މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ފަސިންޖަރުން އުފުލި އެއާލައިނަކީ އެމިރޭޓްސް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
11 ޖެނުއަރީ 2022
މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ފަސިންޖަރުން އުފުލި އެއާލައިނަކީ އެމިރޭޓްސް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މިދިޔަ އަހަރު އެމިރޭޓްސް އެއާލައިނުން 265،000 ފަސިންޖަރުން ރާއްޖެ އަށް ވަނީ އައިސްފަ އެވެ. އެމިރޭޓްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިނެވެ. އެމިރޭޓްސް އިން ބުނީ ކޮންމެ ދުވަހަކު އެވްރެޖްކޮށް ހަތަރު ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ކަމަށެވެ. އެއާލައިން މެދުވެރިކޮށް 120 މަންޒިލަށް އެމިރޭޓްސް އިން ރާއްޖެ ގުޅައިލަ އެވެ. ޔޫއޭއީ އާއި ރަޝިއާ އާއި ޖާމަނީ ފަދަ ގައުމުތަކުން ގިނަ އަދަދެއް ޓޫރިސްޓުން ރާއްޖެ އަންނަނީ އެމިރޭޓްސް އިންނެވެ.
މިދިޔަ އަހަރުގެ އިތުރުން 2020 ވަނަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އެމިރޭޓްސްއިންނެވެ. އެމިރޭޓްސްއަކީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ބޯޑަރު ބަންދު ކުރުމަށް ފަހު އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށި އެއް އެއާލައިނެވެ.
އެމިރޭޓްސް އިން ރާއްޖެ އަށް ދަތުރުތައް ފެށީ 1987 ވަނަ އަހަރު އެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި ޕެސެންޖާ ފްލައިޓާއި ކާގޯ ފްލައިޓުގެ ހިދުމަތް އަންނަނީ ދެމުންނެވެ. އެ އެއާލައިންގެ އިންފްލައިޓް ހިދުމަތްތަކަކީ ދުނިޔޭގައި ވެސް ނަމޫނާ ހިދުމަތެކެވެ.
އެމިރޭޓްސްގެ އިތުރަށް އެންމެ ގިނައިން ރާއްޖެ އަށް ދަތުރު ކުރަނީ ގަތަރާއި އަޒުރް އެއާ ރަޝިއާ އެއާލައިން އިންނެވެ. މި ވަގުތު ރާއްޖޭގައި ޝެޑިއުލް ދަތުރުތައް ކުރާ 29 އެއާލައިނެއް އެބައޮތެވެ. މީގެ އިތުރުން ޗާޓާ ދަތުރުތައް ކުރާ އަށް އެއާލައިނެއް އެބައޮތެވެ.
ރާއްޖެއަށް އެންމެ ގިނަ ބަޔަކު އައީ އެމިރޭޓްސް އިން
10 އެއާލައިނަކުން ސްލޮޓަށް ވަނީ އެދިފައި:އެމްއޭސީއެލް
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
"ޓޫރިޒަމްގެ ގަވާއިދުތައް އުނދަގުލަކަށް ވެގެން ނުވާނެ"
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
އުކުޅަހުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް