Roadha Mihaaru
މި އަހަރު އޮލިމްޕަސް ހުޅުވާނެތަ؟

މި އަހަރު އޮލިމްޕަސް ސިނަމާ ހުޅުވާނެތަ؟

01 ޖެނުއަރީ 2022

ރާއްޖޭގެ މައި ސިނަމާ، އޮލިމްޕަހުގައި އޮތީ 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ބަންދު ބޯޑު އަޅުވައިފަ އެވެ. އެތަން ހުއްޓުމަކަށް އައީ އަލީ ސީޒަންގެ "އަނދިރިކަން" ޕްރީމިއާކޮށް، ޝޯތައް ދައްކަން ފެށިތަނާ އެވެ. ކޮވިޑް-19 ގެ ސަބަބުން އޮލިމްޕަހަށް ވެރިވި އަނދިރިކަމާ ހެދި އަޅުވަން ޕްލޭންކުރި ހުރިހާ ފިލްމެއް ޖެހުނީ ފަހަށް ބަހައްޓާށެވެ. މިކަމާ ހެދި ބައެއް ފިލްމުތައް ސްޓްރީމިން ޕްލެޓްފޯމްތަކުން ޕްރީމިއާ ވެސް ކުރި އެވެ. އޭގެ ތެރޭގައި "ފަރީ" އާއި "މަރްޔަމް" ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެ އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ މައި ސިނަމާ، އޮލިމްޕަހުގައި އޮތީ 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ބަންދު ބޯޑު އަޅުވައިފަ އެވެ. އެތަން ހުއްޓުމަކަށް އައީ އަލީ ސީޒަންގެ "އަނދިރިކަން" ޕްރީމިއާކޮށް، ޝޯތައް ދައްކަން ފެށިތަނާ އެވެ. ކޮވިޑް-19 ގެ ސަބަބުން އޮލިމްޕަހަށް ވެރިވި އަނދިރިކަމާ ހެދި އަޅުވަން ޕްލޭންކުރި ހުރިހާ ފިލްމެއް ޖެހުނީ ފަހަށް ބަހައްޓާށެވެ. މިކަމާ ހެދި ބައެއް ފިލްމުތައް ސްޓްރީމިން ޕްލެޓްފޯމްތަކުން ޕްރީމިއާ ވެސް ކުރި އެވެ. އޭގެ ތެރޭގައި "ފަރީ" އާއި "މަރްޔަމް" ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެ އެވެެ.

މިހާރު އަނެއްކާވެސް އާ އަހަރަކާ އެކު ފިލްމު އިންޑަސްޓްރީގެ ބޮޑު ސުވާލަކީ މި އަހަރު އޮލިމްޕަސް ހުޅުވާނެ ހެއްޔެވެ؟ ފިލްމު ހަދާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު ތިބީ އޮލިމްޕަސް ހުޅުވާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނަނީ މި އަހަރު ސިނަމާ ހުޅުވާނެ ކަމަށެވެ.

އެތަނުގެ އޮފިޝަލަކު ބުނިގޮތުގައި ސިނަމާގައި އަލުން ފިލްމު އަޅުވަން ފަށާނެ ސީދާ ތާރީހެއް އަދި ނެތަސް އޮލިމްޕަސް ހުޅުވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެގޮތުން އެތަނުގެ އަޕްގްރޭޑިން މަސައްކަތްތަކެއް ވެސް ކުރިއަށް ދާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.

އެހެންވެ ދެ އަހަރެއްހާ ދުވަސް ފަހުން އޮލިމްޕަހުގައި އަލުން ފިލްމުތައް ބަލާލަން ލިބޭ އިރު، ކުރިއަށް ވުރެ ހިތް ފަސޭހަކޮށް ފިލްމުތައް ބަލާލުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ކިއޫގައި ފިލްމުތަކެއް އެބަހުރި

އޮލިމްޕަސް ބަންދުކުރުމުން ފަސްކުރި ފިލްމުތައް މަދެއް ނޫނެވެ. އޭގެ ތެރޭގައި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ނޮވެމްބާ" އާއި ސީޒަންގެ "ލޯބިވެވިއްޖެ" އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "ކޮސް ގިނަ މިސްޓޭކް" އާއި އިލްޔާސް ވަހީދު (އިއްލެ) ގެ "ނީނާ" ހިމެނެ އެވެ.

