Roadha Mihaaru
މާލެ އަށް ގިނަ އަދަދެއްގެ ބަނގުރާ އެތެރެކުރަން އުޅެފި

މާލެ އަށް ގިނަ އަދަދެއްގެ ބަނގުރާ އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

15 ޑިސެމްބަރ 2016

މާލެ އަށް ކައިރިކުރި ލޯންޗަކުންނާއި ދިއްފުށީ ބަނދަރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި، ހަތް މީހަކު އިއްޔެ އާއި ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ އަށް ކައިރިކުރި ލޯންޗަކުންނާއި ދިއްފުށީ ބަނދަރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި، ހަތް މީހަކު އިއްޔެ އާއި ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

ގުޅުން ހުރި ދެ އޮޕަރޭޝްންގައި އަތުލައިގަތީ 460 ބަނގުރާ ފުޅި އާއި 280 ބިޔަރު ދަޅެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހެކެވެ.

ތިން ދިވެހިންނާއި ބަންގްލަދޭޝްގެ އެކަކު ހައްޔަރުކުރީ އިއްޔެ ހަވީރު ބޭންކް އޮފް ސިލޯންގެ ކުރިމައްޗަށް ކައިރިކުރި ލޯންޗަކުން 84 ފުޅި ބަނގުރަލާ އެކުގަ އެވެ.

ދިއްފުށީ ބަނދަރުގައި އޮތް ސަފާރީއަށް ފުލުހުންގެ ޓީމެއް ރޭ ދިޔައީ ލޯންޗު ބަލާފާސްކުރުމުގައި ލިބުނު މައުލޫމާތުތަކަކާ ގުޅިގެންނެވެ. އެ ސަފާރީން 280 ބިޔަރު ދަޅާއި 376 ބަނގުރާ ފުޅި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ސަފާރީގައި ތިބި ބަންގްލަދޭޝްގެ ތިން މީހުން ހައްޔަރުކޮށްފަ އެވެ.

އެކަމަކު މާލެ އަށް ބާލަން އުޅުނީ އެ ސަފާރީން ގެނައި ބަނގުރާ ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.