ކޯޓު އަމުރެއްގެ ދަށުން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ފޯނު ފުލުހުން ހިފެހެއްޓީ، އޭނާގެ ދެބެއިންގެ ދެ ދަރި މީހަކު ސަލާމަތް ކުރަން، ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލުމުގެ ތުހުމަތުގައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ފޯނު ފުލުހުން ހިފެހެއްޓީ، އޭނާގެ ދެބެއިންގެ ދެ ދަރި މީހަކު ސަލާމަތް ކުރަން، ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލުމުގެ ތުހުމަތުގައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި ދާންދޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގާ ކަމުގެ މައުލޫމާތު ލީކްކޮށްލި މައްސަލައަކާ ގުޅިގެން ހަތަރު މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެ އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލައިގައި ފޯނު އަތުލި އެކަކީ ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފެވެ. އޭނާގެ އިތުރުން، ފޯނު އަތުލި މީހުންގެ ތެރޭގައި ޑްރަގް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނޭކަން އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދާންދޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގަން ފުލުހުން އެ ރަށަށް ދާ ކަމުގެ މައުލޫމާތު ކުރިއާލައި އާސިފަށް އޮތީ ދީފަ އެވެ.
އެއީ ދާންދޫގައި ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ އާސިފްގެ ދެބެއިންގެ ދެ ދަރި މީހަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްކަން އެނގިފައިވެ އެވެ.
ފުލުހުން ދާންދު އަށް ދާ ކަމުގެ މައުލޫމާތު އާސިފަށް ލިބުމުން، ޑްރަގް ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ދެބެއިންގެ ދެ ދަރި މީހާ އަށް ގުޅަން މަސައްކަތް ކޮށްފައިވެ އެވެ. ފޯނުން ގުޅޭ ގޮތް ނުވުމުން ފުލުހުން ދާންދު އަށް ދާކަން އާސިފް އެންގީ މެސެންޖާ މެދުވެރިކޮށެވެ.
އާސިފް އޭނާގެ ދެބެއިންގެ ދެ ދަރި މީހާއާ މައުލޫމާތު ހިއްސާ ކުރިކަން އެނގުނީ ފުލުހުން އެ މީހާގެ ފޯނު ބެލި ބެލުމުންކަން އެނގިފައިވެ އެވެ.
ފުލުހުން ދާންދު އަށް ދާކަން އާސިފް އެންގުމުގެ ސަބަބުން، ޑްރަގް ފޮރުވަން ފުރުސަތު ލިބުނު ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އާސިފްގެ ދެބެއިންގެ ދެ ދަރި މީހާ އަތުން ފުލުހުންނަށް ޑްރަގެއް ނުފެނެ އެވެ. އެ މީހާ މިހާރު ވެސް ހުރީ ދޫވެފަ އެވެ.
ފުލުހުން ކުރާ ތުހުމަތާ ގުޅިގެން އާސިފްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ހެކި ނެތިގެން އާސިފްގެ މައްސަލަ ފައިލްކޮށްފި
ދާންދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކުރި މީހަކު ފިލައިފި
ޑްރަގްއޮޕަރޭޝަނެއް ލީކްކުރި ތުހުމަތު ކައުންސިލް ރައީސަށް
ބިދޭސީންތަކެއް ދާންދު އަށް ދޫކޮށްލި ކަމުގެ ތުހުމަތެއް
ދާންދޫގައި ފެންބޮޑުވެ 30 ގެއަކަށް ގެއްލުންވެއްޖެ
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
އައްޑޫގެ އެންމެބޮޑު އެއް ޑްރަގު ޑީލަރު އުމުރަށް ޖަލަށް
ހަ މީހަކު ހައްޔަރުކޮށް ގިނައަދަދެއްގެ ޑްރަގު އަތުލައިފި
މަސްތުވެގެން ހުރެ ލޯންޗު ދުއްވި މީހަކު ވެސް ހައްޔަރު
މަސްތުވެގެން ހުރެ ޓެކްސީ ދުއްވި މީހަކު ހައްޔަރުކޮށްފި