ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު، އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ލީކްކުރި ކަމަށް ތުހުމަތުކުރި މައްސަލައިގައި ހެކި ނެތިގެން އޭނާގެ މައްސަލަ ފައިލްކުރަން ފުލުހުން ނިންމައިފި އެވެ.
25 ޖެނުއަރީ 2022
ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު، އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ލީކްކުރި ކަމަށް ތުހުމަތުކުރި މައްސަލައިގައި ހެކި ނެތިގެން އޭނާގެ މައްސަލަ ފައިލްކުރަން ފުލުހުން ނިންމައިފި އެވެ.
ސަރުކާރުގެ ސިއްރު ބޭޒާރުކުރި ކަމަށް އާސިފަށް ތުހުމަތުކުރި މައްސަލައިގައި މިދިޔަ މަހުގެ 22 ގައި ފުލުހުން އޭނާ އަށް ފޮނުވި، މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ވަނީ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
އާސިފްގެ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒް މުހުސިން "މިހާރު" އަށް މިއަދު ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަނެއްގެ މައުލޫމާތު އާސިފް ލީކްކުރި ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ހޯދިފައި ނުވާއިރު، ޒިންމާދާރު މަގާމެއްގައި ހުންނަވާ ބޭފުޅަކަށް މިފަދަ ދޮގު ތުހުމަތެއް ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
"ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކަށް މިފަދަ ދޮގު ތުހުމަތުތަކެއް ކުރުމުން، އެ ބޭފުޅާ އަށް މީހުން ކުރާ އިތުބާރު ގެއްލި، އަބުރަށް ވެސް ހުތުރުވޭ. އެހެންވެ، މިއީ ކޮށްގެން ވާނެ ކަންކަމެއް ނޫން،" މުހުތާޒު ވިދާޅުވި އެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި އާސިފް ހިމެނޭ ގޮތަށް ހަތަރު މީހެއްގެ ފޯނު ވެސް ފުލުހުން ހިފެހެއްޓި އެވެ. އެ ފޯނުތައް ހިފެހެއްޓިތާ 33 ދުވަސް ފަހުން ވަނީ އަނބުރާ ދީފަ އެވެ.
އާސިފް ވަނީ ފުލުހުން އޭނާގެ މައްޗަށް ކުރި ތުހުމަތު، މި މައްސަލަ ފެންމަތިވި އިރު ވެސް ދޮގުކުރައްވައިފަ އެވެ.
"އަޅުގަނޑާ ގުޅިގެން އެ ދެއްކީ ހަމަ ހުސް ދޮގު ވާހަކަ. އަޅުގަނޑުގެ އަބުރު ކަތިލުމަށް ދެއްކި ވާހަކަތަކެއް އެއީ،" އާސިފް ވިދާޅުވެފައިވެ އެވެ.
ދާންދޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގަން ފުލުހުން އެ ރަށަށް ދާ ކަމުގެ މައުލޫމާތު ކުރިއާލައި ލިބިފައި ނުވާ ކަމަށް އާސިފް ވިދާޅުވި އެވެ. އެކަމަކު އެ މައުލޫމާތު އޭނާ ލީކްކުރީ އާއިލާގެ މީހަކު ސަލާމަތްކުރަން ކަމަށް ބައެއް މީހުން ތުހުމަތުކުރި އެވެ. ނަމަވެސް އާސިފް ވިދާޅުވެފައި ވަނީ އޭނާގެ އާއިލާ މީހަކަށް ބެލުމެއް ނެތި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ކަމަށެވެ.
މައުލޫމާތު ލީކު ކުރީ އާއިލާ މީހަކު ސަލާމަތް ކުރަން
ދާންދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކުރި މީހަކު ފިލައިފި
ޑްރަގްއޮޕަރޭޝަނެއް ލީކްކުރި ތުހުމަތު ކައުންސިލް ރައީސަށް
ބިދޭސީންތަކެއް ދާންދު އަށް ދޫކޮށްލި ކަމުގެ ތުހުމަތެއް
ދާންދޫގައި ފެންބޮޑުވެ 30 ގެއަކަށް ގެއްލުންވެއްޖެ
ޑްރަގް އޮޕަރޭޝަނުން 180،000 އަށްވުރެ ގިނަ ރުފިޔާ
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ބޮޑު އޮޕަރޭޝަންގައި އަތުލައިގަތީ 29 ކިލޯގެ ޑްރަގް
ޑްރަގްގެ ބޮޑު އޮޕަރޭޝަންގެ މައުލޫމާތު މިއަދު ދެނީ
ޑްރަގު ބޭނުންކުރި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި