Roadha Mihaaru
"ލޯބިވެވިއްޖެ" ބަލަން އަފްތާބް އަތުވެއްޖެ

"ލޯބިވެވިއްޖެ" ބަލަން އިންޑިއާގެ ތަރި އަފްތާބް ރާއްޖެ އަތުވެއްޖެ

14 މެއި 2023

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ" ބަލަން އިންޑިއާގެ އެކްޓަރު އަފްތާބް ޝިވަސްދާނީ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ" ބަލަން އިންޑިއާގެ އެކްޓަރު އަފްތާބް ޝިވަސްދާނީ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަފްތާބް ރާއްޖެ އައީ، އަލީ ސީޒަން ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ޓީމުން ދިން ދައުވަތަކަށް، މިއަދު މެންދުރު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އަފްތާބަށް މަރުހަބާ ކިޔާފައި ވަނީ ސީޒަން އާއި "ލޯބިވެވިއްޖެ" ޕްރޮޑިއުސްކުރި ޝާނީޒް އަލީ އާއި އައިމިނަތު ޝަޒްނާ އެވެ.

"ލޯބިވެވިއްޖެ" ޕްރޮޑިއުސްކުރި ޝާނީޒް އަލީ އާއި އައިމިނަތު ޝަޒްނާ އަދި ޑައިރެކްޓަރު އަލީ ސީޒަން، ވެލާނާ އެއާޕޯޓުގައި އަފްތާބަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ލޯބިވެވިއްޖެ" ޕްރޮޑިއުސްކުރި ޝާނީޒް އަލީ އާއި އައިމިނަތު ޝަޒްނާ އަދި ޑައިރެކްޓަރު އަލީ ސީޒަން، ވެލާނާ އެއާޕޯޓުގައި އަފްތާބަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވީއައިއޭގައި ހުރެ މީޑިއާތަކަށް ދިން އިންޓަވިއުގައި އަފްތާބް ބުނީ ރާއްޖެ އައީ ސީދާ "ލޯބިވެވިއްޖެ" ބެލުމަށާއި ފިލްމުގެ ޓީމާއެކު ވަގުތު ހޭދަކޮށްލަން ކަމަށެވެ. އަދި އެ ފިލްމުގެ ކާމިޔާބީގައި ބައިވެރިވުން ފިޔަވައި އިތުރު އެހެން ޕްލޭނެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިން ތިބޭނެ ދިވެހި ފިލްމު އިންޑަސްޓްރީގައި. އެކުވެރި ސީޒަން ދިން ދައުވަތަކަށް މި ފިލްމު ބަލާލަން މި އައީ،" އަފްތާބް ބުންޏެވެ.

ސީޒަން އަކީ ފިލްމީ ދާއިރާގައި ތަޖުރިބާކާރު މީހަކަށް ވުމުން މި ފިލްމަކީ އަފްތާބް ދެކޭ ގޮތުގައި ސަޅި ފިލްމެއް ކަން ޔަގީނެވެ.

އަފްތާބް ރާއްޖެ އައިސް ވެލާނާ އެއާޕޯޓުގައި މީޑިއާތަކަށް އިންޓަވިއު ދޭނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަފްތާބް ރާއްޖެ އައިސް ވެލާނާ އެއާޕޯޓުގައި މީޑިއާތަކަށް އިންޓަވިއު ދޭނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަހަންނަށް އެނގޭ މި ފިލްމު ސަޅިވާނެ ކަން. ބަލައިލަން ލިބޭތީ ވަރަށް އުފަލުން މި ހުރީ. ދެން ފިލްމު ބެލުމަށް ފަހު ފިލްމާ ދޭތެރޭ އަހަރެން ދެކޭ ގޮތް އެންމެނާ ޝެއާ ކުރާނަން،" އަފްތާބް ބުންޏެވެ.

އަފްތާބު ބުނީ ދިވެހި ފިލްމީ އިންޑަސްޓްރީ އަކީ ވަރަށް ކުރިއަރައިގެން ދާނެ އިންޑަސްޓްރީއެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި މިއީ މޮޅު އިންޑަސްޓްރީއެއް. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުފައްދާ ފަންނުވެރި މިކަހަލަ ކަންކަމަށް އިންޑަސްޓްރީގެ އެކަކު އަނެކަކު އިހުތިރާމު ކުރާނެ. އެހެންވެ އަހަރެން މިއަދު މިއައީ. ދިވެހި ފިލްމު އިންޑަސްޓްރީގައި ތިބި ގާތް އެކުވެރިންތަކަކަށް ސަޕޯޓު ދޭން ވެގެން. އަދި ސަޅި ފިލްމެއް ބަލައިލަން،" އަފްތާބް ބުންޏެވެ.

އަފްތާބް ވީއައިއޭގައި "ލޯބިވެވިއްޖެ"ގެ ޓީމާއެކު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަފްތާބް ވީއައިއޭގައި "ލޯބިވެވިއްޖެ"ގެ ޓީމާއެކު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ލޯބިވެވިއްޖެ"ގެ ޓީމުން ބުނި ގޮތުގައި، އަފްތާބް އޮލިމްޕަސް ސިނަމާއިން ދިވެހި އޯޑިއަންސާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މި ފިލްމަކީ 2020 ވަނަ އަހަރު ޝޫޓުކުރަން ފެށި ފިލްމެކެވެ. ފިލްމު ނަގާފައި ވަނީ ގދ.ތިނަދޫ، މާލެ އަދި ސްރީ ލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާގަ އެވެ. މި މަހުގެ ތިންވަނަ ދުވަހު ޕްރިމިއާ ކުރި "ލޯބިވެވިއްޖެ" ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އަފްތާބް ރާއްޖެ އައިސް ވެލާނާ އެއާޕޯޓުގައި "ލޯބިވެވިއްޖެ" ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު އަލީ ސީޒަން އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަފްތާބް ރާއްޖެ އައިސް ވެލާނާ އެއާޕޯޓުގައި "ލޯބިވެވިއްޖެ" ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު އަލީ ސީޒަން އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިހާތަނަށް ގިނަ އަދަދެއްގެ ހައުސްފުލް ޝޯތައް ދައްކާފައި ވާއިރު، މިފަހުން މީހަކު ވަނީ އާއިލާއާއެކު އެ ފިލްމު ބަލާލުމަށް މުޅި އޮލިމްޕަސް ވެސް ހިފައިފަ އެވެ. މި ފިލްމުގެ ޝޯތައް އަދިވެސް އޮލިމްޕަހުގައި އަޅުވަމުން އަންނައިރު، އުންމީދަކީ މި މަސް އެއްކޮށް އޮލިމްޕަހުގައި ފިލްމު އެޅުވުން ކަމަށް ސީޒަން ބުންޏެވެ.

މިދިޔަ ހަފުތާގައި މި ފިލްމު ޝޯތައް ގދ.ތިނަދޫ، ހދ. ކުޅުދުއްފުށި އަދި އައްޑޫގައި އެޅުވި އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއާއެކު، އިބްރާހިމް މޫސާ (ދަބަ)ގެ ސިނަމަޓޯގްރަފީ ފެންނަ މި ފިލްމުގެ ކާސްޓުގައި ސީޒަންގެ އިތުރުން މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ) އަދި އިރުފާނާ އިބްރާހީމް (އެރޫ) ހިމެނެ އެވެ.