Roadha Mihaaru
އަމީތާބަށް އެންމެ އުނދަގުލީ އަޑުއަޅަން

އަމީތާބަށް އެންމެ އުނދަގުލީ އަޑުއަޅަން

30 ޖެނުއަރީ 2022

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަނަކީ ކޮންމެ ކަހަލަ ރޯލެއް ވެސް ވަރަށް މޮޅަށް ކުޅެލާ އެކްޓަރެކެވެ. އެކަން އޭނާ ވާނީ އެތައް ފިލްމަކުން ސާބިތު ވެސް ކޮށް ދީފަ އެވެ. އެކަމަކު އަމީތާބަށް އެކްޓިން އަށް ވުރެ ބޮޑަށް އުނދަގުލީ ފިލްމުތަކަށް ޑަބްކުރުމެވެ. ނުވަތަ ޝޫޓިން ނިންމާފައި ފިލްމުތަކަށް އަޑުއެޅުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަނަކީ ކޮންމެ ކަހަލަ ރޯލެއް ވެސް ވަރަށް މޮޅަށް ކުޅެލާ އެކްޓަރެކެވެ. އެކަން އޭނާ ވާނީ އެތައް ފިލްމަކުން ސާބިތު ވެސް ކޮށް ދީފަ އެވެ. އެކަމަކު އަމީތާބަށް އެކްޓިން އަށް ވުރެ ބޮޑަށް އުނދަގުލީ ފިލްމުތަކަށް ޑަބްކުރުމެވެ. ނުވަތަ ޝޫޓިން ނިންމާފައި ފިލްމުތަކަށް އަޑުއެޅުމެވެ.

މި ވާހަކަ އޭނާ އިންސްޓަގްރާމްގައި ހިއްސާކޮށް ބުނެފައި ވަނީ އެއްވެސް އިރެއްގައި ޑަބިން ފަސޭހަ ނޫން ކަމަށާއި އެކަން ފަސޭހަވި އިރެއް ވެސް ދުވަހަކު ވެސް ނާންނަ ކަމަށެވެ. އުމުރުން 79 އަހަރުގައި ވެސް އަމީތާބަކީ ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރެއިން އެކެކެވެ.

އޭނާގެ ކުރިއަށް ހުރ ފިލްމުތަކުގެ ތެރެއިން ފިލްމެއްގެ ޑަބިން ސެޝަނެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ބުނީ މަސައްކަތްތަކުގައި ވަރަށް ބިޒީ ކަމަށާއި އަދި މިކަމަށް ރޫޓިންއެއް ބޭނުންވާ ކަމަށެވެ. މި ވަގުތު ފިލްމެއްގެ ޑަބިން ކުރިއަށް ދިޔަ ނަމަވެސް އެއީ ކޮން ފިލްމެއް ކަމެއް އަމީތާބް ހާމައެއްނުކުރެ އެވެ.

ސޮނީ ޓީވީ އަށް އަމީތާބް ހޯސްޓްކުރާ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) ގެ 13 ވަނަ ސީޒަން ދާދި ފަހުން ނިންމާލާފައިވާ އިރު އޭނާގެ ރިލީޒްވާން ބޮޑެތި ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރްގެ "ބުރައްމަސްތުރާ" އާއި އަޖޭ ދޭވްގަންގެ "ރަންވޭ 34" އާއި ވިކާސް ބާލްގެ "ގުޑްބާއި" އާއި ސޫރަޖް ބަރަޖްތިއާގެ "އޫޗާއީ" އާއި ދީޕިކާ ޕަދްކޯނާއި ޕްރަބާސްއާ އެކު ކުޅޭ "ޕްރޮޖެކްޓް-ކޭ" (ވާކިން ޓައިޓްލް) އާއި ނާގްރާޖް މަންޖްލޭގެ "ޖުންދު" ހިމެނެ އެވެ.