Roadha Mihaaru
ފުރަތަމަ އެސްއެމްއެސް އަށް 149,729 ޑޮލަރު

ފުރަތަމަ އެސްއެމްއެސް އަށް ނީލަމެއްގައި 149,729 ޑޮލަރު

24 ޑިސެމްބަރ 2021

އެސްއެމްއެސްގެ މުއާމަލާތުގެ ފެށުމުގެ ތެރެއިން އެންމެ ފުރަތަމަ ފޮނުވި މެސެޖް ނީލަމެއްގައި ނަން-ފަންޖިބަލް ޓޯކެން (އެންއެފްޓީ) ގެ ގޮތުގައި 149,729 ޑޮލަރަށް މިދިޔަ ހަފުތާގައި ވިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެސްއެމްއެސްގެ މުއާމަލާތުގެ ފެށުމުގެ ތެރެއިން އެންމެ ފުރަތަމަ ފޮނުވި މެސެޖް ނީލަމެއްގައި ނަން-ފަންޖިބަލް ޓޯކެން (އެންއެފްޓީ) ގެ ގޮތުގައި 149,729 ޑޮލަރަށް މިދިޔަ ހަފުތާގައި ވިކިއްޖެ އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ނީލަމެއްގައި "މެރީ ކްރިސްމަސް" ލިޔެފައި ފޮނުވާފައި އޮތް މެސެޖް ވިއްކާލިއިރު، އެ މެސެޖަކީ ޑިސެމްބަރު، 1992 ގައި އިނގިރޭސިވިލާތުގެ ކޮމްޕިއުޓަ ޕްރޮގްރާމަރު ނީލް ޕެޕްވޯތު އޭނަގެ ކޮމްޕިއުޓަރުން ޓެލެކޮމް ކުންފުނި، ވޮޑަފޯންގެ ޑިރެކްޓަރަށް ފޮނުވި މެސެޖެކެވެ.

ދުނިޔޭގެ ފުރަތަމަ އެސްއެމްސް އެންއެފްޓީގެ ގޮތުގައި ވިއްކައިލި އިރު، ނީލަމުގައި އެ ކާމިޔާބުކުރި މީހާގެ ނަމެއް ހާމައެއް ނުކުރެ އެވެ. އެއަށް އަގު ދެއްކީ ކްރިޕްޓޯކަރަންސީގެ، ބާވަތެއް ކަމަށްވާ އީތާއިންނެވެ. އަދި ނީލަން ކާމިޔާބުކުރި މީހާ އަށް އެސްއެމްއެސް ދިނީ 3ޑީ އެނިމޭޝަނާ އެކު ފްރޭންކޮށްފަ އެވެ. އަދިި ތާރީހީ އެ އެސްއެމްއެސް ވިއްކައިގެން ލިބުނު ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ އދ. ގެ ރެފިއުޖީންނާބެހޭ އެޖެންސީއަށެވެ.

އެސްއެމްއެސް އެންމެ ފުރަތަމަ މޮބައިލް ފޯނުން ފޮނުވުމުގެ ފުރުސަތު ފަހިވީ 1994 ގަ އެވެ. އެއީ ނޮކިއާގެ "ނޮކިއާ 210" ގެ ފޯނު ނެރުމާ ގުޅިގެންނެވެ. އެވެ. އެސްއެމްއެސް ނުވަތަ ޝޯޓް މެސެޖް ސާވިސް އަކީ 160 ލަޒުފަށް ލިމިޓް ވަސީލަތަކެވެ. މިއީ މިހާރު ފޯނުތަކުން މުއާމަލާތް ކުރުމުގެ އެންމެ ލުއި އެއް ހިދުމަތެވެ.