Roadha Mihaaru
ދުވާލަކު 3 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ރެކޯޑެއް

އެއް ދުވަސްތެރޭ ތިން މިލިއަން މީހުންނަށް ކޮވިޑް ޖެހި، ރެކޯޑެއް

21 ޖެނުއަރީ 2022

ޖެނީވާ (ޖެނުއަރީ 21) - މި މަހުގެ 13-19 އާ ދެމެދު އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް ތިން މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިއީ ޑިސެމްބަރު 2019 ގައި ބަލި ފެތުރެން ފެށި ފަހުން އެއް ދުވަސްތެރޭ ކޮވިޑް ޖެހުނު ރެކޯޑް އަދަދެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޮން، ނޮވެމްބަރު 2021 ގައި ސައުތު އެފްރިކާ އާއި ބޮޓްސްވާނާ އިން ފެނުނު ފަހުން، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ފަސް ގުނަ އިތުރުވެފަ އެވެ. ވޭތުވެދިޔަ ހަތް ދުވަހަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް އެވްރެޖްކޮށް 3,095,971 މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 17 ޕަސެންޓުގެ އިތުރުވުމެކެވެ. ސައުތު އެފްރިކާ އިން އޮމިކްރޮން ރިޕޯޓްކުރި، ނޮވެމްބަރު މަހު ފަހުކޮޅާ އަޅާބަލާއިރު ބަލިޖެހޭ މީހުންގެ ދުވާލެއްގެ އެވްރެޖް މިހާރު ހުރީ 440 ޕަސެންޓުގަ އެވެ.

އޮމިކްރޮން ފެނުމުގެ ކުރިން، އެއްދުވަސްތެރޭ އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުމުގެ ރެކޯޑަކީ އަށް ލައްކަ އެވެ. އެއީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅެވެ.

ޖެނުއަރީ 13-19 އާ ދެމެދު ދުވާލަކު އެވްރެޖްކޮށް ކޮވިޑާ ގުޅޭ 7،522 މަރު ރިޕޯޓްކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ ހަފުތާ އަށް ވުރެ 11 ޕަސެންޓުގެ އިތުރުވުމެކެވެ. އެކަމަކު ޑެލްޓާ އަށް ވުރެ އޮމިކްރޮން ޖެހިގެން މީހުންގެ ހާލު ސީރިއަސްވާ މިންވަރު މަދެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މުޅި ދުނިޔޭގައި އިތުރުވެފައިވީ ނަމަވެސް އޮމިކްރޮން އެންމެ ފުރަތަމަ ފެނުނު އެފްރިކާ ބައްރުން ކޭސްތައް ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.