މި ފިލްމުތަކަކީ އޮލިމްޕަހުގައި 2020 ގެ މާޗް މަހުގެ ކުރީކޮޅުގައި ބަންދު ބޯޑު އެޅުވި އިރު، ފިލްމުތައް އަޅުވަން ތާރީހުތައް ވެސް ހޯދި ފިލްމުތަކެވެ. އެހެންވެ މި އަހަރު އޮލިމްޕަސް ހުޅުވުމާ އެކު އެންމެ ފުރަތަމަ ބަލާލަން ލިބޭ ކަމަށް ބެލެވޭ ފިލްމުތަކަކީ މި އެވެ.

މީގެ އިތުރުން ވެސް މަސައްކަތް ފަށާފައި މި އަހަރަށް އަމާޒު ހިފާފައި އިތުރު ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ޑާކް ރެއިންގެ "ބަޅިނދު" އާއި އެ ސްޓޫޑިއޯގެ "ބީވީމާ" ހިމެނެ އެވެ. ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، ޔޫއްޕެ ޑައިރެކްޓް ކޮށްފައިވާ "ކަޅަކި" އާއި އަހުމަދު ނިމާލު ޑައިރެކްޓް ކޮށްފައިވާ "ހެހެސް" އަކީ ވެސް މި އަހަރަށް ހުރި ފިލްމުތަކެވެ. "ހެހެސް" މިދިޔަ އަހަރު މީޑިއާނެޓްގެ "މަލްޓި-ސްކްރީން" އިން ސްޓްރީމްކުރަން އިއުލާން ކުރިޔަސް، އެ ފިލްމު މިހާރު އޮތީ އޮލިމްޕަހަށް ގެންނަ ގޮތަށް ބާއްވައިފަ އެވެ.

މީގެ އިތުރުން ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ ދިގުލައިގެންފައިވާ ފިލްމު "ގިލަން" އަކީ ވެސް މި އަހަރަށް އިންތިޒާރު ކުރެވޭ ފިލްމެކެވެ. އޭގައި ނުނިމި ހުރި ބައެއް މަސައްކަތްތައް ނިންމުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ކޮށްފައިވެ އެވެ.

މި ފާހަގަކުރި ފިލްމުތަކުގެ އިތުރުން ވެސް މަސައްކަތުގެ އެކި މަރުހަލާތަކުގައި އެކިއެކި ސްޓޫޑިއޯތަކުގެ ފިލްމުތައް އެބަ ހުއްޓެވެ. އެހެންވެ އޮލިމްޕަހަށް މި އަހަރު ވާ ގޮތެއް އެނގުމުން މި އަހަރަށް ހުރި އިތުރު ފިލްމުތަކަކީ ކޮބައިކަން ވެސް އެނގިގެން ދާނެ އެވެ.

ސިނަމާ ނެތަސް ވެބް ކޮންޓެންޓް ގިނަ

ފާހަގަ ކޮށްލެވޭ ކަމަކީ ސިނަމާތަކުގައި ފިލްމެއް ނޭޅުވިޔަސް މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ދިވެހި ގިނަ ވެބް ކޮންޓެންޓްތަކެއް ބަލާލަން ލިބުނު ކަމެވެ. އެގޮތުން ބައިސްކޯފާއި މަލްޓި-ސްކްރީނަށް ވަރަށް ގިނަ އުފެއްދުންތައް އައިސްފައިވެ އެވެ.

ބައިސްކޯފަށް މިދިޔަ އަހަރާއި މި އަހަރު އައި ކޮންޓެންޓްގެ ތެރޭގައި ސިނަމާގައި ދެއްކި "ވިޝްކާ" ގެ އިތުރުން "ހުވާ 2"، "އެހެނަސް 2" އާއި "ފަރީ"، "ހުވާކޮށްފާ ބުނަން"، "ދައުވަތު"، "ލީނާ"، "އަވައްޓެރިޔާ"، "ގަމިނި"، "ފީހާލީ"، "ހަނާ"، "ނޫންތަ؟"، "ލޯބިވިޔަސް، "މަޒްލޫމް" އަދި "ގިރިޓީ ލޯބި" ފަދަ އެތައް އުފެއްދުމެއް ހިމެނެ އެވެ. މަލްޓި-ސްކްރީނަށް އައީ "މަރްޔަމް"، "ރޫމީއާ ޖަންނަތު"، "ގާލްފްރެންޑްސް"، "ނަފްސު" އަދި ސިނަމާގައި ކުރިން ދައްކާފައިވާ "މާމުއި"، "ގޮށްރާޅު" އަދި "4426" ފަދަ ފިލްމުތަކެވެ.