Roadha Mihaaru
ދޮގު ޚަބަރު ފަތުރާތީ އަރްޖުންގެ ރައްދެއް

ދޮގު ޚަބަރު ފަތުރާތީ އަރްޖުންގެ ރައްދެއް

14 ޖެނުއަރީ 2022

މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރް މިހާރު ރުޅިވެފައިވާ ކަމަށް ބުނެ ފެތެރެމުންދާ ވާހަކަތައް އަރުޖުން ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރް މިހާރު ރުޅިވެފައިވާ ކަމަށް ބުނެ ފެތެރެމުންދާ ވާހަކަތައް އަރުޖުން ދޮގުކޮށްފި އެވެ.

ދެ މީހުން އެކީގައީ ނަގާފައިވާ ފޮޓޮއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް އަރުޖުން ވަރަށް ކުރުކޮށް ބުނީ އަރާހާ އަޑުތަކަށް ޖާގައެއް ނެތް ކަމަށެވެ. އަރުޖުން އާއި މަލައިކާއާ ދެމެދު މައްސަލަ ޖެހި، ދެ މީހުން މިހާރު ބައްދަލު ވެސް ނުވާތާ ދުވަސްތަކެއްވެފައިވާ ކަމަށާއި އެކަމާ ހިތް ހަލާކުވެގެން މަލައިކާ މިހާރު ގެއިން ވެސް ބޭރަށް ނުނިކުންނަ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އަރުޖުން، 36، އާއި މަލައިކާ، 48، ރައްޓެހިވީ 2018 ގަ އެވެ. އެ ދެ މީހުން ކައިވެނިކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް މި ފަހުން ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ. އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި އަހަރު ބޮލީވުޑުން ފެންނާނެ އެއް ކައިވެންޏަކީ ވެސް މި އެވެ.

މަލައިކާ އަކީ ކުރީގެ ކައިވެންޏަށް ޒުވާން ދަރިޔަކު ހުރި މީހެކެވެ. އޭނާގެ 19 އަހަރުގެ ދަރިފުޅު އަރުހާން ޚާންގެ ބައްޕަ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ހާނެވެ. މަލައިކާ އާއި އަރުބާޒް ވަކިވީ 2017 ގަ އެވެ. އަރުޖުން އަކީ އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ.