުރި ތުހުމަތަކީ މީޑިއާތަކުން އެރުވި އަޑުތަކެއްގެ މައްޗަށް ބުރަވެ، އެއްވެސް ހެއްކެއް ގަރީނާއެއް ނެތި، އުފުލި ދައުވާއެއް ކަމަށެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި މީގެ ސަބަބުން އަމިއްލަ އަބުރާއި އާއިލާ އަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުންޏެވެ.

ރާޖް ބުނި ސިފަކުރި ގޮތުގައި މުމްބާއީ ކްރައިމް ބްރާންޗް (އެމްބީސީ) އިން އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ "ވިޗް ހަންޓްކުރަން" އުޅުމެވެ.

"އެހެން ވިޔަސް މި ޝަރީއަތާ އަހަރެން ކެރިގެން ކުރިމަތިލާނަން. އަދި އަހަރެންގެ އެއްވެސް ކުށެއް ނެތްކަން އިންސާފުވެރި ޝަރީއަތެއްގައި ނަމަ ސާބިތު ވެސްކޮށް ދެވޭނެ." ރާޖް ބުންޏެވެ.

އޭނާ ބުނިގޮތުގައި މީޑިއާތަކަކުން އެރުވި އަޑުތަކެއްގެ މައްޗަށް ބިނާކޮށް ޒިންމާދާރުކަން ކުޑަ ތަހުގީގަކާއި ދައުވާއެއް ބޮލުގައި އަޅަން ޖެހުމުގެ އަސްލަކީ ސީދާ މީޑިއާ އެވެ. އަދި ބައެއް މީޑިއާތަކަކީ "ޝަރީއަތް ހިންގައި މީސްމީހުންނަށް ހުކުމްކުރާ ބައެއް" ކަމަށް ރާޖް ބުންޏެވެ.

"މީޑިއާތަކުގައި ވަރަށް ބޮޑަށް އެދެން ދޮގު ވާހަކަތައް ފަތުރައިގެން މީހުންގެ އަބުރާއި އިއްޒަތާއި ނަގާލައި ދިރިއުޅުން ހަލާކު ކުރަން މަސައްކަތް ނުކުރުމަށް. އަދި މީޑިއާތަކުން އަހަރެންގެ ދިރިއުޅުން ހަލާކުކުރަން މަސައްކަތް ކުރިޔަސް މީޑިއާތަކަށް ފިލައިގެން އަހަރެން ނޫޅެން." އޭނާ ބުންޏެވެ.

ރާޖް ހައްޔަރުކުރިތާ ކުރީކޮޅު މީޑިއާތަކުން އޭނާގެ މައްސަލަ އާއި އަންހެނުން ޝިލްޕާ އަދި އާއިލާއާ ބެހޭ ގޮތުން ފެތުރި ބައެއް ވާހަކަތަކާ ގުޅިގެން މީޑިއާތަކަށް ދައުވާ ވެސް ކުރި އެވެ. އަދި ރާޖްގެ މައްސަލައިގައި ބަތަލާ ޝެރިލީން ޗޯޕްޅާ ގިނަ ތުހުމަތުތަކެއް ކުރި މައްސަލާގައި ވެސް ބަދަލު ހޯދަން ދައުވާކޮށްފައިވެ އެވެ.