03 އޯގަސްޓް 2021
ބަރަހަނާ ފިލްމު ހެދި މައްސަލާގައި ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި މައްސަލާގައި ނިޒާމުގެ ތެރެއިން އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންވެ މި މައްސަލާގައި މީޑިއާތަކުން ވަކި ގޮތެއް ނިންމައި ފަތުރަމުންދާ ވާހަކަތަކުން "މީޑިއާގެ ޝަރީއަތެއް" ބޭނުން ނުވާ ކަމަށް ބުނެ ބަތަލާ ޝިލްޕާ ޝެޓީ ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެފި އެވެ.
ބަރަހަނާ ފިލްމު ހެދި މައްސަލާގައި ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި މައްސަލާގައި ނިޒާމުގެ ތެރެއިން އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންވެ މި މައްސަލާގައި މީޑިއާތަކުން ވަކި ގޮތެއް ނިންމައި ފަތުރަމުންދާ ވާހަކަތަކުން "މީޑިއާގެ ޝަރީއަތެއް" ބޭނުން ނުވާ ކަމަށް ބުނެ ބަތަލާ ޝިލްޕާ ޝެޓީ ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެފި އެވެ.
އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރި ބަޔާނުގައި ބުނީ ފާއިތުވި ދެ ހަފުތާއެއްހާ ދުވަހަކީ އާއިލާ އަށް ވަރަށް އުނދަގޫ، ހިތްދަތި އަދި ގޮންޖެހުންތައް ބޮޑު ދުވަސްތަކެއް ކަމަށާއި މީޑިއާތަކުން ފަތުރާ ވާހަކަތަކުގެ ސަބަބުން އަމިއްލަ ނަފުސާއި އާއިލާ އަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
"އެކަމަކު މި މައްސަލައާ ބެހޭ ގޮތުން އަހަރެން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަން. އަދި ނުވެސް ދައްކާނަން،" މިދިޔަ ހަފުތާގައި މީޑިއާތަކާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި ބަތަލާ ބުންޏެވެ.
ޝިލްޕާ ބުނީ ރާޖް ހައްޔަރު ކުރި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި މުމްބާއީ ފުލުހުންނަށާއި ގައުމުގެ ޖުޑީޝަރީއަށް އިތުބާރުކުރާ ކަމަށެވެ.
"އެހެންވެ ތަހުގީގު ހިނގަމުންދާ މައްސަލައަކާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުނެއް ނޫން،" އޭނާ ބުންޏެވެ. "މިކަމާ ގުޅިގެން ގާނޫނީ ގޮތުން އާއިލާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަންނަނީ ކުރަމުން."
ދެ ކުދިން ތިބި ޝިލްޕާ ބުނީ ރާޖްގެ މައްސަލާގައި "މީޑިއާ އިން ހުކުމް ނުކުރަން" އެދޭ ކަމަށާއި އަދި ވަކިން ހާއްސަކޮށް މިއީ މައެއްގެ ހައިސިއްޔަތުން އެދޭ އެދުމެއް ކަމަށެވެ.
"އެހެންވެ ސައްހަކަން ކަށަވަރު ނުކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް ވެސް އެދެން،" އޭނާ ބުންޏެވެ. "އަހަންނަކީ ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ފަހުރުވެރި ދަރިއެއް. އަހަންނާއި އަހަރެންގެ އާއިލާ އަށް މި ދަނޑިވަޅުގައި ބޭނުންވާ ޕްރައިވެސީ އާއި އިހުތިރާމު ދިނުމަށް ވެސް އެދެން."
ބަރަހަނާ ފިލްމު ހަދައި އެ ދައުރުކޮށް އާމްދަނީ ހޯދަމުން ދިޔަ މައްސަލާގައި ރާޖް ހައްޔަރުކުރީ މިދިޔަ މަހުގެ 19 ގަ އެވެ. އޭގެ ފަހުން އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ކޯޓުން ވަނީ ކަފާލާތު ވެސް ބަލައިނުގެންފަ އެވެ.
މުމްބާއީ ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި ރާޖްގެ މައްސަލަ އެންމެ ފުރަތަމަ އެތަނަށް ރިޕޯޓްކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި ބަރަހަނާ ފިލްމު ހެދުމުގެ ވިޔަފާރި ކުރަމުން ދިޔައީ އިންޑިއާ އާއި އިނގިރޭސިވިލާތުގައި ތިބި ވިޔަފާރި ޕާޓްނަރުންގެ އެހީގައި ކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހުރީ ވެސް ރާޖް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޝިލްޕާގެ ފިރިމީހާ ކަފާލާތުގެ ދަށުން މިނިވަންކޮށްފި
ބަރަހަނާ ފިލްމު ހަދާތީ ޝިލްޕާގެ ފިރިމީހާ ހައްޔަރުކޮށްފި
ޝިލްޕާގެ ފިރިމީހާގެ ބަންދަށް އިތުރު 14 ދުވަސް
ރާޖް ކުންދުރާ އަށް މަނީ ލޯންޑްރިންގެ ތުހުމަތު
ބަރަހަނާ ފިލްމުގެ ތުހުމަތުގައި އަސާސެއް ނެތް: ރާޖް
ދަރިފުޅު ހައްޔަރުކުރި ވާހަކަ ކިިޔަން ޝާހްރުކަށް ހުށަހެޅި
ޝެރްލީންގެ އަތުން 50 ކްރޯޑް ހޯދަން ޝިލްޕާ ކޯޓަށް
ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"
ޝާހްރުކްގެ އެއްބަސްވުން ބައިޖޫ އިން އުވައިލަފާނެ!
ޝާހްރުކްގެ ދަރިފުޅަށް ޑްރަގްސް ބޭނުންކުރުމުގެ ތުހުމަތު